އަލިފާންތައް އަވަހަށް ދެނެގަތުމަށް ކެލިފޯނިއާއިން އޭއައި ބޭނުންކުރަނީ

އޭއައި ސިސްޓަމް ކެމެރާއެކަށް އަރާފައިވާ އަލިފާންގަނޑެއް. ފޮޓޯ: ޔޫސީ ސެންޑިއޭގޯ ޓުޑޭ

އޭއައި ސިސްޓަމް ކެމެރާއެކަށް އަރާފައިވާ އަލިފާންގަނޑެއް. ފޮޓޯ: ޔޫސީ ސެންޑިއޭގޯ ޓުޑޭ

ޖަންގަލިތަކުގައި ރޯވެ ފެތުރޭ އަލިފާންގަނޑުތައް އަވަހަށް ދެނެގަތުމަށް، ކެލިފޯނިއާގެ ފަޔާ ފައިޓަރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި އެވެ.

އެގައުމުގެ ފަޔާފައިޓަރުން ދަނީ އޭއައި ބޭނުންކޮށްގެން މުޅި ސްޓޭޓްގެ 1،000 އަށް ވުރެ ގިނަ ސަރަހައްދެއްގެ ވީޑިއޯ ފީޑްތައް ތަހުލީލު ކުރަމުންނެވެ. އެއްވެސް އަލިފާނެއްގެ އަލާމާތެއް ފާހަގަކުރެވިއްޖެ ނަމަ މި އޭއައި ސިސްޓަމުން ކުއްލި ހާލަތުގައި ހަރާކްތެރިވާ ފަރާތްތަކަށް ވަގުތުން އެލާޓް ކުރެ އެވެ.

"އެލާޓް ކެލިފޯނިއާ" ގެ ނަން ދީފައިވާ މި އޭއައި ސިސްޓަމްގެ އެހީގައި މިދިޔަ މަހުވެސް ވަނީ އަލިފާންގަނޑެއް ނިއްވާލާފަ އެވެ. ސެން ޑިއޭގޯގެ އިރުމަތިން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ކްލީވްލެންޑް ނޭޝަނަލް ފޮރެސްޓްގައި މެންދަމު 3 ޖަހާއިރު އަލިފާން ރޯވިކަން ކެމެރާއަކުން ވަނީ ދެނެގަނެފަ އެވެ.

އަނދިރިކަމާއި މީހުން ނިދާ ވަގުތަކަށް ވުމުން މިއީ އަލިފާންގަނޑު ފެތުރެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ވަގުތެކެވެ. ނަމަވެސް އޭއައި އިން ވަގުތުން ފަޔާ ކެޕްޓަނަކަށް އެލާޓް ދިނުމުން ގާތްގަނޑަކަށް 60 ފަޔާ ފައިޓަރުން ވެގެން ވަނީ 45 މިނެޓުގެ ތެރޭގައި އަލިފާންގަނޑު ކާމިޔާބުކަމާއެކު ނިއްވާލާފަ އެވެ.

މި ނިޒާމުގެ ފަހަތުގައިވާ ޓެކްނޮލޮޖީ އުފެއްދީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ އިންޖިނިއަރުންނާއި ކެލިފޯނިއާގެ ޗިކޯގައި ހުންނަ ޑިޖިޓަލްޕަތާ ގުޅިގެންނެވެ. މި ޕްލެޓްފޯމް ބަރޯސާވެފައިވަނީ މުޅި ކެލިފޯނިއާގެ އެކި ޕަބްލިކް އެޖެންސީތަކާއި ޕަވަ ޔުޓިލިޓީތަކުން އިންސްޓޯލްކޮށްފައިވާ 1،038 ކެމެރާއަށެވެ. މި ކެމެރާތަކަކީ ރިމޯޓްކޮށް 360 ޑިގްރީއަށް އެނބުރޭ ކެމެރާތަކެކެވެ.

ޖުލައި މަހުގެ 10 ވަނަ ދުވަހު ފެށި އޭއައި ޕްރޮގްރާމުން އުއްމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާކަމަށް އެގައުމުން ބުނެ އެވެ. ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަން (ކެލް ފަޔާ) އިން ބުނެފައިވަނީ އެއްވެސް ފަރާތެއް އެމެޖެންސީ ނަންބަރަކަށް ގުޅުމުގެ ކުރިން އޭއައި އިން ފަޔަ ކެޕްޓަނުންނަށް އެލާޓްކުރާ ކަމަށެވެ.

ކެލް ފަޔާ އިން ގަބޫލުކުރާގޮތުގައި މި ޓެކްނޮލޮޖީ ދުނިޔޭގެ އެހެން ސަރަހައްދުތަކަށާއި ގައުމުތަކަށް ނަމޫނާ މޮޑެލްއަކަށް ވެގެންދާނެ އެވެ. މިއަހަރު ހަވާއީ، ކެނެޑާ، އަދި މެޑިޓެރޭނިއަން ކަނޑު ފަދަ ތަންތަނުގައި ހިނގަމުންދާ އާދަޔާ ހިލާފު އަލިފާންގަނޑުތަކުގެ ސަބަބުން މިކަމުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox