އަންހެނުންގެ ހާލަތަށް ގެނުވި ހެޔޮ ބަދަލު ރޮޒައިނާ ވިދާޅުވީ ފުއްދި ވައުދާއި ނަންބަރުން!

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ސަޔަކާއެކު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން އިއްޔެ ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ސަޔަކާއެކު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ: އެމްޑީޕީ

ދިވެހި އަންހެނުން ތަހައްމަލުކުރަމުން ދިޔަ ދަތިތައް ދެނެގަނެ، ފުރުސަތު ހޯދައި ދޭން ޖެހޭކަން އެނގިވަޑައިގެންނެވި ހަމައެކަނި ރައީސްއަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަން، މި ވެރިކަމުގައި ފުއްދި ވައުދާއި ނަންބަރުތަކުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އިއްޔެ ހަވީރު ސަޔަކާއެކު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި ކޯލިޝަންގެ ލީޑަރުންނާއި ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން ބައިވެރިވި އެވެ.

އެ އިވެންޓުގައި ރޮޒެއިނާގެ ވާހަކަ ކުރިޔަށް ގެންދެވީ ރަށްތަކާއި އެ ރަށްތަކުގައި ދަތިތައް ތަހައްމަލުކުރި އަންހެނުންގެ ނަން ވިދާޅުވެ މިސާލު ދައްކަވަމުންނެވެ. ފުރަތަމަ ފާހަގަ ކުރެއްވީ ށ. ފޯކައިދޫގައި ކުރިން ހުރި "ގެނދަބުޅި އިންޖީނުގޭގެ" ބުޑުގައި އުޅެމުންދިޔަ އާއިލާއެއް 26 އަހަރު ތަހައްމަލު ކުރަންޖެހުނު ތުރާލާއި، ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކުގެ ވާހަކަ އެވެ. އއ. މަތިވެރީ އާއިލާއެއްގެ ވާހަކަ ފާހަގަ ކުރެއްވީ އެ ރަށުގެ ފެން ފަށަލަ ގޯސްވުމުން ތަހައްމަލުކުރި ދަތިތައް ފާހަގަ ކުރެއްވުމަށެވެ.

ފޯކައިދޫގައި އާ އިންޖީނުގެއަށް އަޅައި، މަތިވެރީގައި ފެނުގެ ނިޒާމު ގާއިމުކޮށް ދެރަށުގެ ހާލަތު މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ސަބަބުން އެ ދަރަށަށް ލިބިގެން ދިޔަ އާންމުވެގެންވާ ފައިދާގެ އިތުރުން ގޭގައި ތިބި އަންހެނުންނަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވެވި އެވެ.

"އެހެންވެ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ އިހުސާސްތައް، އަންހެނުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ރައީސްއަކީ އަޅުގަނޑުމެންގެ ރައީސް އިބޫއޭ،" އޭނާ ވިދާޅުވި އެވެ.

ގޭގައި ތިބެގެން ތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ތިބިގެން އެނގިވަޑައިގަތީ ރައީސް ސޯލިހަށް ކަމަށާއި އެފަދަ މީހުންނަށް މާލީ އެހީތެރިކަމާއި މާކެޓު ހުޅުވާލަ ދިނީ ވެސް މި ސަރުކާރުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މި ސަރުކާރުން އުފެއްދި އޯތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ތަކެތި ވިއްކާ 197 ފަރާތުގެ ތެރެއިން 137 ފަރާތަކީ އަންހެނުންނަށް ވުމެވެ.

އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 12.3 މިލިއަން ރުފިޔާ ދޫކުރިއިރު، އެ އެހީ ލިބުނު 80 ޕަސެންޓަކީ އަންހެނުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ފުއްދަވައި ދެއްވި ވިހެމުގެ ހަ މަހުގެ ޗުއްޓީ އާއި ފިރިމީހާއަށް ލިބޭ އެއް މަހުގެ ޗުއްޓީއަކީ، އާއިލާއަށް ލިބިގެން ދިޔަ ބޮޑު ފަސޭހަ އަކާއި ލުޔެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެ ޗުއްޓީ ތައާރަފު ކުރި ފަހުން، ވިހައިގެން ދަރިފުޅާއެކު ހަ މަސް ދުވަހުގެ ޗުއްޓީ 4،026 އަންހެނުން އަދި، 1452 ފިރިހެނުން އެއް މަހުގެ ޗުއްޓީ ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އެތައް މަޔަކަށް ލިބިގެން ދިޔަ މާލީ ލުޔެއްގެ ކަމަށާއި އަންހެން ދަރިންނަށް ފަހިވެގެންދިޔަ ތަނަވަސް ފުރުސަތެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވަމުންދާ 18،000 ދަރިވަރުންގެ ތެރެއިން 67 ޕަސެންޓަކީ އަންހެން ކުދިންނެވެ.

އިއްޔެ ހަވީރު ބޭއްވި އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އެމްޑީޕީ
އިއްޔެ ހަވީރު ބޭއްވި އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އެމްޑީޕީ

އިއްޔެ ހަވީރު ބޭއްވި އިވެންޓުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އެމްޑީޕީ

ކުރިން ނުވާނެއޭ ބުނި އެތައް ކަމެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ޓީޗަރުންގެ މުސާރަ އާއި ނަރުހުންގެ މުސާރަ ބޮޑުކުރުމަކީ ވެސް އަންހެނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ރަނގަޅެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެއީ އެ ދެ ދާއިރާގައި ގިނައިން ވަޒީފާ އަދާކުރަނީ އަންހެނުންނަށް ވުމެވެ.

އަންހެނުން ބާރުވެރިކުރުވަން ރައީސް ސޯލިހުގެ ސަރުކާރުން އިސްކަން ދޭ މިންވަރު ހާމަކުރުމުގެ ގޮތުން ރޮޒައިނާ ފާހަގަ ކުރެއްވި މިސާލުތަކުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ޑިފެންސް މިނިސްޓަރަކަށް މާރިޔާ އަހުމަދު ދީދީ ހަމަޖެއްސެވުމާއި، ކައުންސިލްތަކުގެ 33 ޕަސެންޓް، އަދި އެމްބަސީތަކުގެ 50 ޕަސެންޓު އަންހެނުންނަށް ހާއްސަކުރުން ހިމެނެ އެވެ. އެ ބަދަލާއެކު ކައުންސިލަރުންގެ 39 ޕަސެންޓަކީ މިހާރު އަންހެނުން ކަމަށާއި، ކުރިން އެ އަދަދު ހުރީ އެންމެ ފަސް ޕަސެންޓުގައި ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް ތިން އަންހެނުން، އަދި ސްޕްރިންޓެންޑެންޓުގެ މަގާމަށް ތިން އަންހެން ފުލުހަކު ހަމަޖެއްސީ ވެސް މި ވެރިކަމުގައި ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވީ، ސަލާމަތީ ހިދުމަތްތަކުން ވެސް އަންހެނުން އިސްކުރަން މި ވެރިކަމުގައި ފުރުސަތު ފަހިވެފައިވާކަން ހާމަ ކުރުމުގެ ގޮތުންނެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމާ ހަމައަށް އަންހެނުންގެ ހާލަތު ބަދަލު ނުވެ އޮތީ ކީއްވެގެންތޯ ރޮޒައިނާ ސުވާލު އުފެއްދވި އެވެ. ކުރީގެ ސަރުކާރުން މާލޭގައި ބްރިޖު އަޅަމުން ދިޔައިރު، ދަތި ހާލަތުގައި ދިރިއުޅުން ތަހައްމަލުކުރަމުން ދިޔަ އަންހެނުންގެ ހާލަތު ދެނެނުގަނެވުނު ކަމަށާއި އެ ހާލަތު ދެނެގަނެވުނީ ރައީސް ސޯލިހަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ރައީސް މާލޭގައި ބްރިޖު އަޅުއްވަމުން، ގޯތި ދެއްވަމުން، ފްލެޓު ދެއްވަމުން، މަގުވެސް ހަދަމުން މި ހުރިހާ އަންހެން ވެރިންގެ ކަންކަން ބަލަހައްޓަވަމުން އެ ގެންދަވަނީ. އެއީ ވެރިކަމަކީ، އެއީ ހެޔޮ ވެރިކަމަކީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެހެންވެ، އޭނާއަށް ފެނިގެން ދަނީ މި މަންޒަރެވެ؛

"އަޅުގަނޑުމެން އަންހެނުންނަކީ ތިބި ބައެއްކަން، އަޅުގަނޑުމެން ދަތިތަކެއް ތަހައްމަލު އެބަކުރާކަން، އަޅުގަނޑުމެންނަށް ފުރުސަތުތަކެއް ހޯދާ ދޭން އެބަޖެހޭކަން އެނގިވަޑައިގެންނެވި ހަމައެކަނި ރައީސް ރައީސް އިބޫއަށް ވޯޓު ދެއްވާ،"

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox