އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު އެމްއާރުއެމް އިން ގަބޫލުނުކުރި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެމްއާރުއެމް އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު އެމްއާރުއެމް އިން ގަބޫލުނުކުރި - ފޮޓޯ: ސަން ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެމްއާރުއެމް އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު އެމްއާރުއެމް އިން ގަބޫލުނުކުރި - ފޮޓޯ: ސަން ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކުރަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމުން ނިންމައިފި އެވެ.

އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެ ޕާޓީން އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންކަން އެ ޕާޓީގެ އެކްސްކޯގައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން ނިންމާފައިވާ ކަމަށެވެ.

"މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި އޮތް އެމްއާރުއެމުން ބުނި ގޮތުގައި މޭ މަހު ބޭއްވި ރަސްމީ ބައްދަލުވުމުގެ އިތުރުންވެސް އެމްޑީޕީއާއެކު ނުރަސްމީ ގިނަ ބައްދަލުވުންތަކެއް އެ ޕާޓީން ބޭއްވި އެވެ. ނަމަވެސް ރައީސްގެ ދައުވަތަށް ޝުކުރު ދެންނެވުން ފިޔަވާ ޕާޓީގެ ނިންމުމާމެދު އިތުރު ތަފުސީލެއް ނުވަތަ ސަބަބެއް އެމްއާރު އެމުން ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް އެމްއާރުއެމުން ވަނީ މި މަހުގެ 25 ގައި ޕްރައިމަރީ ވެސް އިއުލާނުކޮށްފަ އެވެ. އެ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވާއިރު، ގާނޫން ލާޒިމުކުރާ މެންބަރުންގެ އަދަދު ހަމަނުވެގެން އީސީއިން އެ ޕާޓީ އުވާލަން ނިންމި ނިންމުން މިހާރު އޮތީ ކޯޓުގަ އެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"އެމްއާރުއެމް އިން އެބަވޭ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ، އެހެންވީމަ ދެން ކޯޓުން ގޮތެއް ނުނިމެނީސް [ރިޔާސީ ކެންޑިޑޭޓަކަށް] ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ މިވަގުތު ބުނަން ދަތި،" އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވާދަކުރަން ސޮއިހަމަކުރަމުންދާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ. އަދި، އެ ޕާޓީން ވަނީ ޖޭޕީ އިސްވެ އޮންނަ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތަކެއްވެސް އެ ޕާޓީއާއެކު ފަށާފަ އެވެ.

ޖޭޕީއަކީ ރައީސް ސޯލިހުގެ ކޯލިޝަން ދައުވަތު ގަބޫލުނުކުރި ދެވަނަ ޕާޓީ އެވެ. ރައީސް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީއަށް ފޮނުވި އެ ދައުވަތު ގަބޫލުކުރީ އަދާލަތުން އެކަންޏެވެ. ދެން ރައީސާއެކެ ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއިންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ އޮގަސްޓު ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox