ރައީސް އަދިވެސް ހުންނެވީ ގާސިމާއި މައުމޫނަށް މަރުހަބާ ވިދާޅުވާން!

ރައީސް އިބްރާހިމް މުހައްމަދު މިއަދު ހދ. ހަނިމާދޫގައި މީޑިއާއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު މިއަދު ހދ. ހަނިމާދޫގައި މީޑިއާއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދެހާސްއަށާރަވަނަ އަހަރު އުފެއްދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބައިވެރިވި ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް އަދި އިތުރު ފަސް އަހަރު އެކުގައި ތިބެގެން މަސައްކަތް ކުރަން އެދޭ ކަމަށާއި އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމަދޫއަށް ވަޑައިގެން މީޑިއާއާ ބައްދަލުކުރެއްވި އެވެ. "އަދަދު" ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި، ވިދާޅުވީ އަދިވެސް ހުންނެވީ ޖޭޕީއާއި އެމްއާރުއެމަށް މަރުހަބާ ވިދާޅުވާ ގޮތަށް ކަމަށެވެ.

"މިހާރު އަޅުގަނޑު ހިތުން ގިނަ ޕާޓީތައް ނުކުންނަން ތިބީ، އެކަމަކު އަޅުގަނޑު ހަމަ އޯޕަން، ފައިނަލް ޑިޒިޝަން ނަގާނީ މާދަމާ، އެހާތަނަށް އަޅުގަނޑުމެން ތިބޭނަން، އަޅުގަނޑުމެން ވެލްކަމް (މަރުހަބާ) ކިޔަން މި ތިބީ [ސަރުކާރު ޕާޓީތައް] ހިމެނޭހެން ހުރިހާ ޕާޓީތަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ގިނަ ސިޔާސީ ލީޑަރުން ވިސްނަވާނެ ކަމަށެވެ. ގިނަ ރައްޔިތުން ތިބީ މި ސަރުކާރުގެ ސިޔާސަތުތަކާއެކު އުފެދިފައިވާ އަމާން މާހައުލާއެކު، ސަރުކާރުން ހިންގާ މަޝްރޫއުތަކާއެކު ކުރިއަށް ދިޔުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒިންމާދާރު ސިޔާސީ ބޭފުޅުން، ލީޑަރުން، ފައިނަލް ޑިޒިޝަން ނަންގަވާއިރު، މި ހުރިހާ ކަމަކަށް ވިސްނަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލުގައި މިއަދު ރައީސް ސޯލިހަށް ތާއީދުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ. ނަމަވެސް ކައުންސިލުން ފާސްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެ ޕާޓީން ވާދަކުރަން ނިންމުމަށެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

އެމްއާރުއެމުން ވެސް ނިންމާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވާދަކުރެއްވުމަށެވެ. އެމްއާރުއެމް އުވާލަން ނިންމާފައިވާ މައްސަލަ ކޯޓުގައި އޮތުމުން، ފާރިސް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް 1،500 ސޮއި ވެސް ހަމަކޮށްފަ އެވެ.

މީގެ އިތުރަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވާދަކުރައްވާނެ ކަން ވަނީ އިއުލާންކުރައްވައިފަ އެވެ.

މިހާރު އޮތް ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް، އަންނަ ރިޔާސީ އިންތިހާބަށް ވެސް ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކޮށް ރައީސްއާއެކު ކެމްޕެއިންތަކުގައި ބައިވެރިވަނީ އަދާލަތު ޕާޓީ އެކަންޏެވެ. އޭގެ އިތުރަށް، ކުރިން ކޯލިޝަނުގައި ނެތް އެމްޑީއޭއިން ވަނީ މި ފަހަރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެއްބަސްވެފަ އެވެ.

މިއަދު މީޑިއާއާ ރައީސް ބައްދަލު ކުރެއްވި އިރު ވެސް އެންމެ އަރިހުގައި ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ރައީސްގެ ރަނިން މޭޓާއި ކެންޑިޑެސީ ފޯމުގެ ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، އެމަނިކުފާނު ވިދާޅުވީ މިރޭ، ނޫނީ މާދަމާ، ނުވަތަ ހުކުރު ދުވަހު އެ ކަން އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން ހުކުރު ދުވަހު ފޯމު ހުށަހެޅޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހޯމަ ދުވަހަށް ހަމަވާއިރު، އަދި އަޅުގަނޑުމެންނަށް ޖަވާބު ދޭން މި އޮންނަނީ 48 ގަޑިއިރު، އޭރަށް ފޯމުގައި މައްސަލައެއް އުޅެންޏާ އަލުން ފޯމު ލާން ޖާގައެއް ދޭން ޖެހޭނެތީއާ އެކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ބަލަނީ، މާދަމާ ނޫނީ، އެންމެ ލަސްވެގެން ހުކުރު ދުވަހު ހުށަހެޅުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ފޯމު އަދި ހުށަހެޅީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން ކެންޑިޑެސީ ބަލައިނުގަތް މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox