ވިލާ ކޮލެޖުން ހިންގާ ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކުގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލާ ކޮލެޖް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަން ގުޅިގެން، ވިލާ ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތަކުގައި ކިޔެވުމަށް ހުޅުވާލާ ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިސްކީމްގެ ދަށުން 50 ޕަސެންޓް ޓިއުޝަން ފީ ފްރީ 30 ފުރުސަތަށް ކުރިމަތިލުމަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. މި ސްކޮލާޝިޕްގެ ދަށުން ހޮވޭ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖިފައި ވަނީ ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކްގަ އެވެ.

އެގޮތުން, ފަސް ޕްރޮގްރާމަކުން ސްކޮލަޝިޕަށް ވިލާއިން ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރެގައި ހިމެނެނީ ޓޭލާސް ޔުނިވާސިޓީގެ ބެޗްލާ އޮފް ކަލިނަރީ މެނޭޖްމަންޓް (އޮނާސް)، ބެޗްލާ އޮފް މާސް ކޮމިއުނިކޭޝަން، ބެޗްލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް، އަދި މާސްޓާ އޮފް މާސް ކޮމިއުނިކޭޝަން އެވެ.

ބެޗްލާސް ޕްރޮގްރާމުތަކުގެ މުއްދަތަކީ ތިން އަހަރެވެ. އަދި މާސްޓާސް ކޯސްތަކުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ދަރިވަރުން ކްލާހަށް ހާޒިރިވެގެން ކިޔަވުން ކުރިއަށް ގެންދާ ގޮތަށެވެ.

ބެޗްލާ އޮފް ކަލިނަރީ މެނޭޖްމަންޓް (އޮނާސް)

މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ 10 ސްކޮލަޝިޕެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަތައް:

  • އޭލެވެލް އިމްތިހާތުނުގައި މަދުވެގެން ދެ މާއްދާއިން އީ ފާހަށްވުރެ މަތިން ލިބިފައިވުން.
  • ނުވަތަ، އެމްއެންކިއުއެފް ލެވެލް ހަތަރެއްގެ ސަނަދެއް ލިބިފައިވުމާއި އެކު އޯލެވެލް ނުވަތަ އެ ފެންވަރުގެ އެހެން ކޯހަކުން އިގިރޭސި މާއްދާއިން އޭ ފާހެއް ލިބިފައިވުން.
  • ނުވަތަ، އޯލެވެލް އިމްތިހާނު ފެންވަރުގެ އެންޓުރީ އިމްތިހާނެއް ފުރިހަމަ ކޮށްފައިވުން.
  • ނުވަތަ، މަތީ ސާނަވީ ތައުލީމު، އިނގިރޭސި މީޑިއަމަށް ކިޔަވާފައިވުން.

ބެޗްލާ އޮފް މާސް ކޮމިއުނިކޭޝަން

މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ ފަސް ސްކޮލަޝިޕެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަތައް:

  • އޭ-ލެވެލް އިމްތިހާނުން ތިން މާއްދާއިން ދަށް ވެގެން އީ ފާސް ލިބިފައި ވުމާއެކު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކޮށްފައިވުން .
  • އޯލެވެލް އިމްތިހާނުގައި އިނގިރޭސިން ސީ ފާހެއް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ލިބިފައިވުން.
  • އޯލެވެލް އިމްތިހާނުގައި ސީ ފާސް ލިބިފައިވުން.

ބެޗްލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް

މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ ފަސް ސްކޮލަޝިޕެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަތައް:

  • އޭލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން އެންމެ ދަށްވެގެން އީ ފާސް ލިބިފައިވުން ނުވަތަ އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި މާސްޓާ އޮފް މާސް ކޮމިއުނިކޭޝަން

މި ދެ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން ހުޅުވާލާފައިވަނީ ޖުމްލަ ފަސް ސްކޮލަޝިޕެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަތައް:

  • ކޮލެޖުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.50 އަށްވުރެ މަތިން ހާސިލު ކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ)
  • ނުވަތަ، މެލޭޝިއާއިން ނޫނީ ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.00 އާއި 2.50 އާ ދޭތެރޭގެ ނަތީޖާއެއް ހޯދާފައިވުމާ އެކު ގުޅު ހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ)
  • ނުވަތަ؛ ކޯހާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް އަށެއްގެ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓް 31، ގެ ނިޔަލަށެވެ.

ސްކޮލާޝިޕްތަކާއި ބެހޭ މައުލޫމާތާއި އެޕްލިކޭޝަން ފޯމް ވިލާ ކޮލެޖުގެ ވެބް ސައިޓް އަދި ކިއުއައި ކެމްޕަހުނެ ލިބެން ހުންނާ އެވެ.

ޓޭލާސް ޔުނިވާސިޓީ އަކީ ކިއުއެސް ރޭންކިންގައި މެލޭޝިއާގެ އެއްވަނަ ޕްރައިވެޓް ޔުނިވާސިޓީގެ ގޮތުގައި ދަރަޖަ ކުރެވިފައިވާ އަދި އޭޝިއާގެ އެންމެ މަތީ 50 ޔުނިވަރސިޓީގެ ތެރޭގައި ދަރަޖަ ކުރެވިފައިވާ ޔުނިވާސިޓީއެކެވެ. ޓެއިލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓާލަޓީ ޕްރޮގްރާމްތައް ވަނީ ކިޔުއެސް ރޭންކިންގައި ދުނިޔޭގެ 16 ވަނައަށް ރޭންކް ކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox