ހޮޑުލެވެންޏާ ރައްކާތެރިކަމުގެ މި ފިޔަަވަޅުތައް އަޅުއްވާ

ހޮޑުލެވެންޏާ ރައްކާތެރިކަމުގެ މި ފިޔަަވަޅުތައް އަޅުއްވާ

ބައިބޯ، ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރި ރަށް މާލޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުގެ އެމަޖެންސީއަށް ބަލިވެގެން ގެންދާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން ބުނީ ރެއިން ފެށިގެން ހުއްޓުމެއް ނެތި އެ ހޮސްޕިޓަލަށް މީހުން އަންނަމުންދާ ކަމަށެވެ. އޭގެ އިތުރުން އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ވެސް އޮތީ ބަލި މީހުންނާއެކު ތޮއްޖެހިފަ އެވެ.

ގިނަ މީހުން އަންނަނީ ހޮޑުލެވޭތީ އެވެ. ބައެއް މީހުންނަށް ބޮޑުކަމުދެވޭ ކަމަށް ވެސް އޭޑީކޭއިން ބުނެ އެވެ. ސީދާ ނަމްބަރެއް ނުދެވުނު ނަމަވެސް، އާދަޔާ ހިލާފަށް ގިނަ މީހުން ބަލިވެގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކަމަށް އޭޑީކޭއިން ބުނެ އެވެ.

މާލޭގައި ކުއްލިއަކަށް ގިނަ އަދދެއްގެ މީހުން ބަލިވާން ފެށުމުން ގިނަ ބަޔަކު އެކަން ގުޅުވަނީ، މިނިވަން ދުވަސް ފާހަގަ ކުރަން އިއްޔެ އާއި ރޭ މާލޭގައި ބޭއްވި ކުޅިވަރު ބަލަން އާންމުން ހަރަކާތްތެރިވި ވަގުތާ އެވެ.

ބަލިމަޑުކަމުގެ ސީދާ ސަބަބު ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެއިރުން، ދިމާވެގެން އުޅޭ ކަންތަކަށް ސީދާ ފިޔަވަޅު އަޅަން އެނގޭނެ އެވެ. އެކަމަކު އޭގެ ކުރިން ވެސް ރައްކާތެރިވުމުގެ ގޮތުން ބައެއް ކަންކަން ކުރެވިދާނެ އެވެ.

ނޯރޯވައިރަސް

ބައްޔެއް ޖެހިގެން ނޫން ގޮތަށް އާންމުކޮށް ހޮޑުލެވެނީ ބަނޑަށް ޖެހޭ ޖަރާސީމެއްގެ ސަބަބުންނެވެ. އޭގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުން، ހޮޑުލެވުން އަދި ބޭރަށް ހިންގުން ހިމެނެ އެވެ. އަދި އަތާއި ފައިގައި ރިއްސުމާއި ބޮލަށް ތަދުވުމާއި ހުން އައުން ވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ފެތުރޭ ގޮތް

ނޯރޯވައިރަސް ނުވަތަ ސްޓަމަކް ބަގްއަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ބަލިޖެހެން މެދުވެރިވާ މައިގަނޑު ދެތިން ސަބަބެއް އޮވެދާނެ އެވެ.

  • ބަލި މީހެއްގެ ފަރާތުން
  • ވައިރަސް ހުރި ތަނެއްގެ އަތްލުމަށްފަހު އަނގައިގައި އަތްލެވުން
  • ވައިރަސް ހުރި މީހަކު ތައްޔާރުކޮށްފައި ހުންނަ ކާނާ ކެއުން

ނޯރޯވައިރަސްއިން ސަލާމަތްވާނެ އެންމެ މޮޅު ގޮތަކީ ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަލްކަހޯލް އަޅާފައި ހުންނަ ހޭންޑް ސެނިޓަައިޒާސް އިން އެ ވައިރަސް މަރުނުވާ ކަމަށްވެ އެވެ.

ގޭގައި ކުރެވިދާނެ ފަރުވާ

ބަނޑަށްޖެހޭ މި ޖަރާސީމަކީ މާ ނުރައްކާތެރި ޖަރާސީމެއް ނޫނެވެ. އަދި ގޭގައި ވެސް މި ބައްޔަށް ފަރުވާ ހޯދިދާނެ އެވެ. އެންމެ މުހިންމު ކަމަކީ ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމެވެ. އެފަދަ ބައްޔެއް ޖެހިގެން އުޅޭއިރު ހަށިގަނޑުން ފެން މަދުވުމަކީ މައްސަލައަކަށް ވާނެ އެވެ. އަދި އަރާމު ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް

ހޮޑުލެވެންޏާ ރައްކާތެރިކަމުގެ އިތުރު އެހެން ފިޔަވަޅުތައް ވެސް އެޅުން މުހިންމެވެ. އަދި ހޮޑުލެވިފައި ހުރި ތަނެއް ސާފު ކުރާއިރު ވެސް ސަމާލުވާންޖެހެ އެވެ. އެގޮތުން ތިރީގައި ލިޔެފައި މި ހުރި ފިޔަވަޅުތައް އެޅުން މުހިންމެވެ.

  • ހަޑިވެފައި ހުރި ހިސާބު ވީ އެންމެ އަވަހަކަށް ސާފު ކުރުން
  • ސަރަހައްދުން މީހުން ދުރު ކުރުން
  • ސާފު ކުރާއިރު މާސްކާއި އަންގި އެޅުން
  • ހޮޑު ސާފު ކުރަން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތި ބޭނުން ކުރުން
  • ހޮޑުލެވުނު ތަނުގެ ކައިރީގައި ކާބޯތަކެތި ހުރި ނަމަ އެ ތަކެތި އުކާލުން

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox