ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ރާއްޖެ ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށް

Jul 27, 2023, 7:47 AM
މިދިޔަ މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރަން ޖެހިއްޖެ އެވެ.

ކޮލިފައިން ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ގޮތުން، މާލޭގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ 12 އޮކްޓޫބަރުގައި ރާއްޖޭގަ އެވެ. އަދި ދެ ވަނަ ލެގު 17 އޮކްޓޫބަރުގައި ބަންގްލަދޭޝްގައި ކުޅޭނެ އެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅެގެން މޮޅުވާ ޓީމެއް ހޮވޭނީ ކޮލިފައިން ގްރޫޕް ސްޓޭޖަށެވެ. އެ ގޮތުން، ރާއްޖެ އާއި ބަންގްލަދޭޝް މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ އޮސްޓްރޭލިއާ އާއި ލެބަނަން އަދި ފަަލަސްތީނާ އެއް ގްރޫޕެއްގަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ބަންގްލަދޭޝް ދެ މެޗުން އަދި ރާއްޖެ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި، ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ރާއްޖޭން ވަނީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އޭގެ އެއް މަސް ފަހުން، ނޮވެމްބަރު މަހުގައި ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެއީ، 18 އަހަރު ތެރޭ ބަންގްލަދޭޝަށް ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ ކޯޗަކަށް ހުރީ ފްރެންޗެސްކޯ މޮރިއޭރޯ އެވެ. އަދި ބަންގްލަދޭޝްގެ ކޯޗަކަށް ހުރީ މާރިއޯ ލެމޯސް އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި 2022 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމު ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު، މޮރިއޭރޯ ހުއްޓައި، މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެ އަތުން 3-1 އިން މޮޅުވެފަ އެވެ. މިއީ، 2003 ވަނަ އަހަރުގެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ނުކުންނާނީ ސުޒޭންގެ ކޯޗުކަމުގަ އެވެ. ބަންގްލަދޭޝް އިން އެންމެ ފަހުން ދެ ފަހަރު ވެސް ރާއްޖެއާ ކުޅުނުއިރު ކޯޗަކީ، ހަވިއޭ ކަބްރޭރާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox