ރައީސަށް އިދިކޮޅުގެ އަޑު އިއްވިޔަ ނުދޭތީ ނަޝީދު ފާޑުވިދާޅުވެއްޖެ

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/ެއަދަދު

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/ެއަދަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަަށަށް ވަޑައިގަންނަވާ އިރު އިދިކޮޅު މީހުން ހުއްޓުވުމުގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެެއިން ކުރަން ހދ. ނޮޅިވަރަމްގައި ދަ ޑިމޮކްރެޓްސް ބޭއްވި ޖަލްސާގައި ނަޝީދު ސިފަކުރެއްވި ގޮތުގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާ އިރު "މުޅި ރަށް އޮންނަނީ ޕޮލިސް ލައިން ދަމައި" ބަންދުކޮށްފަ އެވެ. ރައީސް ސޯލިހު ހުންނަވަނީ ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ދަމާފައި އޮންނަ ޕޮލިސް ލައިންގެ "އެތެރެއަށް އެރިވަޑައިގެން"ނެވެ.

"އެސްއޯ ފުލުހުންނާއި ކަރަންޓު މުގުރާއި ދަގަނޑު ޝީލްޑާއި ކަރުނަގޭހާއި ހިފައިގެން ރަށްރަށަށް އަރުއްވައި، މުޅި ރަށް ވަށައިގެން ޕޮލިސް ލައިން ދަންމަވައި އޭގެ އެތެރެއަށް އެރިވަޑައިގެން، ރީނދޫ ކުލައިން އައިސިން އަޅުއްވައިގެން ކޭކެއް ހައްދަވައިގެން، ޖަރީ ކުރައްވައިގެން އެ ކުޅުއްވާ ފިލްމުގައި، ހަމަ ތެދަށް މި ދަންނަވަނީ، އޮތީ 15 ޕަސެންޓް [ތާއީދު]، " ނަޝީދު ވިދާޅުވި އެވެ.

އެ ކެމްޕެއިނުގައި ރައްޔިތުންނެއް ނެތް ކަމަށާއި ރައްޔިތުންނަށް އެ ކެމްޕެއިނާ ކައިރި ނުވެވޭ ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ. އެއީ ރާއްޖޭގެ ރައީސަކު އެއްވެސް އިރަކު އަމަލުކުރަން ބޭނުންވި ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީކީ އަޅުގަނޑުމެން އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު އަމަލުކުރަން ބޭނުންވި ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކޮށް، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޭން ދިވެހިން އެދުނީ ތަރައްގީއަށް ޓަކަ އެވެ. އެ މިނިވަންކަން ދޭން އެދުނީ ފަރުދީ ތަނަވަސްކަން ހޯދުމަށް ޓަކައި ކަމަށާއި އަބުރުވެރި ދިރިއުޅުމެއް ހޯދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެންނެވުމުން އަޑު އުފުލަން މަސައްކަތް ކުރާ އިދިކޮޅު ފަރާތްތައް ހުއްޓުވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ފާޑު ކިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox