މިއަދު ރާއްޖޭގެ މިނިވަންކަމުގެ ރަމްޒަކީ ހުރިހާ ގައުމުތަކާއެކު އޮތް ސުލްހަވެރި ގުޅުން: އިމްރާން

 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ  ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ : ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަންކަމުގެ ރަމްޒަކީ ހުރިހާ ގައުމުތަކާއެކު އޮތް ސުލްހަވެރި ގުޅުން ކަމަށް - ފޮޓޯ: ހޯމް މިނިސްޓްރީ

59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ : ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަންކަމުގެ ރަމްޒަކީ ހުރިހާ ގައުމުތަކާއެކު އޮތް ސުލްހަވެރި ގުޅުން ކަމަށް - ފޮޓޯ: ހޯމް މިނިސްޓްރީ

މިއަދު ރާއްޖޭގެ މިނިވަންކަމުގެ ރަމްޒަކީ ސަރުކާރުން ބޭރުގެ ހުރިހާ ގައުމުތަކާއެކު ބާއްވާ ސުލްހަވެރި ގުޅުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުން ކަމަށެވެ.

"[އެކަން] އިހުސާސްކުރެވި [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލްހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު،" އިމްރާން ވިދާޅުވި އެވެ.

އަދި، އެ ގުޅުންތައް އެގޮތުގައި ދެމިއޮންނަނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތެއް ކަނޑައެޅި އެ ސިޔާސަތު ދެމެހެއްޓުމުގެ ޒިންމާ ނަންގަވާ ބޭފުޅުންގެ ޝަރަފުވެރި މަސައްކަތުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގަ ދެން އަލިއަޅުއްވާލީ މި ޒަމާނުގައި ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކާތަކަށެވެ. އެގޮތުން ދިވެހިން ބައިބައިކުރުވަނިވި ފިކުރުތަކުން، ހާއްސަކޮށް ދީނީ ހަރުކަށި ފިކުރާއި ދީނާ ދެކޮޅު ފިކުރުތަކުން ދުރުވުމަކީ ހުރިހާ ދިވެހިން ގުޅިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"މި ކުޑަކުޑަ ރާއްޖެ އަމާންކަމާ އޮމާންކަންމަތީ ދެމިގެންދާގޮތް މެދުވެރިކުރުމަކީ އަޅުގަނޑުމެން އެންމެން އެކުގައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް،" އިމްރާން ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން ނުދިޔަ ނަމަވެސް މި އަހަރު ސަރުކާރުން ވަނީ މިނިވަންދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާވާފަ އެވެ. އެގޮތުން ހެވިކަމުގެ ކުޅިވަރުތަކާއި، ޕެރޭޑާއި، ފުޅަނދުބުރުގެ އިތުރުން ހުޅުމާލެ ބަލަހައްޓާ އާބަންކޯއާ ގުޅިގެން "މިނިވަން އުފާ" ގެ ނަމުގައި އެ ރަށުގެ ސެންޓްރަލް ޕާކުގައި އަށްޑުވަހަށް ދެމިގެންދާ ކާނިވަލެއް ބޭއްވުމަށް ވަނި ހަމަޖެހިފަ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ޖުލައި 26، 1965 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox