ރައްޔިތުން އެދުނު ގޮތަށް މަތިވެރި ފިނޮޅު ރަށު ކައުންސިލުގެ އިހުތިސާސްގައި ހިމަނަނީ

މަތިވެރީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. އެ ރަށަށް ވެސް އަންނަ ދައުރުގައި ވެސް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެވަޑައިގަންނެވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މަތިވެރީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. އެ ރަށަށް ވެސް އަންނަ ދައުރުގައި ވެސް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެވަޑައިގަންނެވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެމްއެމްޕީއާރްސީގެ ފަރާތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކުއްޔަށް ދިން 50 ފަޅު ރަށާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ އއ. މަތިވެރި ކައިރި އޮތް ފަޅު އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ކައުންސިލުގެ އިހުތިސާސްގައި ހިމެނުމުގެ އެންމެހާ ކަންކަން ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޮކްޓޯބަރު 21, 2021 ގައި ރައީސް ސޯލިހު މަތިވެރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ކައުންސިލުން އެދުނީ، މަތިވެރިއާ 100 އެއްހާ މީޓަރު ދުރުގައި އޮންނަ ފަޅު އެ ރަށުގެ އިހްތިސާސްގެ ތެރެއަށް އަލުން ވައްދައި، ފަޅުގެ ނަފާ ރަށު މީހުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

އޭގެ 664 ދުވަސް ފަހުން, މިއަދު މަތިވެރި އެމްޑީޕީ ޖަގަހައިގައި ހުންނަވައި ރައީސް ވަނީ އެކަން އެގޮތަށް ކުރުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތްކަން ހާމަކުރައްވާފަ އެވެ.

Advertisement

"ކައުންސިލުން އެދުނީ އެ ރަށް ރަށުގެ އިހުތިސޯސުގެ ތެރޭގައި ހިމެނުމަށް. މަތިވެރި ފިނޮޅުގެ ހުރިހާ ކަމެއް ނިމި ކައުންސިލުގެ އިހުތިސޯސްގެ ތެރެއަށް ލާން އެއޯތީ ތައްޔާރުވެފައި. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ދެން ބާއްވާ ދުވަހަކުން އެކަން ނިމިގެންދާނެ," ރައީސް މިއަދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ޗާޓަކަށް ކުދި ރަށްތަކެއް ނާރަ އެވެ. އަންނަ އިންތިހާބުގައި ވޯޓު ދޭއިރު 2013 އިން 2018 އަށް ހިންގި ޕީޕީއެމްގެ ވެރިކަމާއި މިހާރު ހިނގަމުންދާ އެމްޑީޕީގެ ވެރިކަމާ އަޅައިކިޔުމަށް ފަހު ރަނގަޅަށް ވިސްނައި ގޮތެއް ނިންމުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"އެއް ފަޅީގައި އޮތީ 2013 އިން 2018 އަށް ވެރިކަން ކުރި ޕާޓީ. އެ މީހުންގެ ވިސްނުން ހުރި ގޮތް އެންމެނަށް އެނގޭ. ހުށަހަޅަމުން ދަނީ ވެސް އެފަދަ ކަންކަން. ރަނގަޅަށް ފުންކޮށް ވިސްނުމަށް ފަހު ގޮތް ނިންމުމަށް އެދެން," ރައީސް ވިދާޅުވި އެވެ.

މަތިވެރިއަށް ވެސް 2018 ގައި ގިނަ ވައުދުތަކެއްް ވި ކަމަށާއި އަދި މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ގޮސް ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި, އެމަނިކުފާނަށް ވޯޓު ދެއްވުމަށް މަތިވެރީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox