ޗިއްޓަގޮންގް، ބަންގްލަދޭޝް (އޯގަސްޓު 13) - ދެ ހަފުތާ ވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި ބަންގްލަދޭޝްގައި 55 މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފި އެވެ.
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކޮކްސަަސް ބާޒާާރް، ޗިއްޓަގޮންގް، ބަަންދަރްބަން އަދި ރަންގަމަތީއަށެވެ.
މީޓިރޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ ވެރިޔާ އަޒީޒުއް ރަހްމާން ވިދާޅުވީ އޯގަސްޓު ހަތް ވަނަ ދުވަހު އެކަނިވެސް 312 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.
އޯގަސްޓު 11 އާ ހަމައަށް މެދުނުކުނޑި ވާރޭ ވެހުނު އިރު، އޭގެ ސަބަބުން ކޯރުތައް ބަންޑުންވެ، އެތައް ހާސް އަވަށަކަށް ގެއްލުންވެފައިވެ އެވެ.
ދެކުނު އޭޝިއާއަށް ކުރާ ވިއްސާރައިގެ 80 ޕަސެންޓު ދިމާވަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހަށް ފަހު އެވެ.










