ރިޔާސީ ކެމްޕޭން: ރައީސްގެ އަމާޒު ނ. އަތޮޅުން ރެކޯޑު ތާއިދު ހޯދުމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީއޭގެ ލީޑަރު ނ. މާޅެންދޫގައި : ރައީސް ހުންނެވީ ނޫނުން ރެކޯޑު އަދަދަކަށް ތާއީދު ހޯދުމުގެ އުންމީދުގައި - ފޮޓޯ: މުހައްމަދު އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީއޭގެ ލީޑަރު ނ. މާޅެންދޫގައި : ރައީސް ހުންނެވީ ނޫނުން ރެކޯޑު އަދަދަކަށް ތާއީދު ހޯދުމުގެ އުންމީދުގައި - ފޮޓޯ: މުހައްމަދު އިޔާން / އަދަދު

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގެންނެވީ ނ. އަތޮޅުގެ ފަސް ރަށަކަށެވެ. ރައީސް އަރިހުގައި ނ. ކުޑަފަރީއަށް އުފަން އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރިވި އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަތޮޅުން އެދެވޭ މެޖޯރިޓީއެއް ހޯއްދެއްވި އެވެ. އޭރު ރައީސާއެކު ނެތް ނަމަވެސް މިހާރު ކޯލިޝަނުގައި އޮތް އެމްޑީއޭއަކީ މި އަތޮޅުގައި ތާއީދު ބޮޑު ޕާޓީއެކެވެ.

titledesc

ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ އެވެ. ރައީސްގެ މި ދަތުރުފުޅު ފެއްޓެވީ ނ. މާފަރު އެއާޕޯޓުންނެވެ. އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަތީ އެ އަތޮޅު މާޅެންދޫއަށެވެ.

ނ. މާޅެންދޫ

މާޅެންދޫއަށް ވަޑައިގެން ރައީސް ވަނީ މި ސަރުކާރުން އެ ރަށުގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި އެ ރަށުގެ އެމްޑީއޭ ޖަގަހަ ހުޅުއްވައިދެއްވި އެވެ. އޭގެ އިތުރުން އެމްޑީއޭގެ އޮފީސްވެސް އެ ރަށުގައި ހުޅުއްވައިދެއްވި އެވެ.

"މި ކޯލިޝަނަކުންނެއް މިދަންނަވާހެން ފަޅެއްގެ ބޭނުމުގަ، ރަށެއްގެ ބޭނުމުގަ، ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާ މައާފުކުރަން އެދޭނެ އެއްވެސް މީހެއް ނެތް،"

ރައީސް ސޯލިހު އެ ރަށުގައި ހުންނެވައި ވިދާޅުވީ ސިޔާމްގެ އެހީތެރިކަމާއި އަދާލަތުގެ ސަޕޯޓާއެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭ އަތޮޅެއްގެ ގޮތުގައި ނ. އަތޮޅުން ވެގެންދާނެ ކަމަށެވެ.

ވައުދުތައް:

  • ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދެވޭ މިންވަރަށް ތަރައްގީ ކުރުން
  • މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • ފެން ހިންދާ ނިޒާމު ގާއިމުކުރުން

މި އަހަރުގެ އިންތިހާބުގައި މާޅެންދޫއިން 675 މީހުން ވޯޓުލާނެ އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގަތީ އެ އަތޮޅު ކުޑަފަރި އަށެވެ. ކުޑަފަރި އަކީ އެމްޑީއޭގެ ލީޑަރު ސިޔާމްގެ އުފަން ރަށެވެ.

ނ. ކުޑަފަރި

ރައީސް ކުޑަފަރިއަށް ވަޑައިގެން އެ ރަށުގައި މި ސަރުކާރުން ގާއިމުކޮށްދިން ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާ އެ ރަށުގައި އެޅި އާ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވި އެވެ. އަދި، އެ ރަށުގެ އެމްޑީޕީ ހަރުގެ އަދި އެމްޑީއޭ އޮފީސް ހުޅުއްވައިދެއްވި އެވެ.

ވައުދުތައް:

  • ރޯހައުސް އަޅައިދިނުން
  • ސްކޫލަށް ސައިންސް ލެބެއް
  • ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަގުތައް ހަދައިދިނުން
  • އޭޓީއެމްގެ ހިދުމަތް ދިނުން
  • އާ ސިއްހީ މަރުކަޒެއް އަޅާ 24 ގަޑިއިރު ހިދުމަތް ދިނުން
  • ސާފިން ޕޮއިންޓު ހިމާޔަތް ކުރުން

ރައީސް އަދި ކެމްޕޭން ޓީމުން މެންދުރުގެ ކެއުމަށް މަޑުކުރީ ކުޑަފަރީގަ އެވެ. މި އަހަރުގެ އިންތިހާބުގައި އެ ރަށުން 607 މީހުން ވޯޓުލާއިރު ރައީސް ދެން ވަޑައިގަތީ ހެނބަދޫއަށެވެ.

ނ. ހެނބަދޫ

ހެނބަދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން ތަރައްގީކުރި ބަނދަރު، ފުޓްސަލް ދަނޑު، އިންޖީނުގެ އަދި ފެނަކަ އޮފީސް ހުޅުއްވައިދެއްވާފަ އެވެ. އަދި އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ފެނުގެ ނިޒާމްވެސް ރައީސް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

މަދު މީސްކޮޅެއް ދިރިއުޅޭ ހެނބަދޫ ވެގެންދިޔައީ މި ސަރުކާރުން ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ ނިންމި ރަށަށެވެ.

ވައުދުތައް:

  • ބިން ހިއްކުން
  • ބޯހިޔާވަހިކަމުގެ މަޝްރޫއެއް
  • އާ ހުކުރު މިސްކިތެއް
  • ބޮޑެތި މަގުތަކުގައި ތާރުއަޅާ ތަރައްގީކުރުން
  • ސިއްހީ މަރުކަޒު ތަރައްގީކޮށް 24 ގަޑިއިރު ހިދުމަތް ދިނުން

ހެނބަދޫގެ ވޯޓުލެވޭ އާބާދީއަކީ 565 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގަތީ ނ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ކެނދިކުޅުދޫއަށެވެ.

ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ވަނީ މި ސަރުކާރުން އެ ރަށުގައި އެޅި ފުޓްބޯޅަ ދަނޑު އަދި އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވި އެވެ.

އަދި، މި ސަރުކާރުގެ ވައުދެއްގެ ގޮތުގައި އޮތް އެ ރަށުގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާވެސް ރައީސް މިއަދު ވަނީ އަޅުއްވައިދެއްވާފަ އެވެ. އޭގެ އިތުރުން ރައީސް ވަނީ އެ ރަށު އެމްޑީޕީ ހަރުގެވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ.

ވައުދުތައް:

  • މަދުވެގެން 300 ރޯހައުސް ނޫނި ފުލެޓު އަޅައިދިނުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސްއެއް

ކެނދިކުޅުދޫއިން މި އަހަރުގެ އިންތިހާބުގައި 1,389 މީހުން ވޯޓުލާނެ އެވެ. އެ ރަށަށްފހު ރައީސް ދެން ވަޑައިގަތީ އިއްޔެގެ ފަހު ރަށް ކަމަށްވާ ނ. އަތޮޅުގެ ވެރިރަށް މަނަދޫއަށެވެ.

ނ. މަނަދޫ

މަނަދޫއަށް ރައީސް ވަޑައިގެންނެވީ އިއްޔެ އިރުއޮއްސި 6:30 ހާއިރު އެވެ. އެވަގުތު އެމަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނިކުތްއިރު އިދިކޮޅު މަދު ސަޕޯޓަރުންކޮޅެއް ދިޔައީ ރައީސާއި ސަރުކާރާ ދެކޮޅަށް ބަނދަރު ސަރަހައްދުގައި އަޑުއުފުލަމުންނެވެ.

މަރުހަބާގެ ނަމްބަރުތަކަށްފަހު ރައީސް ދެން ބައިވެރިވި ލެއްވީ ރޭ މަނަދޫގައި ބޭއްވި 'އުފާވެރި އަމާން ރާއްޖެ' ޖަލްސާގަ އެވެ. ރައީސްގެ އިތުރުން މަޖިލިސް މެންބަރުންނާއި ދައުލަތުގެ އިސްވެރިން އަދި ގުޅިފައިވާ ޕާޓީތަކުގެ ލީޑަޝިޕުން އެ ޖަލްސާގައި ބައިވެރިވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ވެރިރަށް މަނަދޫއަށް ރިޔާސީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. މި އަހަރުގެ އިންތިހާބުގައި މަނަދޫއިން 1,423 މީހުން ވޯޓުލާނެ އެވެ.

ވައުދުތައް:

  • އިތުރު މަގުތައް ހިމަނައިގެން ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ނަރުދަމާގެ މައްސަލަ ހައްލުކުރުން
  • އައިސް ޕްލާންޓެއް އެޅުން
  • ލޯކަލް މާރުކޭޓެއް އެޅުން
  • ޒުވާނުންނަށް ސްކޭޓް ޕާކެއް
  • ދެކުނު ފަރާތުގައި ޖެޓީއެއް
  • އިރުމަތީ ކޮޅު ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް
  • ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުން

މީގެއިތުރުން ރޭގެ ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއްވެސް ދެއްވާފަ އެވެ.

"އެއްބަޔަކު ކުރަމުންދާ ކަމަކީ ޒާތީ ގޮތުން ވާހަކަ ދެއްކުން. އެ ނޫން އެއްވެސް ކަމެއް ނޫން. ތިމާ ހެނދުނު ހޭލާއިރު ސިކުނޑީގައި ހުރި އެއްޗެއް އެވަގުތަކު ބުނެލަނީ. ހަވީރުވެގެން އަންނައިރު އެ ބަދަލުވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ހުވަފެނުފައި ފެންނަ ކަންކަން ހަގީގަތަކަށް ހަދަންޏާ ފުރަތަމަ ޖެހޭނީ ނިދިން ހޭލަން." ރައީސް ރޭ ވިދާޅުވި އެވެ.

މީގެއިތުރުން ރައީސްގެ ކޯލިޝަން ޕާޓްނަރު ސިޔާމް ވަނީ ގައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުން ނަގާ ލޯނުތަކަކީ ދަރަންޏެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހޭ ކަމަށާއި އެފަދަ ލޯނުތަކަކީ އަރަނީގެ ގޮތުގައި ދެކުމަށް ގޮވާލައްވާފަ އެވެ.

ރައީސް މިއަދުގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މަނަދޫގައި މި ސަރުކާރުން ގާއިމުކުރި ފުޓްބޯޅަ ދަނޑާއި، އާ އިންޖީނުގެ އަދި ފެނަކަ އޮފީހުގެ އިތުރުން އިންޑޯ ޖިމާއި އެ ރަށުގައި ހުންނަ އަތޮޅު މަދަރުސާގައި އެޅި މަލްޓި ޕާޕޯސް ހޯލު އަދި އަތޮޅު ހޮސްޕިޓަލަށް އިތުރުކުރެވުނު ހަ އޯޕީޑީ ރޫމާއި ލެބޯޓަރީ ހުޅުއްވައިދެއްވާނެ އެވެ.

އަދި، އެ ރަށުގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކުރައްވާ އެމްޑީއޭގެ ޖަގަހަ ހުޅުއްވައިދެއްވާނެ އެވެ.

މިއަދު ރައީސް ހަ ރަށަކަށް ވަޑައިގަންނަވާއިރު ނ. ވެލިދޫގައި މިރޭ މެނިފެސްޓޯގެ ދެވަނަ ބައި އިއުލާންކުރުން އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox