ރާއްޖެ ފަހަތަށް ޖައްސާލައި ބަންގްލަދޭޝް ކޮލިފައިން ގްރޫޕް ސްޓޭޖަށް

Oct 17, 2023, 1:58 PM
ރާއްޖެ ފަހަތަށް ޖައްސާލައި ބަންގްލަދޭޝް ކޮލިފައިން ގްރޫޕް ސްޓޭޖަށް

ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި 2-1 އިން ރާއްޖެ ބަލިކޮށް ބަންގްލަދޭޝް އިން ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

ދެ ލެގަށް ބަލާއިރު ބަންގްލަދޭޝް އަށް ކުރި ލިބުނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އިން ކުޅެން ޖެހޭނީ އޮސްޓްރޭލިއާ އާއި ލެބަނަން އަދި ފަލަސްތީނާ އެވެ.

ރާއްޖޭން މިއަދުގެ މެޗަށް ވެސް ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ބަންގްލަދޭޝާ 1-1 އިން އެއްވަރުވި ފުރަތަމަ ލެގުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އެވެ. ބަންގްލަދޭޝް އިން ވަނީ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން، އެ ޓީމަށް މާލޭގައި ކުޅުނު މެޗުގައި ލަނޑު ޖަހައިިދިން ސާދްއުއްދީން ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްގެ ދަނޑު، ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ރާއްޖެ އަށް ގޯލެއް ޖަހަން ފުރުސަތެއް ލިބުނެވެ. ބަންގްލަދޭޝްގެ އޭރިއާތެެރެއިން ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ބޯޅަ އޭނާ އަށް ފޮނުވާނުލެވުނީ، ކުރިމަތީގައި ހުރި ބަންގްލަދޭޝްގެ ޑިފެންޑަރުން ބްލޮކްކުރުމުންނެވެ.

މެޗުގެ 11 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ހުސްކޮށް އަރައި ރަކީބް ހުސެއިން ޖެހި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. އޭގެ ފަހުން، ލީޑުފުޅާކުރަން ރަކީބް އަށް ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ރާއްޖޭގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) ބޮލުގައި ޖެހިފައި ރަކީބަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ލިބުނު ފުރުސަތުގައި ރަކީބް ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ރާއްޖެ އަށް އެއްވަރުކޮށްދޭން ފުރަތަމަ ފުރުސަތު ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. އެ ގޮތުން، އަރިމަތިން ހަމްޕު އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ހަމްޕު ފޮނުވާލި ޝޮޓް ވަނީ ބްލޮކްވެފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓްގައި އައިސަމް އިބްރާހިމް އެވެ. ކޯނަރެއްގައި ހަމްޕު ނެގި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބަންގްލަދޭޝްގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ދިޔަ ބޯޅަ ހޯދައި، އައިސަމް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭ ބަންގްލަދޭޝް އިން އަލުން ލީޑުނެގި އެވެ. މިއީ ސާދު ޖެހި ޝޮޓެއް ރާއްޖޭގެ ކީޕަރު ހުސެއިން އޭރިއާތެރެއަށް ޕަންޗުކޮށްލި ބޯޅަ ހޯދައި، އެމްޑީ އަހުމަދު ފަހީމް ޖެހި ގޯލެކެވެ. ހުސެއިން އަތުން ޖައްސާލި ބޯޅަ ބަންގްލަދޭޝްގެ އެމްޑީ ސޮހޭލް ރާނާ ފައިގައި ޖެހިފައި ލިބުމުން ފަހީމް ވަނީ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ގޯލު ރޮނގުމަތީގައި ހުރި ރާއްޖޭގެ ޑިފެންޑަރު، ހެލްމެޓް ފައި ކައިރިން ގޮހެވެ.

ބަންގްލަދޭޝް އިން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 60 ވަނަ މިނިޓްގައި އެ ޓީމުގެ އެމްޑީ ސޮހޭލް ރާނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ރާއްޖޭގެ ހައިޝަމް ހަސަން (ބިޑި) އަށް ކުރި ފައުލަކަށެވެ.

ބަންގްލަދޭޝްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ރާއްޖޭން ކުރިއަށް ޖެހި ދެ ވަނަ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި އެވެ. އެ ގޮތުން، އޭރިއާބޭރުން އައިސަމް ޖެހި ބޯޅަ އަމާޒުވީ ކީޕަރު މިތުލް އަތަށެވެ. މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ހަސަން ނަޒީމް (ޗޯޓު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފުނެވެ.

ރާއްޖޭން ވެސް މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ރާއްޖޭގެ ފަހަތަށް ކުޅެމުން ދިޔަ އަހުނަފް ރަޝީދު (އަހުއްކޮ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

މިއީ، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުން ރާއްޖެ މި ފަހުން ކެޓި ފުރަތަމަ ފަހަރެެވެ. އެންމެ ފަހުން ރާއްޖެ، ޕްރިލިމިނަރީ ބުރުން ކެޓީ 2007 ވަނަ އަހަރު އެވެ. އެއީ، 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި، އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 އިން މޮޅުވި ނަމަވެސް، ޔަމަން ދަނޑުގައި ކުޅުނު ލެގުން، ރާއްޖެ ވަނީ 3-0 އިން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox