ޕީޕީއެމާއި ޑިމޮކްރަޓްސް އިން ކުރަމުން ދިޔަ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި ހުއްޓުމަކަށް!

ޑިމޮކްރެޓްސްގެ މަސައްކަތުގައި އިސްވެ އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް (ވ) : އެ ދެ ޕާޓީން ކުރަމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓާލާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑިމޮކްރެޓްސްގެ މަސައްކަތުގައި އިސްވެ އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް (ވ) : އެ ދެ ޕާޓީން ކުރަމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓާލާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސް އާއެކު ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލައިފި އެވެ.

އެ ދެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލިކަން އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

"އަޅުގަނޑުމެންވެސް މިދަނީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުން، އެބޭފުޅުންވެސް އެގެންދަވަނީ ކެމްޕޭން ކުރަމުން، އަޅުގަނޑުމެން މިވަގުތު ބޭނުންވަނީ ކެމްޕޭނަށް ވަގުތުދޭން" އަބްދުލްރަހީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އެޕާޓީގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި 'ކޮމަން' ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ފުރަތަމަ ހުށަހެޅުއްވީވެސް ދަ ޑިމޮކްރެޓްސްގެ ނަޝީދެވެ. އެއަށްފަހު މި މަހު 19 ގައި އެމަނިކުފާނާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައްދަލުކުރައްވައި، ޕީޕީއެމް ރުހޭނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވި އެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމުން އެ ޕާޓީތަކަށް ރައްދުދީ ބުނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދިނުމަށް އޮންނަ އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ޕާޓީން އެދެނީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކީ ޔާމީން ކަމަށް ކަނޑައެޅުމަށް ކަމަށެވެ.

އެއަށްފަހު މި މަހުގެ 23 ގައި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ، "އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުން ޕީޕީއެމްގެ ފަހަތަކަށް ނާރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި، ރޭ ގެނެސްދިން 'އެތެރެފުށް' ޕްރޮގްރާމުގައި އެމްއެންޕީ ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްވެސް ވަނީ ޕީޕީއެމްއާއެކު ކޯލިޝަނަކަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox