ވަހީދު ވިދާޅުވަނީ ޕީޕީއެމް މެމްބަރުން މަގުމަތިވެއްޖެ ކަމަށް

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ. ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ. ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިދިކޮޅު ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އަމާޒުވި ބައެއް ފާޑުކިއުންތަކަށް އެމަނިކުފާނު މިރޭ ރައްދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އެ ޖަލްސާގައި ވަހީދު ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި ޔަސް އެމަނިކުފާނު "މަގުމަތިވެއްޖެޔޭ" ވިދާޅުނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ސިފަކުރެއްވި ގޮޮތުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން އެޕާޓީގެ އާއްމު މެމްބަރުން އެ ވަނީ މަގުމަތިވެފަ އެވެ.

"އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުން، އެއްވެސް މީހަކަށް އެޕާޓީން ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތެއް ނުލިބުނު. ނުދިން. އޭގެ ސަބަބުން މިއަދު، ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެބޭފުޅުން ވެސް ތިބީ މަގުމަތީގައޭ،" ވަހީދު ވިދާޅުވި އެެވެ.

ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހު ސޯޝަލްމީޑިއާގައި އާއްމުކުރެއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމެވީ ފަރުވާތެރިކަމާ އެކު ވިސްނެވުމަށް ފަހު ކަމަށެވެ.

"...އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑުގެ ހުނަރު، ތަޖުރިބާ އަދި އިލްމު، ހަމަޖެހުމާއި ނަޒާހަތްތެރިކަމާއި ތެދުވެރިކަން އޮތް މާހައުލެއްގައި ހުރިހާ ދިވެހިންގެ ކާމިޔާބީއަށް ޓަކައި ބޭނުންކުރުން މުހިއްމު ކަމަށެވެ،" ބަޔާނުގައި ވަހީދު ވިދާޅުވި އެވެ.

ވަހީދުގެ ބަޔާނުގައި ޕީޕީއެމްއިން ވަކިވެވަޑައިގަންނަވާ ސަބަބު އޮމާންކޮށް ވިދާޅުވެފައި އޮތަސް، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް މިއަދު ފޮނުއްވި ސިޓީގައި ބަންޑުން ކޮށްލައްވާފައި ވަނީ ނުރުހުމާއި ހިތްހަމަނުޖެހުމެވެ.

"...ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑަަގަތުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމެވުމާއި އެ ނިންމެވުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިއްތިފާގުން 5 އޮގަސްޓް 2023ގައި ދެމެެހެއްޓުމާއި އިންތިހާާބުގެ ކެންޑިޑޭޓުން ހުށަހެޅުމުގެ ފުރުސަތު 7 އޮގަސްޓް 2023 ގެ 2:00 ގައި ހަމަވުމާއި ދޭތެރޭގައި އިތުރު ކެންޑިޑޭޓެއް ނެރުމަށް ވަގުތު އޮވެ ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތުން އެއްވެސް މަސައްކަތެއް ނުކުރައްވަވައި އަދި ޕާޓީގެ ސެނެޓަށް، ކެންޑިޑޭޭޓެއް ނެރުމުގެ ފުރުސަތެއް ނުދެއްވަވައި، އެހެން ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓެއް ނެރުމަކީ ޕީޕީއެމް އަށް ޕާޓީގެ ލީޑަޝިޕުން ވެވަޑައިގެންނެވި ވަރަށް ބޮޑު ހިޔާނާތެއް،" ވަހީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox