ޕީޕީއެމުން "ޕްލޭން ބީ" އަށް ތައްޔާރުވަނިކޮށް ޑރ. ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު (ވ) އަދި ކުރީގެ ރައީސް ޔާމީނުގެ ރަނިން މޭޓު ޑރ. ޖަމީލް (ކ)  : ޕީޕީއެމުން 'ޕްލޭން ބީ' އަށް ތައްޔާރުވަނިކޮށް ޑރ. ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު (ވ) އަދި ކުރީގެ ރައީސް ޔާމީނުގެ ރަނިން މޭޓު ޑރ. ޖަމީލް (ކ) : ޕީޕީއެމުން 'ޕްލޭން ބީ' އަށް ތައްޔާރުވަނިކޮށް ޑރ. ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސުޕްރީމް ކޯޓުން ބަލަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެ ނަމަ ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އެއީ ޕްލޭން ބީ ކަމަށް އެ ޕާޓީން ބުނެފައިވަނިކޮށް، އެ ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި އެވެ.

ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅުއްވާކަން "އަދަދު" އަށް ކަށަވަރުވެފައިވާއިރު، ޕީޕީއެމް އިން ދެން ނެރޭ ކެންޑިޑޭޓަކު އަދި އިއުލާނެއް ނުކުރެ އެވެ.

ބެލެވޭ ގޮތުގައި އެ ޕާޓީން މަޑުކުރަނީ މިހާރު ސުޕްރީމް ކޯޓުގައި އޮތް ޔާމީނުގެ ކެންޑިޑެސީ މައްސަލާގައި އެ ކޯޓުން އިއްވާ ހުކުމަކަށެވެ. އަދި، ޑރ. ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަނީ މި މަހުގެ ހަތްވަނަ ދުވަހަށް ކެންޑިޑެސީގެ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

ސިޔާސީ މަސައްކަތްތަކާ ދުރުގައި ހުންނެވުމަށް ފަހު ރައީސް ވަހީދު ޕީޕީއެމްއާ ގުޅުނީ ޖޫން 22, 2020 ގަ އެވެ. އެމަނިކުފާނު ހުންނެވީ އެ ޕާޓީގެ ހާއްސަ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އެ މަގާމާ އެކު އެމަނިކުފާނު އެ ޕާޓީގެ ސެނެޓުގެ މެމްބަރުކަން ވެސް އަދާކުރައްވަ އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު 2008 ގައި ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިއިރު ޑރ. ވަހީދަކީ އެމަނިކުފާނުގެ ރަނިން މޭޓެވެ. އޭރު ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރެއްގެ މަގާމުގަ އެވެ.

އަދި, އޭގެ ތިން އަހަރު ފަހުންފ ފެބްރުއަރީ 2012, ގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި މިއުޓިނީއަކުން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުކުރުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ ޑރ. ވަހީދެވެ.

ވެރިކަމުގައި ހުންނަވައި 2013 ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވި އެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ އެންމެ ފަސް ޕަސެންޓެވެ. ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ދެން ބޭއްވި ބުރުގައި އެމަނިކުފާނު ވާދަނުކުރައްވަ އެވެ. އޭގެ ބަދަލުގައި ތާއިދު ކުރެއްވީ 2013 ގެ އިންތިހާބާ ކާމިޔާބު ކުރެއްވި ރައީސް އަބްދުالله ޔާމީނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox