ޖޭޕީގައި މަޑުކުރީ ގާސިމް ރައީސާ ގުޅޭނެކަމުގެ އުއްމީދުގައި: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް; އޭނާ ވަނީ މިއަދު ޖޭޕީން ވަކިވެވަޑައިގެންފައި -- މިރާޝް / އަދަދު

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް; އޭނާ ވަނީ މިއަދު ޖޭޕީން ވަކިވެވަޑައިގެންފައި -- މިރާޝް / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވިއަސް, ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިނުގެން ނުދެެއްވައި މަޑުކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް, ރައީސް ސޯލިހުގެ ކޯލިޝަނާ ގުޅިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އަންނަން 2018 ގައި ހެދި ކޯލިޝަނާ އެކު ކުރިއަށް ނުގޮސް, މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ގޮވާލައި ގަރާރެއް އެޕާޓީން ފާސްކުރީ މިދިޔަ ފެބްރުއަރީމަހު ބޭއްވި ގައުމީ ޖަލްސާގަ އެވެ. އޭގެ ފަހުން އެޕާޓީގެ ކައުންސިލުން އެ ނިންމުމަށް ބާރުދިނީ މާޗްމަހު އެވެ. އެ ނިންމުމާ އެކު ޖޭޕީގެ ކެންޑިޑޭޓު ކަނޑައަޅަން ޕްރައިމަރީއަކަށް ވެސް ހުޅުވައިލި އެވެ. ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ރައީސް ސޯލިހަށް ކަން މައުސޫމު ހާމަކުރެއްވީ އޭރު އެވެ.

އޭރު ޖޭޕީން ވަކިން ވާދަކުރަން ނިންމުމުން, ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ޖޭޕީގެ ބައެއް މެންބަރުން އެ ޕާޓީން ވަކިވި އެވެ. އެހެން ނަމަވެސް މައުސޫމު އެ ޕާޓީގައި ދެމިހުންނެވި އެވެ.

Advertisement

ޖޭޕީން ވަކިވުމަށްފަހު މައުސޫމު މިއަދު 'އަދަދު' އަށް ވިދާޅުވީ, ޖޭޕީ ވަކިން ވާދަ ކުރަން ނިންމުމުން ވެސް, ޕާޓީގައި ދެމިހުންނެވީ އެ ޕާޓީން ރައީސް ސޯލިހާ ގުޅޭނެ ކަމަށް އޭރު އުއްމީދު ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު އިބޫއަށް ތާއިދުކޮށްފިން ވަރަށް ކުރިން. ދެން އަޅުގަނޑު އުއްމީދު ކުރިން ޖޭޕީން ވެސް އިބޫއާ ޖޮއިން ކުރާނެ ކަމަށް. އެ މަސައްކަތްތަކެއް ވެސް ކުރި, ވަރަށް ފަހުން ވެސް ބައްދަލުވުމެއް ބޭއްވި." މައުސޫމް ވިދާޅުވި އެވެ.

އެ އުއްމީދުގައި ޖޭޕީގައި މަޑުކުރެއްވުމަށްފަހު ޑރ. މައުސޫމް މިއަދު ޖޭޕީން ވަކިވީ, ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުންނެވެ.

"މިހާރު އަޅުގަނޑު އިބޫ އާ އެއްކޮށް ފުލްކޮށް ދާއިރު ޖޭޕީގެ މެންބާޝިޕު އޮތުން ނުވާނެ ރަނގަޅު ކަމަކަށް." ކުރިން ހުރި ވަރަށްވުރެ އިތުރަށް ދެން ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވާނެ ކަން ހާމަކުރައްވަމުން މައުސޫމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ 2014 ވަނަ އަހަރު ގުޅިވަޑައިގެންނެވީއްސުރެ އެޕާޓީގައި ހުންނެވުމަށް ފަހު ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދު އެވެ. ޖޭޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަން ކުރެއްވި ޓްވީޓުގައި އޭނާ ހިއްސާކުރެއްވީ 2014 ގައި ޖޭޕީއާ ގުޅިވަޑައިގަންނަވަން ސޮއިކުރެއްވި އިރުގެ ފޮޓޯ އެކެވެ. އެއާ އެކު އެޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox