ބެއިރޫތު، ލުބްނާން (އޯގަސްޓު 11) - ސީރިއާގެ އިރުމަތީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕުން ދިން ހަމަލާއެއްގައި ސިފައިންގެ 26 މީހުން މަރާލައިފި އެވެ.
ސީރިއާގައި އައިއެސްއިން ކޮންޓްރޯލް ކުރަަމުން ދިޔަ ބިންތައް ގެއްލުނީ 2019 ގަ އެވެ. އެހެން ނަމަވެސް، ސީރިއާގެ ސަހަރާގެ އެކި ހިސާބުތަކުގައި އެ ގްރޫޕްގެ މެމްބަރުން އަދިވެސް ގާއިމްވެގެން އުޅެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ބުނީ ބުރާސްފަތި ދުވަހު ހަމަލާ ޓާގެޓް ކުރީ ދެއިރް އެޒޯރް ޕްރޮވިންސްގައި ސިފައިންގެ ބަހަކަށް ކަމަށެވެ.
މަރުވި ސިފައިންގެ އަދަދު 26 އަށް އަރާ އިރު، މިއީ މި އަހަރުގެ ތެރޭގައި ސީރިއާ ސަރުކާރުގެ ފައުޖަށް އަމާޒުކޮށް ދިން އެންމެ ބޮޑު ހަމަލާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ސިފައިންގެ 11 މީހުންނަށް އަނިޔާވި އިރު، އޭގެ ތެރެއން ބައެއް މީހުންގެ ހާލު ގޯހެވެ. އައިއެސްއިން އެ ހަމަލާގެ ޒިންމާ އުފުލީ ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.
އެނެލިސްޓުން ބުނާ ގޮތުގައި އައިއެސްގެ ހަމަކާތައް ފަހަކަށް އައިސް ވަނީ އުތުރުވާން ފަށައިފަ އެވެ. އެ ގްރޫޕްގެ ބޭނުމަކީ އަދިވެސް ހަރަކާތްތައް ހިންގާކަން ދެއްކުމެވެ.










