ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ އަޅުގަނޑުވެސް އެބަ ހުރިން: ޑރ. ވަހީދު

ހުކުމް ކުރުމުގެ އަޑުއެހުން އޮތްއިރު ސުޕްރީމް ކޯޓު ސަރަހައްދުގައި ޑރ. ވަހީދު -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ހުކުމް ކުރުމުގެ އަޑުއެހުން އޮތްއިރު ސުޕްރީމް ކޯޓު ސަރަހައްދުގައި ޑރ. ވަހީދު -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެވެން ނެތްނަމަ، ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ސުޕްރީމް ކޯޓު ބޭރުގައި ހުންނަވައިގެން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ކުރިންވެސް ދަންނަވާފައި ވާނީ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ވެސް، ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑުވެސް އެބަ ހުރީމޭ" ވަހީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ރާއްޖޭގައި އެންމެ ތާއީދު ބޮޑު ލީޑަރުކަން ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނަށް ވާދަނުކުރެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލަތައް ލަސްކުރަމުން ކުރަމުން ކުރަމުން ގޮސް އެމަނިކުފާނުގެ އަސާސީ ހައްގެއް ގެއްލުނުތަން," ވަހީދު ވިދާޅުވި އެވެ.

ރައީސް ޔަމީނުގެ ހައްގު ގެއްލުނީ ޖުޑީޝަލް ސިސްޓަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އިއްޔެ ރައީސް ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ވަނީ ހުށަހަޅާފަ އެވެ.

ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމަށް އިތުރު ވަގުތު ދިނުމަށް ވެސް، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ކެންޑިޑެސީ މައްސަލާގައި އެ ޕާޓީން އެދިފައިވެ އެވެ. ނަމަވެސް އެ ފުރުސަތު ވެސް ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހެވެ. ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުގެ ނިންމުން ރަނގަޅު ކަމަށް މިއަދު ހުކުމް ކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު 2008 ގައި ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިއިރު ޑރ. ވަހީދަކީ އެމަނިކުފާނުގެ ރަނިން މޭޓެވެ. އޭރު ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރެއްގެ މަގާމުގަ އެވެ.

އަދި, އޭގެ ތިން އަހަރު ފަހުން ފެބްރުއަރީ 2012, ގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި މިއުޓިނީއަކުން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުކުރުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ ޑރ. ވަހީދެވެ.

ވެރިކަމުގައި ހުންނަވައި 2013 ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވި އެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ އެންމެ ފަސް ޕަސެންޓެވެ. ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ދެން ބޭއްވި ބުރުގައި އެމަނިކުފާނު ވާދަނުކުރައްވަ އެވެ. އޭގެ ބަދަލުގައި ތާއިދު ކުރެއްވީ 2013 ގެ އިންތިހާބާ ކާމިޔާބު ކުރެއްވި ރައީސް އަބްދުالله ޔާމީނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox