ރިޔާސީ ޓިކެޓުގެ މައްސަލައިގައި ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ރިޔާސީ ޓިކެޓުގެ މައްސަލައިގައި ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނުނެރުމަކީ އެ ޕާޓީގެ ލީޑަޝިޕްގެ ހިޔާނާތެއް، އަދި އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސީނިއާ އެޑްވައިޒަރު އެ ޕާޓީން ވަކިވެވަަޑައިގެންފި އެވެ.

ވަހީދު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ހާމަ ކުރެއްވީ ޓްވިޓާގައި އާއްމުކުރެއްވި ބަޔާނަކުންނެވެ.

އެ ބަޔާނުގައި ވިދާޅުވީ ޕީޕީއެމްގެ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމެވީ ފަރުވާތެރިކަމާ އެކު ވިސްނެވުމަށް ފަހު ކަމަށެވެ.

"...އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑުގެ ހުނަރު، ތަޖުރިބާ އަދި އިލްމު، ހަމަޖެހުމާއި ނަޒާހަތްތެރިކަމާއި ތެދުވެރިކަން އޮތް މާހައުލެއްގައި ހުރިހާ ދިވެހިންގެ ކާމިޔާބީއަށް ޓަކައި ބޭނުންކުރުން މުހިއްމު ކަމަށެވެ،" ބަޔާނުގައި ވަހީދު ވިދާޅުވި އެވެ.

ވަހީދުގެ ބަޔާނުގައި ޕީޕީއެމްއިން ވަކިވެވަޑައިގަންނަވާ ސަބަބު އޮމާންކޮށް ވިދާޅުވެފައި އޮތަސް، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް މިއަދު ފޮނުއްވި ސިޓީގައި ބަންޑުން ކޮށްލައްވާފައި ވަނީ ނުރުހުމާއި ހިތްހަމަނުޖެހުމެވެ.

"...ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑަަގަތުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމެވުމާއި އެ ނިންމެވުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިއްތިފާގުން 5 އޮގަސްޓް 2023ގައި ދެމެެހެއްޓުމާއި އިންތިހާާބުގެ ކެންޑިޑޭޓުން ހުށަހެޅުމުގެ ފުރުސަތު 7 އޮގަސްޓް 2023 ގެ 2:00 ގައި ހަމަވުމާއި ދޭތެރޭގައި އިތުރު ކެންޑިޑޭޓެއް ނެރުމަށް ވަގުތު އޮވެ ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތުން އެއްވެސް މަސައްކަތެއް ނުކުރައްވަވައި އަދި ޕާޓީގެ ސެނެޓަށް، ކެންޑިޑޭޭޓެއް ނެރުމުގެ ފުރުސަތެއް ނުދެއްވަވައި، އެހެން ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓެއް ނެރުމަކީ ޕީޕީއެމް އަށް ޕާޓީގެ ލީޑަޝިޕުން ވެވަޑައިގެންނެވި ވަރަށް ބޮޑު ހިޔާނާތެއް،" ވަހީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ޑރ. ވަހީދު އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ.

ވަހީދު ޕީޕީއެމުން މިއަދު ވަކިވެވަޑައިގެންނެވި އިރު، ޔާމީނުގެ ކެންޑިޑެެސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުން ރަނގަޅުކަމަށް ސުޕްރީމްކޯޓުން ކަނޑައެޅި ދުވަހު ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް އޮތް ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވި އެވެ.

ސުޕްރީމް ކޯޓު ބޭރުގައި ހުންނަވައިގެން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ކުރިންވެސް ދަންނަވާފައި ވާނީ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް، ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑުވެސް އެބަ ހުރީމޭ" ވަހީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ރާއްޖޭގައި އެންމެ ތާއީދު ބޮޑު ލީޑަރުކަން ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނަށް ވާދަނުކުރެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox