ރައީސްގެ ނޫނު ދަތުރު: ރަށްތައް، ވައުދުތައް އަދި މަޝްރޫއުތައް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (ވ) ނ. އަތޮޅުގެ ރަށެއްގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (ވ) ނ. އަތޮޅުގެ ރަށެއްގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގެންނެވީ ނ. އަތޮޅުގެ ހަ ރަށަކަށެވެ. ރައީސް އަރިހުގައި ނ. ކުޑަފަރީއަށް އުފަން އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރިވި އެވެ.

އިއްޔެ ވަޑައިގެން ހަ ރަށުން ވެސް ރައީސް އިބްރާހިމް ސޯލިހަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވާއިރު އެ އަތޮޅު އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއިން އެމަނިކުފާނާއި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ޕާޓީތަކުގެ ސަޕޯޓަރުން ޝުއޫރު ފާޅުކުރި އެވެ.

titledesc

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަތޮޅުން އެދެވޭ މެޖޯރިޓީއެއް ހޯއްދެއްވި އެވެ. އޭރު ރައީސާއެކު ނެތް ނަމަވެސް މިހާރު ކޯލިޝަނުގައި އޮތް އެމްޑީއޭއަކީ މި އަތޮޅުގައި ތާއީދު ބޮޑު ޕާޓީއެކެވެ. ހޮނިހިރު ދުވަހު ކުޑަފަރީގައި ހުންނަވާ ރައީސް ވިދާޅުވީ މި އަހަރުގެ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު ތާއީދެއް ލިބޭނީ ނ. އަތޮޅުންކަން ގަބޫލުކުރައްވާ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ އެވެ. އިއްޔެ އެމަނިކުފާނު ދަތުރު ފެއްޓެވީ ރޭ ކުރެއްވި މަނަދޫއިންނެވެ. ފުރަތަމަ ވަޑައިގަންނެވީ އެ އަތޮޅު ޅޮއްސަށެވެ.

ނ. ޅޮހި

ރައީސް ޅޮއްސަށް ވަޑައިގެން އެ ރަށު އެމްޑީއޭގެ ޖަގަހަ ހުޅުވައިދެއްވާ އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަ ދެއްވި އެވެ.

އެގޮތުން މި ހިނގަމުންދާ 2023 ނިމުމުގެ ކުރިން ނ. އަތޮޅުގައި މި ސަރުކާރުން ތައާރަފް ކުރި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތް ފަށައި ރަށްތަައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސް އެ ރަށުގައި ވިދާޅުވި އެވެ.

ވައުދުތައް:

  • ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަރުދަމާގެ މަސައްކަތް އަލުން ފެށުން
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ޓޫރިސްޓު ބީޗެއް ހެދުން
  • ހެލްތު ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީއެއް އެޅުން
  • ސްކޫލުގައި މަލްޓި ޕާޕޯސް ހޯލާއި ރިސޯސް ރޫމްތައް އެޅުން
  • ކައުންސިލް އިދާރާއަށް އާ އިމާރާތެއް
  • ޒަމާނީ ޔޫތު ސެންޓަރެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޅޮހިން 666 މީހުން ވޯޓުލާނެ އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މިލަދޫއަށެވެ.

ނ. މިލަދޫ

މިލަދޫއަށް ވަޑައިގެން މި ސަރުކާރުން އެ ރަށުގައި ގާއިމުކުރި އާ ބަނދަރާއި އާ އިންޖީނުގެ އަދި ފެނަކަ އާ އޮފީސް ރައީސް ސޯލިހު ހުޅުވައިދެއްވި އެވެ.

އަދި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ފޯރިގަދަ ޖަލްސާއެއްގައި ވާހަކަ ދެއްކެވި އެވެ. އެ ޖަލްސާގައި އެ ރަށު ކައުންސިލުގައި ތިއްބެވި ޕީޕީއެމްގެ ދެ ކައުންސިލަރުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. އެއާއެކު މިލަދޫ ކައުންސިލްގެ ފުލް މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފަ އެވެ.

"އެހެންވީމާ ބޮޑެތި އާބާދީއޭ ކިޔައިގެން މިދައްކާ ވާހަކަ ވެސް ދިމަލެއްނުވޭ. ހަމަ އެެކަނި އެންމެ ދެތިން ރަށަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫނިއްޔާ 2013 އާއި 2018 ގެ ތެރޭގައި ކޮށްފައެއް ނެތް އެ ސަރުކާރަކުން."

ރައީސް މިލަދޫގައި ބޭއްވި ފޯރިގަދަ ޖަގަހަ ޖަލްސާގައި ވިދާޅުވީ ބޮޑެތި ރަށްރަށަށް އިސްކަން ދޭނެ ކަމަށް ބުންޏަސް، ޕީޕީއެމްގެ ވެރިކަމުގައި ކޮށްފައިވާ މަސައްކަތްތަކުން އެކަން ފެންނަން ނެތް ކަމަށެވެ.

ވައުދުތައް:

  • ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުން
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
  • ފުލެޓު ނުވަތަ ރޯހައުސް އެޅުން
  • ޒަމާނީ ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސް އެއް

މިލަދޫގެ 1،067 މީހަކު ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ރައީސް ދެން ވަޑައިގަތީ އެ ރަށާއި އިންވެގެން އޮތް މަގޫދޫ އަށެވެ.

ނ. މަގޫދޫ

ރައީސް މަގޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވި އެވެ. އެގޮތުން، އިދިކޮޅު ކެންޑިޑޭޓުން ކުދި އާބާދީތަކަށް އިސްކަން ނުދޭނެ ކަމަށް ބުނަމުންދާ ކަމަށާއި، މަގޫދޫ ފަދަ ކުދި އާބާދީތަކަށް ކުރިއަށް ދެވެން އޮތީ އެމްޑީޕީއާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ގެ އެޅުމަށް ހައުސިން ފަންޑުން ލުއި ލޯނު ދިނުން
  • ސްކޫލަށް މަލްޓި ޕާޕޯސް ހޯލެއް އަޅައިދިނުން
  • ހެލްތު ސެންޓަރުގެ އާ އިމާރާތަކާއި ލެބޯޓަރީއެއް އެޅުން
  • ޕިކްނިކް އޭރިއާއެއް ތަރައްގީކުރުން

މަގޫދޫއިން ރިޔާސީ އިންތިހާބުގައި 286 މީހަކު ވޯޓުލާނެ އެވެ. އެ ރަށަށްފަހު ރައީސް ވަޑައިގަތީ އަތޮޅުގެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ހޮޅުދޫ އަށެވެ.

ނ. ހޮޅުދޫ

ހޮޅުދޫއަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައިވެސް ރައީސް ވަނީ މި ސަރުކާރުން އެ ރަށުގައި ހިންގަމުންދާ މަޝްރޫއުތަކުގެ އަދާހަމަތައް ހިއްސާކުރައްވާ ބައެއް މަޝްރޫއުތައް ލަސްވަމުންދާ ސަބަބު ބުނެ ދެއްވާފަ އެވެ.

ވައުދުތައް:

  • ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާ ފުލެޓު އަދި ރޯހައުސް އަޅައިދިނުން
  • ހޮޅު މީދޫ ތަރައްގީކޮށް އާބާދުކުރުން
  • ޒަމާނީ ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
  • ޒަމާނީ ހުކުރު މިސްކިތެއް އެޅުން

ނ. ފޮއްދޫ

ފޮއްދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ރަށުގައި މި ސަރުކާރުން އެޅި އާ އިންޖީނުގެ އާއި ފެނަކަ އާ އޮފީސް ހުޅުވައިދެއްވި އެވެ. އަދި އެ ރަށު އެމްޑީއޭ އޮފީހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.

މަދު އާބާދީއެއް ދިރިއުޅޭ ފޮއްދޫއަށް ރައީސް އިއްޔެ ވަޑައިގަތުމުން ރަށުގައި ދިރިއުޅޭ އާބާދީގެ ބޮޑު ބަޔަކު ނުކުތެވެ. އެ ރަށަކީ އެމްޑީޕީގެ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އެމްޑީއޭގެ ތާއީދު ބޮޑު ރަށެކެވެ.

ވައުދުތައް:

  • ރަނގަޅު މިސްކިތެއް އެޅުން
  • ޔޫތު ސެންޓަރަކާއި އައުޓްޑޯ ޖިމެއް
  • ޕޮލިސް ސްޓޭޝަނެއް

ނ. ވެލިދޫ

ރައީސް ސޯލިހު ވެލިދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި، އެ ރަށުގެ އެމްޑީޕީ އޮފީސް ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި އެވެ.

އެއަށްފަހު ރައީސް ދެން ބައިވެރިވެވަޑައިގެންނެވީ ރޭ އެ ރަށުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގެ ޖަލްސާގަ އެވެ. އެ ޖަލްސާއަކީ މިހާތަނަށް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ބޭއްވި އެންމެ ގިނަ މީހުން ބައިވެރިވި އަދި އެންމެ ފޯރިގަދަ ޖަލްސާ އެވެ.

އެ ޖަލްސާގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ މެނިފެސްޓޯގެ ޒުވާނުންނަށް ހާއްސަ ސިޔާސަތު ތައާރަފުކުރި އެވެ. އެމްޑީޕީ ޔޫތު ވިންގުގެ ލީޑަރުންނާއި މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރިވި އެވެ. އަދި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނު ހުށަހަޅުއްވާ ސިޔާސަތުތަކާ ހަމަހަމަ ކުރެވޭ ސިޔާސަތެއް ވާދަވެރިންނަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ވައުދުތައް:

  • ޕިކްނިކް އައިލެންޑެއް އެޅުން (މިހާރު ހަވާލުކުރެވިފަ)
  • ހައުސިން ޕްރޮޖެކްޓެއް
  • ސްޕޯޓްސް ކޮމްލެކްސްއެއް
  • ފުޓްބޯޅަ ދަނޑުގައި ލައިޓު ޖެހުން
  • ފުލުހުންގެ އާ އިމާރާތެއް
  • އާ އިންޖީނުގެއެއް އެޅުން

ރައީސް ސޯލިހު އަދި ކެމްޕެއިން ޓީމުން ރޭ، ރޭކުރެއްވީ ވެލިދޫގަ އެވެ. ވެލިދޫއަކީ ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި 1،986 މީހަކު ވޯޓުލާނެ އެވެ.

ރައީސްގެ ދަތުރު އިއްޔެ ފެއްޓެވީ ނ. ލަންދޫއަށެވެ.

ނ. ލަންދޫ

ލަންދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ރަށުގައި ހުރި އެމްޑީއޭގެ އޮފީސް ހުޅުވައިދެއްވާފަ އެވެ. އަދި އެ ރަށުގައި ވެސް ކުރިއަށް އޮތް އިންތިހާބަށް އެމްޑީޕީގެ މެނިފެސްޓޯ ތަފުސީލުކޮށްދެއްވާ އެ ރަށަށް ވެވަޑައިގަންނަވާ ރިޔާސީ ވައުދުތައް ހިއްސާ ކުރެއްވި އެވެ.

ވައުދުތައް:

  • ދޯނި އެހެލާ ސަރަހައްދެއް ތަރައްގީކުރުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއެއް
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް
  • ގޮނޑުދޮށް ހިމާޔަތް ކުރުން
  • ސިއްހީ މަރުކަޒުން 24 ގަޑީރަށް ހިދުމަތް ދިނުން
  • ކޮމިއުނިޓީ ސެންޓަރަކާއި އިންޑޯ ޖިމެއް އެޅުން
  • މަސްމާރުކޭޓަކާއި ކުޑަކުދިންގެ ޕާކެއް އެޅުން
  • ކުނި މެނޭޖް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން

ރިޔާސީ އިންތިހާބުގައި ލަންދޫއިން ވޯޓުލެވޭ އާބާދީއަކީ 772 އެވެ. ރައީސް ދެން ވަޑައިގެންނެވީ ދަތުރުގެ ފަހު ރަށް ކަމަށްވާ އެ އަތޮޅު މާފަރަށެވެ.

ނ. މާފަރު

މާފަރަށް ވަޑައިގެން ރައީސް ސޯލިހު ވަނީ މި ސަރުކާރުން އެ ރަށުގައި އަޅައިދިން ފުޓްބޯޅަ ދަނޑުގެ އިތުރުން ކޯލިޝަން ޕާޓީ، އެމްޑީއޭގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެހެން ހުރިހާ ކެންޑިޑޭޓުން ކުރައްވަން އުޅުއްވަނީ އަމިއްލަ ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ވައުދުތައް:

  • އިތުރު 25 ހެކްޓަރުގެ ބިން ހިއްކުން
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
  • ކައުންސިލަށް ބޭނުންވާ އާ އިމާރާތް އެޅުން
  • ފުޓްބޯޅަ ދަނޑުގައި ލައިޓު ޖަހާ ރޮސްޓްރަމް އެޅުން
  • ސްކޫލަށް ބޭނުންވާ ސައިންސް ލެބް އެޅުން
  • މަސް މާރުކޭޓެއް އެޅުން
  • ކުޑަކުދިންގެ ޕާކެއް އެޅުން

ރިޔާސީ އިންތިހާބުގައި މާފަރުން ވޯޓުލެވޭ އާބާދީއަކީ 923 އެވެ.

ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންނަމާލެއްވުމަށްފަހު، ބޮޑު ޔަގީންކަމަކާއެކު އެނބު މާލެ ވަޑައިގަތީ މިއަދު މެންދުރުފަހު އެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ދެން ވަޑައިގަންނަވާނީ އއ. އަދި އދ. ގެ ރަށްތަކަށެވެ. ކެމްޕޭން ޓީމުން މައުލޫމާތު ދޭ ގޮތުގައި ރައީސްގެ އެ ދަތުރުފުޅު ފައްޓަވާނީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox