އާ ކޮންޓްރެކްޓުގައި ސޮއިކުރުވަން ޓޮޓެންހަމުން ކޭން އަށް އިންޒާރެއް!

Jul 25, 2023, 9:45 AM
އާ ކޮންޓްރެކްޓުގައި ސޮއިކުރުވަން ޓޮޓެންހަމުން ކޭން އަށް އިންޒާރެއް!

ލަންޑަން (ޖުލައި 25) - ޓޮޓެންހަމް ފޯވާޑް ހެރީ ކޭން އެކުލަބުގެ އާ ކޮންޓްރެކްޓްގައި ސޮއިނުކޮށްފި ނަމަ އޭނާ ވިއްކާލަން ޖެހިލުން ނުވާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަކީ މި ވަގުތު ޕްރިމިއާ ލީގުގައި ހުރި އެންމެ ވަރުގަދަ އެއް ފޯވާޑެވެ. އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ކޭން ބޭނުންވަނީ މިހާރު ބޮޑު މުސާރައެއް ލިބޭ ކުލަބަކަށް ބަދަލުވާށެވެ.

މުސާރައިގެ ގޮތުގައި މިހާރު ކޭން އަށް ހަފްތާ އަކު ދެ ލައްކަ ޕައުންޑް ލިބޭއިރު އޭނާ ބޭނުންވަނީ އޭނާ އަށް ކުލަބުން މިހާރު ހުށަހަޅާފައިވަނީ ހަފްތާއަކު ތިން ލައްކަ ޕައުންޑް ލިބޭ ކޮންޓްރެކްޓެެކެވެ. ނަމަވެސް ކޭން އާ ކޮންޓްރެކްޓްގައި ސޮއިކުރަން ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވަނީ އެހެން ކުލަބަކަށް ބަދަލުވާށެވެ.

ކޭން ހޯދުމަށް ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކާއި، ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސި ކުލަބު ޔުނައިޓެޑުން ޝައުގުވެރިވާކަމަށް ބެލެވެ އެވެ. މިހާތަނަށް އޭނާއަށް ބިޑުކޮށްފައިވަނީ ބަޔާން މިޔުނިކުން އެކަންޏެވެ.

29 އަހަރުގެ ފޯވާޑް ވިއްކާލަން ބޭނުން ނުވާކަމަށް ޓޮޓެންހަމުން މީގެ ކުރިން ބުނެފައިވީ ނަމަވެސް މިހާރު އެކުލަބުގެ ވިސްނުން އަންނަނީ ބަދަލުވަމުންނެވެ. ސަބަބަކީ މިހާރު އެކުލަބުން ކޭން ވިއްކާލައިފި ނަމަ ރަނގަޅު އަގެއް ލިބޭނެތީ އެވެ. އަންނަ އަހަރަށް މަޑުކޮށްފިނަމަ ކޭން އެކުލަބު ދޫކޮށްލާނީ ފްރީ ޓްރާންސްފާއެއްގަ އެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ އާ ކޮންޓްރެކްޓްގައި ސޮއިނުކޮށްފި ނަމަ ކޭން ވިއްކާލާނީ އެކުލަބުން ބޭނުންވާ ޓީމަކަށް ކަަމަށާއި، އެކަން މިހާރު ކޭންއަށް އަންގާފައިވާނެކަމަށެވެ. އާ ކޮންޓްރެކްޓްގައި ސޮއިނުކުރާނަމަ އަންނަ ސީޒަންގައި ޓޮޓެންހަމުން ކޭން ނުފެންނާނެކަމަށްވެސް ލެވީ ވަނީ ވިދާޅުވެފަ އެވެ.

ޖަރުމަންގެ މީޑިއާތަކުން ބުނާ ގޮތުން ބަޔާން މިޔުނިކަށް ބަދަލުވުމާ ގުޅޭގޮތުން އެކުލަބުން ވަނީ ކުޅުންތެރިޔާއާއިއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު ޓޮޓެހަމުން ވަނީ ބަޔާނުން ކުރި ދެ ބިޑަށްވެސް ނޫނެކޭ ބުނެފަ އެވެ.

ކޭން ހޯދުމަށް ޕީއެސްޖީ އިން މަސައްކަތް ފަށާނެކަމަށް ބެލެވެނީ އެކުލަބުގެ މިހާރުގެ ތަރި ކިލިއަން އެމްބާޕޭ ވިއްކާލާފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑުންވެސް އާ ސީޒަނަށް ފޯވާޑެއް ގެންދާނެކަމަށް ބެލެވެ އެވެ.

ކުލަބުގެ މެނޭޖުމަންޓާ ހިޔާލުތަފާތުވުންތަކެއް ހުރި ކަމުގައިވިޔަސް އާ ސީޒަނަށް ކުލަބުން ވަމުން އަންނަ ތަައްޔާރީތަކުގައި ކޭން އަންނަނީ ބައިވެރިވަމުންނެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox