ރައީސްގެ އަރިހުގައި ނައިބު ރައީސް ވެސް މިއަދު ފުވައްމުލަކަށް

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް މިއަދު ކުރައްވާ ދަތުރުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

މި ދަތުރުގައި ފައިސަލް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައެއް ނެތެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "އަދަދު" ނޫހަށް ވިދާޅުވީ ނައިބު ރައީސް ފައިސަލްގެ އުފަން ރަށަށް ރައީސް ސޯލިހު މިއަދު ހަވީރު ވަޑައިގަންނަވާއިރު، އަރިހުގައި މިހާރު ފައިސަލް ވެސް ވަޑައިގަންނަވާ ކަމަށެވެ.

Advertisement

"ކުރިން އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް އޮތީ. މިހާރު ރައީސް އަރިހުގައި ވަޑައިގަންނަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ސޯލިހު ފުވައްމުލަކަށް ކުރިން ތާވަލު ކޮށްފައި އޮތީ އިއްޔެ އެވެ. އެ ދަތުރު ފަސްކުރި ސަބަބެއް ރައީސް އޮފީހުން ނުބި ނަމަވެސް، މި ރަށާއި ދެކުނުގެ އަތޮޅުތަކަށް އިއްޔެ މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް މިއަދު މިރަށަށް މޫސުން ރަނގަޅެވެ.

ރައީސް ސޯލިހު ކެމްޕޭނުގައި ފުވައްމުލަކަށް ވަޑައިގަންނަވާއިރު، ނައިބު ރާއިސްގެ އިތުރުން ކޯލިޝަންގެ ޕާޓްނަރުން ކަމުގައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާއިރު، ރަނިންމޭޓެއް އަދި ކަނޑަނާޅުއްވަ އެވެ. ނަމަވެސް، ފައިސަލް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ފައިސަލަކީ އާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ނައިބު ރައީސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox