ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިއެއް ނުކުރާނެ

Aug 7, 2023, 4:42 AM
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިއެއް ނުކުރާނެ

ޕެރިސް (އޮގަސްޓް 7) - ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެ ޓީމުގެ ފޯވަޑް ކީލިއަން އެމްބާޕޭ ބައިވެރިނުކުރުމަށް އެ ކްލަބުން ނިންމައިފި އެވެ.

ކޮންޓުރެކްޓް އާކުރުމާ ގުޅޭގޮތުން ޕީއެސްޖީ އާޢި އެމްބާޕޭގެ ދެމެދުވައި އުފެދިފައިވާ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބެ އެެވެ.

ޕީއެސްޖީން އޭޝިއާ އަށް ކުރި ޕްރީ ސީޒަން ޓުއާގައި ވެސް އެމްބާޕޭ ،24، ބައިވެރިއެއްނުކުރެ އެވެ.

ފްރާންސް ލީގު އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ފަށާއިރު، އެމްބާޕޭ އަށް ޕީއެސްޖީގެ ސީނިއާ ސްކޮޑާއެކު ފަރިތަކުރުމުގެ ފުރުސަތެއް ނުދެ އެވެ. އެމްބާޕޭ ފަރިތަކުރަނީ ޕީއެސްޖީގެ ބީ ޓީމާއެކު އެވެ.

އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު މައްސަލަ އުފެދުނީ ޕީއެސްޖީން ހުށަހަޅާފައިވާ ގޮތަށް ކޮންޓުރެކްޓް އާކުރަން އެމްބާޕޭ ދެކޮޅު ހަދާފައިވަނިކޮށެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވާނެއެވެ. ކޮންޓުރެކްޓް ހަމަވުމާއެކު، އެމްބާޕޭ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. ކޮންޓުރެކްޓް އާނުކުރާނެކަން އޭނާ ވަނީ މި އަހަރުގެ މެއި މަހު ވެސް ބުނެފައެވެ.

ޕީއެސްޖީން ގަބޫލްކުރާ ގޮތުގައި އެމްބާޕޭ ކޮންޓުރެކްޓް އާކުރަން ބޭނުންނުވަނީ ހިލޭ ޓްރާންސްފާއެއްގައި އަންނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާ އެއްބަސްވެފައިވާތީއެވެ.

ސައުދީ އަރަބިއްޔާގެ އަލް ހިލާލުން އެމްބާޕޭ އަށް ބޮޑު އަގެއް ހުށަހެޅިއެވެ. އެކަމަކު އެމްބާޕޭ އެ ކްލަބަށް ދާކަށް ބޭނުމެއްނުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox