ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަހެއް ގެނައުން, ރައީސްގެ ވައުދެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދެވަނަ ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

މިދިޔަ ފަސް އަހަރު ވެސް ސަރުކާރުގެ ފަތުރުވެރިކަމުގެ ވުޒާރާއިން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ގޮސް އެ ރަށުގައި ރަށު ފަތުރުވެރިކަން ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. އަތޮޅުގެ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގދ. ވާދޫގައި ވިދާޅުވީ އެ ސިޔާސަތު އަންނަ ދައުރެއްގައި އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ.

ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަޒީފާތަކުގައި ދިވެހީން ތިބުމުގެ އަމާޒަށް ވާސިލްވުމަށް، ރާއްޖޭގައި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ސްޓޫޑަންޓު ލޯނުގެ އިންޓްރެސްޓް ކުޑަކުރުމާއި، ރާއްޖެއަށް ހިދުމަތް ކުރުމުގެ ޝަރުތާއެކު ލޯނު މައާފު ކުރުމުގެ އިތުރުން ފުރަތަމަ ޑިގްރީ ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ އެހީގައި ކޮންމެ ރަށެއްގައި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރަން ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް، އެ ރަށަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އޭގައި ހިމަނަން، އޭރަށް ކޮންމެ ރަށެއްގައި އުފެދޭނެ ވަޒީފާތަކާއި، އެއަށް ބޭނުންވާނެ ތަމްރީނު ލިބިފައި ތިބި ޒުވާނުން އުފެދިގެން ދާނެ،" ރައީސް ތަފްސީލްކޮށް ވިދާޅުވެ ދެއްވި އެވެ.

ބޭރު ޔުނިވާސިޓެއްގެ ކެމްޕަހެއް ރާއްޖެ ގެންނަން ވައުދުވެ ވަޑައިގެންނެވިއިރު، ރައީސް ސޯލިހުގެ އާ މެނިފެސްޓޯގައި ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެ އައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފްކުރާން ވެސް ވަނީ ނިންމަވައިފަ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި އެޅުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު، ބޭރުގެ ޔުނިވާސިޓީތަކުގެ ކެމްޕަސްތައް ރާއްޖެއަށް ގެނައުމަކީ އެމްޑީޕީން ވަރަށް ކުރިން ފެށިގެން ގެންގުޅޭ ސިޔާސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox