ކުނަހަންދޫ-ހިތަދޫ ކޯޒްވޭ ލަސްވާތީ ނުރުހި، ސާވޭ ކުރަން ދިޔަ ޓީމު ރަށުން ބާލައިފި

ކުނަހަންދޫ-ހިތަދޫ ކޯޒްވޭގެ ސާވޭއަށް ދިޔަ ޓީމު ރަށުން ބޭލުން

ކުނަހަންދޫ-ހިތަދޫ ކޯޒްވޭގެ ސާވޭއަށް ދިޔަ ޓީމު ރަށުން ބޭލުން

ލ. ކުނަހަންދުއާއި އެ އަތޮޅު ހިތަދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ލަސްވާތީ, ރައްޔިތުން ނުރުހުން ފާޅުކޮށް، ސާވޭ ކުރަން ދިޔަ ޓީމް ރަށުން ބާލައިފި އެވެ.

އެ ކޯޒްވޭގެ މަސައްކަތަށް ބޭނުންވާ ސާވޭ ކުރުމަށް ހަވާލުކޮށްފައި ވަނީ ފޯސައިޓް ސާވޭޔާސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. ސާވޭއަށްފަހު އެ މަސައްކަތް ކުރުމަށް މިއަހަރު ޖެނުއަރީ މަސް ތެރޭގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ހިތަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝަމްއޫން މިއަދު 'އަދަދު' އަށް ވިދާޅުވީ ރޭ ފޯސައިޓް ސާވޭޔާސްގެ ފަރާތުން ދިޔަ ދެ މީހުންގެ ޓީމް ރަށުން ބޭލީ, ކޯޒްވޭގެ މަސައްކަތް ލަސްވާތި އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުގެ މި ދައުރުގައި ވެސް ސާވޭ ޓީމުން ގޮސްގެން ހަތަރު ސްޓޭކްހޯލްޑާސް މީޓީން ބާއްވާފައިވާ ކަމަށާއި, އޭގެ ކުރިން ވެސް މި ވެރިކަމުގައި މީޓިންތައް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ކުރިއަށް ނުދާއިރު, މީޓިން އަކުން ކޯޒްވޭ އަޅަން އުޅޭތީ ރައްޔިތުންގެ ކަންބޮޑުވާ ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުމަކީ ސްޓޭކްހޯލްޑާ މީޓިން އަކުން ކޯޒްވޭ އަބަދު އަޅަން އުޅޭ އުޅުން. ލަސްވާތީ" ޝަމްއޫނު ވިދާޅުވި އެވެ.

ރޭ ހިތަދޫގައި ރައްޔިތުން މުޒާހަރާކޮށް, ހަމަނުޖެހުން ހިންގުމުގެ ސަބަބުން ސާވޭއަށް ދިޔަ ޓީމު ރަށުން ބޭލީ ފުލުހުން ހިމާޔަތް ދީގެންނެވެ.

"ސްޓޭކްހޯލްޑާ މީޓިންގައި އަޑުއިއްވުން ރަނގަޅު. އެކަމަކު ޕާސަނަލްވުން ރަނގަޅެއް ނޫން. މީޓިންގައި އަޑުއިއްވާފަ, މީޓިން ނިމުނީމަ އެމީހުންނަށް މިރަށުގައި އުޅެވެން ވާނެ. ކޮންމެއަކަށް އެއީ ދިވެހި ރައްޔިތުން" ސާވޭ ޓީމު ރަށުން ބޭލުން ކުށްވެރިކޮށް ޝަމްއޫން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން. ކުނަހަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާޒިމް މިއަދު 'އަދަދު' އަށް ވިދާޅުވީ ސާވޭ ކުރުމަށް އެ ކުންފުނިން އެރަށަށް ދިޔަ މިއީ 13 ވަނަ ފަހަރު ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ދަނީ ކަމަށާއި, ހަތަރު އަހަރުވާއިރު އެއްވެސް މަސައްކަތެއް ފެށިފައިވާ ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިހާރު އެ އައީ 13 ވަނަ ފަހަރަށް ސާވޭއަށް. ސާވޭކޮށްކޮށް ނިންމައިގެން މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން 500 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކޮށްފައި އޮތްކަމެއް [ކޯޒްވޭގެ މަސައްކަތް] ކަމަކީ. އަދިވެސް ހަމަ ސާވޭ. މިއީ ދެން ބޮޑުވަރެއްނު?" ކޯޒްވޭގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ކުނަހަންދޫ ކައުންސިލުން އާޒިމް ވިދާޅުވި ގޮތުގައި ސާވޭއަށް އައިސް ރައްޔިތުންގެ ހިޔާލު ހޯދުމުން އެދިފައި ވާނީ ކޯޒްވޭގެ މަގު ރަށުތެރެއިން ނުގެންދިއުމަށެވެ.

"މި ރަށަކީ ފެންތިރި ރަށެއްވީމަ ހުރިހާ ފެނެއް ފައިބާނީ ދަށް ފަރާތަށް. އެހެންވީމަ ކޯޒްވޭ އެތނަުން ހަދައިފި ކަމަށްވާނަމަ އެއްކޮށް ރަށުތެރޭގައި ފެންގަނޑު ހަރުލާނެ. މި ރަށަކީ ވަރަށް ބޮޑު ފަޅެއް އޮންނަ ރަށަކަށް ވާތީ ވީހާވެސް ދުރުުން ގެނެސް އަވަށު ތެރެއަށް ވާގޮތަށް އަރުވައިދޭށޭ" ކޯޒްވޭ އެޅުމަށް ރައްޔިތުން ބޭނުންވާ ގޮތް ހާމަކުރައްވާ އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެހެން އެދިފައިވީ ނަމަވެސް, މިހާރުވެސް ކޯޒްވޭގެ މަގު އޮތީ އަދިވެސް ރަށުގެ ކޮޅުން އައިސް ރަށުތެރެއަށް ވާގޮތަށް ކަމަށެވެ. އެގޮތަށް ކޯޒްވޭ އަޅައިފިނަމަ, ރަށުތެރޭގައި ފެންގަނޑު ހަރުލުން ފަދަ, އެރަށު ރައްޔިތުންނަށް ކުރިން ވެސް ދިމާވެފައިވާ ދަތިތައް އިތުރު އުނދަގުލަކަށް ވެދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެ ހިޔަލާ އެއްގޮތަށް އަމަލު ނުކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށް އާޒިމް ވިދާޅުވީ އިތުރަށް ސާވޭ ނުކުރިއަސް ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި, ސަރުކާރުން ކޯޒްވޭ އަޅަން ނޫޅޭކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ. އަދި ސާވޭ ކުރުމަށްފަހު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox