އިންތިހާބުގައި ވާދަނުކުރައްވަން އެންމެ ފަހު ވަގުތު މުނައްވަރު ނިންމަވައިފި

ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު؛ ރިޔާސީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމަވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު؛ ރިޔާސީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމަވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވާން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި، އައްޑޫއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ޑރ. މުނައްވަރު. ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ކުރެއްވީ މިދިޔަ މާޗު 5، ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓުގަ އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވުމަށް 1،500 މީހުންގެ ތާއީދު ސޮއި ހޯއްދެވުމުގެ މަސައްކަތް ވެސް މިދިޔަ މަހުން ފެށިގެން މުނައްވަރު ގެންދެވީ ކުރައްވަމުންނެވެ. އެކަމަކު މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލައްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

މުނައްވަރު "އަދަދު" ނޫހަށް ވިދާޅުވީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ މިހާރު މި އޮތް ވަގުތުކޮޅުގެ ތެރޭގައި ރައްޔިތުންގެ ޖުމުލަ ތާއީދެއް ހޯއްދެވެން އޮތް ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ. އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ ސުވާލުކުރުމުން ވިދާޅުވީ އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

"ފުރަތަމަ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ގެންގުޅުނީ ވެސް މި ވަގުތު މި ތިބި މީހުން [ސިޔާސީ ލީޑަރުންނާއި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ކެންޑިޑޭޓުން] ކަމުނުދާތީ، ދެން ކުރިއަށް ދާނެ ގޮތް ނުއެއް ނިންމަން، އަދި މީޑިއާތަކާ ވެސް ބައްދަލުކުރާނަން އަޅުގަނޑު،" މުނައްވަރު ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތުގައި މާ ބޮޑަށް ހަރަކާތްތެރި ވެވަޑައިނުގެން އަހަރުތަކެއް ވަންދެން ހުންނެވުމަށް ފަހު މި އަހަރުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި އެމަނިކުފާނުގެ ކެމްޕޭނުގައި މުނައްވަރު އުޅުއްވި އެވެ.

އޭގެ ފަހުން، ފޯޅަވަހި ހިމެނޭހެން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާއި އެ ގައުމާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލާގައި، ސަރުކާރުގެ ސްޓޭންޑާއި އިޓްލޮސްގެ ނިންމުމާ ދެކޮޅަށް އުފެއްދި އިއްތިހާދު ލީޑު ކުރެއްވުމުގައި ވެސް މުނައްވަރު އުޅުއްވި އެވެ.

އެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު، ޑިމޮކްރެޓްސްއާއި، އެމްއެންޕީއާއި، ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުންނާއި، މުނައްވަރާއި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ބައިވެރިވި އެވެ. މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ފަހު، ފަހުން އެ އިއްތިހާދުގެ އެއްވެސް ހަރަކާތެއް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox