ޔުނައިޓެޑުން ފާރަލި ހޮއިލުންޑަށް ޕީއެސްޖީން ބިޑް ކުރަނީ

Jul 28, 2023, 10:50 AM
ޔުނައިޓެޑުން ފާރަލި ހޮއިލުންޑަށް ޕީއެސްޖީން ބިޑް ކުރަނީ

ޕެރިސް (ޖުލައި 28) - އިޓަލީގެ އެޓަލަންޓާ އަށް ކުޅެމުން އަންނަ ޑެންމާކްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް އަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނަނިކޮށް، ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީން އޭނާ އަށް ބިޑް ކުރަން ތައްޔާރުވެއްޖެ އެވެ.

ޑެންމާކްގެ ކޯޕެންހާގެން އަށް ކުޅުމަށް ފަހު، އޮސްޓްރިއާގެ ސްޓުމް ގްރާޒް އަށް ފަހުން ބަދަލުވި، ހޮއިލުންޑް، 20، އެޓަލަންޓާ އަށް ސޮއިކުރީ މިދިޔަ އަހަރު 20 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އެޓަލަންޓާގައި މިދިޔަ ސީޒަނުގައި ދެއްކި މޮޅުކުޅުމުގެ އިތުރުން ޑެންމާކްގެ ގައުމީ ޓީމުގައި ވެސް ހޮއިލުންޑްގެ ވިދުން ގަދަވުމާ އެކު، އޭނާ އަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރި ޓީމުތަކުގެ ތެރޭގައި ޔުނައިޓެޑް ހިމެނެ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެންމެ ބޮޑަށް ބޭނުންވަނީ ސްޓްރައިކަރެކެވެ. އެ ގޮތުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން އަށް ފުރަތަމަ ޓާގެޓް ކުރި ނަމަވެސް ފަހުން، މުޅިން ކަހަލަ ގޮތަކަށް ޔުނައިޓެޑުން ވިސްނުން ބެހެއްޓީ ހޮއިލުންޑް ހޯދާށެވެ.

ހޮއިލުންޑްގެ ސޮއި ހޯދުމަށް ޔުނައިޓެޑަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޓަލަންޓާ އިން އޭނާ ވިއްކާލަން ކިޔާ އަގު ބޮޑުވުމެވެ. އެޓަަލަންޓާ އިން ހޮއިލުންޑް ވިއްކަން ބޭނުންވަނީ މަދުވެގެން 60 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އެ ވަރުގެ ފީއެއް ދޭން އަދި ޔުނައިޓެޑުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސައި ޕީއެސްޖީން ބަދަލުތަކަކާ ދިމާލަށް ދާން އަމާޒުހިފާފައިވާއިރު، އެ ޓީމަށް ފޯވާޑެއް ވަނީ ބޭނުންވެފަ އެވެ. ކީލިއަން އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އެ ތަނަށް ޕީއެސްޖީން ދެން ވެސް ބޭނުންވަނީ ޒުވާން ފޯވާޑެއް ހޯދާށެވެ، އެންރީކޭ ބޭނުންވާ ޕްރޮފައިލަށް ފިޓްވަނީ ހޮއިލުންޑް ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެހެންވެ، ޕީއެސްޖީން ކުރިއަށް އޮތް ދުވަސްތަކުގައި ހޮއިލުންޑް އަށް ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox