ރައީސްގެ ގދ. ދަތުރު: އިއްޔެ ހަ ރަށަށް ގިނަ ވައުދުތަކެއް

ހުވަދޫއަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގެ ތެރެއިން ރައީސް ސޯލިހު އިއްޔެ ގދ. ރަތަފަންދޫގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުވަދޫއަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުގެ ތެރެއިން ރައީސް ސޯލިހު އިއްޔެ ގދ. ރަތަފަންދޫގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕޭނުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތީ ގދ. އަތޮޅުގެ ހަ ރަށަކަށެވެ. ހުވަދޫއަށް ވަޑައިގަތީ ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 26،244 މީހުން ތިބި ހުވަދު އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގަންނަވާނެ އެވެ. މި ދެ އަތޮޅުން މި ދަތުރުގައި ރައީސް ވަޑައިނުގަންނަވާނީ ގދ. ތިނަދޫއަށެވެ. ފަހުގެ ތާރީހެއްގައި ހާއްސަ ކެމްޕޭން ދަތުރެއް އެ ރަށަށް ރޭވިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕޭން ޓީމުން ބުނެ އެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ހުވަދު އަތޮޅުން، ހާއްސަކޮށް ގދ. އަތޮޅުން ރައީސް ސޯލިހު ބޮޑު ކާމިޔާބެއް ހޯއްދެވި އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަ ވާއިރު، ބަދަލުވެފައިވާ ސިޔާސީ މަޝްރަހުގެ އަސަރު ހުވަދޫން ފެނެ އެވެ.

titledesc

titledesc

ނަމަވެސް، މިހާތަނަށް ވަޑައިގެންނެވި މި އަތޮޅުގެ ހަ ރަށުން ވެސް ރައީސް ސޯލިހަށް ތާއީދު ބޮޑު ކަމަށް ފެނެ އެވެ. ރައީސް، ހުވަދޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ގދ. މަޑަވެއްޔަށެވެ.

މަޑަވެލި

މަޑަވެއްޔަށް ރައީސް ވަޑައިގެންފައިވަނީ އިއްޔެ އެމަނިކުފާނު އެ ރަށުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުކުރި އެމްޑީޕީގެ ހަރުގޭގައި ހުޅުޖަހައި އަންދާލާފައިވަނިކޮށެވެ. އެ ސަބަބާއެކު ރައީސްގެ ކެމްޕޭން ޖަލްސާ ކުރިއަށް ގެންދެވީ މަޑަވެލީ ބަނދަރުމަތީގައި ހުރި ގަހެއްގެ ދަށުގަ އެވެ. ސަޕޯޓަރުންނަށް ނަސޭހަތް ދެއްވީ އިދިކޮޅު ފަރާތްތަކުން ކުރާ އެފަދަ ކަންކަމަށް ރައްދު ދިނުމުގެ ބަދަލުގައި އިންތިހާބަށް ސަމާލުކަން ދިނުމަށެވެ.

އެ ބައްދަލުވުމަށްފަހު ރައީސް ސޯލިހު ވަނީ މި ސަރުކާރުން އެ ރަށުގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވައި، ހެލްތު ސެންޓަރަށް އިތުރުކުރެވުނު އާ އިމަރާތް ހުޅުއްވައި ދެއްވައިފަ އެވެ.

މަޑަވެލީގެ ވޯޓުލެވޭ އާބާދީއަކީ 1,387 އެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގަތީ ޖެހިގެން އޮތް ހޯނޑެއްދޫއަށެވެ.

ވައުދުތައް:

  • ބިން ހިއްކުން
  • ބޯހިޔާވަހިކަން ހައްލުކުރަން ގޯތި، ރޯހައުސް އަދި ފްލެޓު އެޅުން
  • އައިސް ޕްލާންޓެއް
  • އެއް ފަޅެެއްގައި އޮތް ހާދު އާ މަޑަވެލި އެއްކޮށްލުން
  • އޭޓީއެމް ބެހެއްޓުން

ހޯނޑެއްދޫ

ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ހަރުގެ ރައީސް ސޯލިހު ހުޅުއްވައި ދެއްވި އެވެ. އެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުންނަކީ ކާމިޔާބު ނުވާނެކަން އެނގިވަޑައިގަންނަވާއިރު ވެސް ވޯޓް ބައިބައި ކުރައްވަން ވާދަ ކުރައްވާ ބޭފުޅުން ކަމަށެވެ.

"ނަމެއްގައި ކުރިމަތިލައިގެން ތިއްބެވި ބޭފުޅުން އެބަ ތިއްބި. ވޯޓްތައް ބައިބައިކޮށްލުމަށް ޓަކައި. އެމީހުންގެ މާބޮޑު ވިޝަންއެއް ނެތް. ހަމަ އެކަނި މަގުސަދަކީ އެ އައި ހިޔާލުތަފާތުވުން ތަކުގައި، ސިޔާސީ ހިޔާލުތަފާތުވުން ތަކުގައި ބަޔަކަށް ލިބެން އޮތް ފަސޭހައަކަށް ހުރަސް އެޅުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވައުދުތައް:

  • ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުން
  • ހައުސިން ޔުނިޓު ސަރަހައްދުގައި އާ މިސްކިތެއް އެޅުން
  • އަންހެނުނަށް ހާއްސަ ވޮލީކޯޓެއް އަދި ފުޓްސަލް ދަނޑެއް
  • ބޮޑު ފުޓްބޯޅަ ދަނޑެއް
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން

ހޯނޑެއްދޫގެ ވޯޓުލެވޭ އާބާދީއަކީ 903 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅު ނަޑެއްލާ އަށެވެ.

ނަޑެއްލާ

ނަޑެއްލާއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން އަޅައިދިން ފެނަކަ އޮފީހާއި އާ އިންޖީނުގެ ހުޅުވައި ދެއްވައިފަ އެވެ. ބަނދަރުގައި ތިބި އެ ރަށުގެ ގިނަ ރައްޔިތުންގެވެސް އެންމެ ބޮޑު އުފަލަކަށްވީ ކަރަންޓުގެ މައްސަލައަށް މި ސަރުކާރުން ގެނެސްދިން ހައްލެވެ.

ނަޑެއްލާގައި ބޭއްވި ބަނދަރު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:  އަބްދުﷲ އިޔާން / އަދަދު
ނަޑެއްލާގައި ބޭއްވި ބަނދަރު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނަޑެއްލާގައި ބޭއްވި ބަނދަރު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވައުދުތައް:

  • އައުޓްޑޯ ވޮލީ ކޯޓެއް
  • އައުޓްޑޯ ޖިމެއް
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
  • ބޯހިޔާ ވަހިކަން ހައްލުކުރުމަށް ރޯހައުސް އެޅުން
  • އެ ރަށު މިސްކިތުގެ ޖާގަ ބޮޑުކުރުން
  • ބަނދަރު ބޮޑުކުރުން
  • މަލްޓި ޕާޕޯސް ހޯލެއް ގާއިމުކުރުން

ނަޑެއްލާގެ ވޯޓުލެވޭ އާބާދީއަކީ 820 އެވެ.

ރަތަފަންދޫ

ރަތަފަންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން ގާއިމުކުރި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވާފަ އެވެ. އަދި، އެ ރަށު ރައްޔިތުން ގިނަ ދުވަސްތަކެއް އެދުމުން ދިޔަ ގޮތަށް އެރަށް، ކައިރި އޮތް ކެރެއްދޫއާ ގުޅާލާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

ވައުދުތައް:

  • ރަތަފަންދޫ އާއި ކެރެއްދޫއާ ގުޅާލުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ޔޫތު ސެންޓަރެއް
  • އާ ސިއްހީ މަރުކަޒެއް
  • މަލްޓި ޕާޕޯސް ހޯލު
  • ބަނދަރު ޒަމާނީ ފެންވަރަށް ހެދުން

މި އަހަރުގެ އިންތިހާބުގައި ރަތަފަންދޫން ވޯޓުލާނީ 1,036 މީހުންނެވެ.

ފިޔޯރީ

ފިޔޯރީއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މި ސަރުކާރުން އެޅި ފެނަކަ އޮފީސް ހުޅުއްވައި ދެއްވާފަ އެވެ. އެ ރަށުގެ އެމްޑީޕީ ހަރުގޭގައި ބޭއްވި ހަފުލާއެއްގައި އެ ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

ވައުުދުތައް:

  • ފިޔޯރީ ކައިރީގަ ޕިކްނިކް އައިލެންޑެއް
  • ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް ސޯލާއިން ކަރަންޓު ނެގޭ ގޮތް ހެދުން
  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ތާރު އެޅުން
  • ހެލްތު ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތް ހެދުން
  • ހެލްތު ސެންޓަރަށް އާ އިމާރާތެއް އިތުރުކުރުން
  • އެ ރަށުގެ ގެސްޓް ހައުސް އަށް ހާއްސަ ސަރަހައްދު ތަރައްގީކުރަން ލުއި ލޯނު ދިނުން
  • އެ ރަށު މިސްކިތް ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ހެދުން
  • އައިސް ޕްލާންޓެއް އެޅުން
  • ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުގައި ލައިޓު ހަރުކުރުން
  • ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓުގެ އާ ގެނެރޭޓަރެއް ގެނައުން

ފިޔޯރީގެ ވޯޓުލެވޭ އާބާދީއަކީ 1،080 އެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އިއްޔެގެ ފަހު ރަށް ކަަމަށްވާ މި އަތޮޅު ގައްދޫ އަށެވެ.

ގައްދޫ

ހެނދުނު ދ. އަތޮޅުން ފެށި ދަތުރުގައި ރައީސް ގައްދޫއަށް ވަޑައިގަތީ އިރުއޮއްސި 6:30 ހާއިރު އެވެ. ގިނަ ބަޔަކު މަރުހަބާ ކިޔަން ނިކުތް ގައްދޫގައި ސަޕޯޓަރުންނާ ސަލާމްކުރުމަށް ރައީސް ވަނީ ގަޑިއެއް ހާއިރު ހޭދަކުރައްވައިފަ އެވެ.

ރޭ ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން ރައީސް ސޯލިހު (ކ) އަދި ސަރުކާރާއި ކޯލިޝަނުގެ އިސް ފަރާތްތައް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ރޭ ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން ރައީސް ސޯލިހު (ކ) އަދި ސަރުކާރާއި ކޯލިޝަނުގެ އިސް ފަރާތްތައް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރޭ ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން ރައީސް ސޯލިހު (ކ) އަދި ސަރުކާރާއި ކޯލިޝަނުގެ އިސް ފަރާތްތައް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރަށުގައި "އުފާވެރި އަމާން ރާއްޖެ" ގެ ކެމްޕޭން ޖަލްސާއެއް ބޭއްވި އެވެ. ޖަލްސާގައި ރައީސް، ރަނިންމޭޓު އަދި ދައުލަތުގެ އެކި ވަޒީރުންނާއި ކޯލިޝަން ޕާޓްނަރުން ބައިވެރިވެވަޑައިގަތެވެ.

އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯ އަކަށް ވާނީ ވެރިކަން ކުރާ އެމްޑީޕީން ވާ ވައުދުތައް، ނުވާނެ ކަމަށް ބުނުން ކަމަށެވެ.

މިހާރު ވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ގައްދޫއަށް ރައީސް ވަނީ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

ވައުދުތައް:

  • މަގު ހެދުމުގެ ފޭސް ދޭއްގެ ދަށުން ގައްދޫގެ ހުރިހާ މަގެއް ހެދުން
  • އިތުރު 30 ހެކްޓަރު ބިން ހިއްކުން
  • އަލަށް ހިއްކާ ބިމުގައި 100 ރޯހައުސް އެޅުން
  • ޕޮލިޓެކްނިކް އާ އިމާރާތެއް އެޅުން
  • ގަމާއި ގައްދޫ ގުޅުވާލުން

މިއަދު ގދ. އަތޮޅުގެ ވާދޫ އަދި ފަރެސްމާތޮޑާއަށް ވަޑައިގަތުމަށްފަހު ރައީސް ވަޑައިގަންނަވާނީ ގއ. އަތޮޅުގެ ތިން ރަށަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox