ޕީއެސްޖީން ބުނާ އަގުދީފައި އެމްބާޕޭ ގަންނަން އަލް-ހިލާލް އިން ތައްޔާރު

Jul 24, 2023, 8:02 PM
ޕީއެސްޖީން ބުނާ އަގުދީފައި އެމްބާޕޭ ގަންނަން އަލް-ހިލާލް އިން ތައްޔާރު

ޕެރިސް (ޖުލައި 25) - ކޮންޓްރެކްޓް އާ ކުރަން ދެކޮޅު ހަދަމުން އަންނަ ޕީއެސްޖީގެ ފޯވާޑް، ކީލިއަން އެމްބާޕޭ ވިއްކާލަން އެ ކްލަބުން ކިޔާ އަގުގައި އެ ޑީލް ކުރިއަށްގެންދަން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް-ހިލާލް އިން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އެ އެއްބަސްވުން އާ ނުކުރާތީ، ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން އޮތީ ނިންމައިފަ އެވެ. އެއީ، އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން، އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލުމުގެ ފުރުސަތު އޮތުމުން، އެއްވެސް ފީއެއް ނުލިބި އެ ވަރުގެ ކުޅުންތެރިއަކު ގެއްލެން ބޭނުންނުވާތީ އެވެ.

އެހެންވެ، ޕީއެސްޖީން ވަކި ސަބަބެއް ހާމަކުރުމެއް ނެތި، އެ ޓީމުން ޕްރީ ސީޒަނަށް ނެގި ސްކޮޑުގައި އެމްބާޕޭ ނުހިމަނަ އެވެ. އެމްބާޕޭ ބަދަލުވާނެ ކަމަށް މީޑިއާގައި އެންމެ އަޑުފެތުރެެނީ ސްޕެއިނުގެ ގަދަބާރު، ރެއާލް މެޑްރިޑް އަށެވެ. އެކަމަކު، ކުއްލިއަކަށް އެ ރޭހުގެ ތެރެއަށް މި ވަނީ އަލް-ހިލާލް ވަދެފަ އެވެ.

Advertisement

ރިޕޯޓްތައް ބުނާގޮތުން އަލް-ހިލާލް އިން ވަނީ ރަސްމީކޮށް އެމްބާޕޭގެ ޓްރާންސްފާ ކަންތައްތައް މަޝްވަރާ ކުރަން ޕީއެސްޖީ އަށް ހުށަހަޅައިފަ އެވެ. އަދި ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ކިޔާ އަގު އުޅޭ ވަރަށް ބިޑް ކުރަން ވެސް އަލް-ހިލާލް އޮތީ ތައްޔާރަށެވެ. އެ ގޮތުން، އަލް-ހިލާލް އިން އެމްބާޕޭ އަށް 333 މިލިއަން ޑޮލަރުގެ ބިޑެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަލް-ހިލާލް އިން ވަނީ ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ މަޝްހޫރު ތިން ކުޅުންތެރިއަކުގެ ސޮއި ހޯދައިފަ އެވެ. އެ ގޮތުން އެ ޓީމުން ގެނައީ، ޗެލްސީގެ ޑިފެންޑަރު، ހަލީދޫ ކުލިބާލީ އާއި ވުލްވްސްގެ މިޑްފީލްޑަރު ރުބެން ނެވޭސް އަދި ލާޒިއޯގެ ސާގެއި މިލިންކޮވިޗް-ސަވިޗް އެވެ. ތިން ކުޅުންތެރިންނަށް އެކުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ވަނީ ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox