ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އަދި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.
އަލަށް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
- އޮކްޓޯބަރު 31، ގެ ކުރިން ކްރެޑިޓް ލިމިޓްގެ 80 ޕަސެންޓް ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500ރ. ގެ ކޭޝްބެކް.
- އޮކްޓޯބަރު 31، ގެ ކުރިން ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓަރީކުރާ އައު ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1،000 ރިވާޑް ޕޮއިންޓް.
އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން އޮކްޓޯބަރު 31، ގެ ކުރިން ކްރެޑިޓް ކާޑުން 3،000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.










