އައިއެސްގެ ލީޑަރު މަރުވެއްޖެ

އައިއެސްގެ ލީޑަރު މަރުވީ ސީރިއާގައި. -- ފޮޓޯ: އޭއެފްޕީ

އައިއެސްގެ ލީޑަރު މަރުވީ ސީރިއާގައި. -- ފޮޓޯ: އޭއެފްޕީ

ބެއިރޫތު، ލުބްނާން (އޯގަސްޓް 4) - އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުގެ ލީޑަރު އަބޫ އަލް ހުސެއިން އަލް ހުސެއިނީ އަލް ގުރައިޝީ މަރުވެފައިވާ ކަމަށް އިއުލާންކޮށްފި އެވެ.

ބުރާސްފަތި ދުވަހު އައިއެސްގެ ޓެލެގްރާމް ޗެނަލެއްގައި އާއްމުކުރި މެސެޖެއްގައި ބުނީ ލީޑަރު މަރުވީ ސީރިއާގެ ހުޅަނގު އުތުރުގައި ހަމަލާ ބަދަލުކުރުންތަކެއްގެ ތެރޭގައި ކަމަށެވެ.

ހަމަލާ ބަދަލުކުރީ އައިއެސް އާއި އެހެން ޓެރަރިސްޓް ގްރޫޕެއް ކަމުގައިވާ ހާޔަތު ތަހްރީރް އަލް ޝާމްއާ ދެމެދުގަ އެވެ. އޭނާ މަރުވީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރެ އެވެ.

އައިއެސްގެ އާ ލީޑަރެއްގެ ގޮތުގައި އިއުލާންކުރީ އަބޫ ހަފްސް އަލް ހާޝިމީ އަލް ގުރައިޝީ އެވެ. އޭނާއަކީ އެ ގްރޫޕު އުފެދުނު ފަހުން ހޮވި ފަސް ވަނަ ލީޑަރެވެ.

މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ އެ ގައުމުގެ ޖާސޫސީ އިދާރާއިން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ލީޑަރު މަރާލާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނާ ގުޅޭ ފޮޓޯތަކެއް ވެސް ތުރުކީގެ ނޫސްތަކުން އާއްމުކުރި އެވެ.

އެހެން ނަމަވެސް، ބުރާސްފަތި ދުވަހު އެކަން ދޮގުކޮށް، އައިއެސްއިން ބުނީ ލީޑަރު މަރުވީ ހާޔަތު ތަހްރީރް އަލް ޝާމްގެ ހަނގުރާމަވެރިން ކަމަށާއި އެއަށްފަހު އޭނާގެ ހަށިގަނޑު ތުރުކީއާ ހަވާލުކުރި ކަމަށެވެ.

ހާޔަތު ތަހްރީރް އަލް ޝާމްއިން އައިއެސްއަށް ޓާގެޓު ކުރާ ކަމަށް މީގެ ކުރިން ބުނެފައެއް ނުވެ އެވެ. އައިއެސްއިން ތުހުމަތު ކުރަނީ އެ ގްރޫޕުން ތުރުކީގެ މަސްލަހަތަށް މަސައްކަަތް ކުރާ ކަމަށެވެ.

ހާޔަތު ތަހްރީރް އަލް ޝާމްއަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ކަނޑައަޅާފައިވެ އެވެ.

އިރާގާއި ސީރިއާގައި 2014 ވަނަ އަހަރު ފެތުރުނު އައިއެސްއިން ހަނގުރާމައިގައި ބަލިވީ 2017 ގަ އެވެ. އެކަމަކު އެ ގްރޫޕްގެ ހަރަކާތްތައް އަދިވެސް ކުރިއަށް ގެންދެ އެވެ.

އައިއެސްގެ ކުރީގެ ލީޑަރު އަބޫ ހަސަން އަލް ހާޝިމީ އަލް ގުރައިޝީ މަރުވިކަން އިއުލާން ކުރީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

އޭގެ ކުރިން ލީޑަރަކަށް ހުރި އަބޫ އިބްރާހިމް އަލް ގުރައިޝީ މަރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ ގްރޫޕްގެ ފުރަތަމަ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ މަރާލީ އޮކްޓޯބަރު 2019 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox