އުވާލަން ނިންމާފައި އޮތް އެމްއާރްއެމުން ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއަށް ހުޅުވާލައިފި

އެމްއާރްއެމްގެ މެންބަރުން; ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ވަނީ ހުޅުވާލާފައި

އެމްއާރްއެމްގެ މެންބަރުން; ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ވަނީ ހުޅުވާލާފައި

މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެމްއާރްއެމްގެ ޕްރައިމަރީ އިއުލާންކޮށްފައި މި ވަނީ, އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫނު ރިޔާސީ އިންތިހާބަށް ކުރިމަތިލާކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެމްއާރްއެމުން ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހެވެ.

އެމްއާރްއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ, ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރުވުން, ޕާޓީގެ އިގުރާރުގައި ސޮއިކޮށް ހުށަހެޅުން އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުމެވެ.

Advertisement

އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅަންޖެހެނީ އެމްއާރްއެމްގެ ޓިކެޓުގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމެވެ. އެ ޕާޓީން ބުނިގޮތުގައި ޕްރައިމަރީ ބާއްވާނީ އަންނަ ހޯމަ ދުވަހު އެވެ. އަދި ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށެވެ.

އެމްއާރްއެމުން ޕްރައިމަރީ އިއުލާނުކޮށްފައި ވާއިރު, އެ ޕާޓީން ވަނީ މިއަދު ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށް, ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފަ އެވެ.

އެމްއާރްއެމްގެ ފަރާތުން ވާދަކުރަން ނިންމާފައިވަނިކޮށް ޖޭޕީއާއެކު މަޝްވަރާ ފެށުމާ ގުޅޭގޮތުން ސުވާލުކުރުމުން ފާރިސް ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް, އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަކި އެނައުންސްމަންޓެއް އަދި ހަދާފައެއް ނުވާނެ. އެކަމަކު އެއީ ގާނޫނީ ވަގުތުތަކެއް ކަނޑައެޅިފައިވާ މަސައްކަތަކަށްވާތީވެ, އަޅުގަނޑުމެން ވެސް ތައްޔާރީތައްވުމުގެ ގޮތުން ބައެއް މަސައްކަތްތައް އެބަ ކުރަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ފާހަގަ ކުރެއްވި ގޮތުގައި, މިއަދު ޖޭޕީއާއެކު ކުރި މަޝްވަރާތަކުގައި ވަރަށް އުއްމީދީ މަންޒަރެއް ފެނިގެން ހިނގައްޖެ އެވެ. އަދި, މިކަމުގައި ރަސްމީ އަދި ނުރަސްމީކޮށް ވެސް އިތުރު މަޝްވަރާތައް ކުރަން ނިންމާފައިވާ ކަން ފާރިސް ހާމަކުރެއްވި އެވެ.

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން، އުވާލުމަށް ނިންމާފައިވާ އެމްއާރުއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"އެމްއާރުއެމް އިން އެބަވޭ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ، އެހެންވީމަ ދެން ކޯޓުން ގޮތެއް ނުނިމެނީސް [ރިޔާސީ ކެންޑިޑޭޓަކަށް] ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ މިވަގުތު ބުނަން ދަތި،" އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ. އެ އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ. އެ އަމުރު މުރާޖައާ ކުރުމަށް އެދި އީސީއިން ދެފަހަރެއްގެ މަތިން ހުށަހެޅުމުންވެސް ކޯޓުން ނިންމީ މުރާޖައާ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox