މެންގްރޫވް އެޑްވެންޗާސް: ހިތަދޫ ކުޅި، ޓޫރިޒަމްގެ ބްރޭންޑަކަށް

ލ. ހިތަދޫ ކުޅި ސަރަހައްދުގައި ހަދާފައިވާ ހިތްފަސޭހަ މާހައުލެއްގައި ބަޔަކު ހަމަޖެހިގެން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލ. ހިތަދޫ ކުޅި ސަރަހައްދުގައި ހަދާފައިވާ ހިތްފަސޭހަ މާހައުލެއްގައި ބަޔަކު ހަމަޖެހިގެން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިއީ ސޯޝަލް މީޑިއާގައި ވެސް އެންމެ މަގުބޫލު އެއް މަންޒަރެވެ. މީގެ ފޮޓޯ، ވީޑިއޯ ގިނަ ބަޔަކު ހިއްސާ ކުރެ އެވެ. އަޑުގަދަ، ހަލަބޮލި، ކޮންކްރީޓްތަކުގެ ވެއްޓެއް އޮންނަ ވެރި ރަށުގައި ހެދި ބޮޑުވަމުން އަންނަ ދިވެހީންގެ ޖީލުގެ ތެރޭގައި ދަތުރުގެ ސަގާފަތެއް އުފެދުނުއިރު، މިއީ ގައިމު ވެސް އޭގެ މަގުބޫލު މަންޒިލެކެވެ.

ލާމު އަތޮޅު ހިތަދޫގެ ކުޅި ސަރަހައްދަކީ މިއަދު ޓުއަރިޒަމް ބްރޭންޑެކެވެ. ދިވެހީންގެ ގިނަ ބަޔެއްގެ "ބަކެޓް ލިސްޓް" ގައި އެންމެ އިސް މަންޒިލްގެ ތެރޭގައި ހިތަދޫގެ މި ރީތިކަން ހިމެނުނީ ހަމަ ހުރެފައެއް ނޫނެވެ.

ކުރިން ވެސް މި ތަން އޮތެވެ. އެކަމަކު މިއަދު ހޯދިފައިވާ މަގޫބުލު ކަމެއް މީގެ ކުރިއަކު ނެތޭ ވެސް ބުނެވިދާނެ އެވެ. މިއަދު އެ ރަށަށް ދުވާލަކު އެވެރެޖްކޮށް ހަތަރު-ފަސް ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކާ ދިމާކޮށް، ދިވެހީން އަންނަ ވަރު ވެސް މަދެއް ނޫނެވެ.

Advertisement

"ހަގީގަތުގައި މިހާރު މި ބްރޭންޑްއަކަށް ހެދިއްޖެ،" ރަށަށް ފަތުރުވެރިކަމުގެ ނަފާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ، ހިތަދޫ ކައުންސިލްގެ އެންވަރަމަންޓް އޮފިސަރު މުހައްމަދު ތޮލާލް ބުންޏެވެ.

ދެހާސްއެކާވީސްވަނަ އަހަރު އިންތިހާބުވި ހިތަދޫ ކައުންސިލުން ދެކުނީ، ރާއްޖޭގައި ހުރި ތަޖުރިބާކާރު މަދަނީ ޖަމިއްޔާޖަމާއަތްތަކާ ގާތް ގުޅުމެއް ބޭއްވުމަށެވެ. މަންތާ ކްރަސްޓްއާއި ބްލޫ މެރިންއާ ދެމެދު ރަނގަޅު ޕާޓްނާޝިޕެއް ގާއިމު ކުރި އެވެ.

ލާމު ހިތަދޫ ކުޅިއާއި ޖެހިގެން އޮންނަ މެންދޫ، އަދި ދެ ރަށު ދެމެދު އޮންނަ ރީތި މޫދު - ފޮޓޯ: މިރާޝް ނާޝިމް  / އަދަދު
ލާމު ހިތަދޫ ކުޅިއާއި ޖެހިގެން އޮންނަ މެންދޫ، އަދި ދެ ރަށު ދެމެދު އޮންނަ ރީތި މޫދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލާމު ހިތަދޫ ކުޅިއާއި ޖެހިގެން އޮންނަ މެންދޫ، އަދި ދެ ރަށު ދެމެދު އޮންނަ ރީތި މޫދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތޮލާލަކީ ބްލޫ މެރިންގެ ފަރާތުން އެ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާގެ މުޅި މަސައްކަތް ބިނާވެފައިވަނީ ހިތަދޫގެ ކުޅި ރައްކާތެރިކޮށް ބާއްވައިގެން ރަށަށް އިގުތިސޯދީ ނަފައެއް ހޯދޭނެ ގޮތެއް ހޯދުމެވެ.

"ކުރިން ވެސް ސިކްސް ސެންސް ރިސޯޓުން ހިތަދޫގެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ ނަގާ، އެކަމަކު މިއަދު ސިކްސް ސެންސްގެ ޓުއަރިސްޓުން ހިތަދޫއަށް ޒިޔާރަތް ކުރަނީ ކައުންސިލާ ގުޅިގެން، ސިކްސް ސެންސްއާއި ކައުންސިލް ދެމެދު މީޑިއޭޓާގެ ރޯލެއް މި ޖަމިއްޔާއަށް މި އޮންނަނީ،" ތޮލާލް ބުންޏެވެ.

ގުދުރަތީ ވަސީލަތެއް އޮތުމުން، އޭގެ އަސްލާއި ރީތިކަމުގެ އިތުރުން ވަށައިގެންވާ ދިރުންތަކަށް އަސަރު ކުރާ މިންވަރު ކުޑަކޮށް ޓުއަރިޒަމް ހިންގުމަކީ ވަރަށް ބޮޑު އިލްމެކެވެ. ހިތަދޫ ކައުންސިލުން ދެކުނީ، އެ ރަށުގެ ކުޅި ޕްރޮމޯޓްކޮށްގެން ޓުއަރިޒަމްގެ ނަފާ ހޯދަން ވާނީ އޭގެ ތަޖުރިބާކާރުންގެ ފަންނީ ލަފައާއި ހިޔާލު ހޯދައިގެނެވެ.

"މި ޕްރޮމޯޓް ކުރާނެ ގޮތާއި މި މާހައުލުން ހިދުމަތްތަކެއް ދެވޭނެ ގޮތާއި ބައްޓަން ކުރާނެ ގޮތް، އެކްސްޕާޓުންގެ އޮޕީނިއަންއާއެކު ގެންދާނެ ގޮތް މި ހޯދެނީ،" ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވި އެވެ.

ލާމު ހިތަދޫ ކުޅި ސަރަހައްދުގެ ރީތިކަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ލާމު ހިތަދޫ ކުޅި ސަރަހައްދުގެ ރީތިކަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލާމު ހިތަދޫ ކުޅި ސަރަހައްދުގެ ރީތިކަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރަށު ކައުންސިލްގެ ރައީސް ޝައްމޫން ވިދާޅުވީ އެ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމުން ގިނަ ފައިދާތަކެއް އަދި ކުރިއަށް ދާނެ ގޮތެއް ވެސް ފެނުނު ކަމަށެވެ. ކައުންސިލްގައި ވެސް އެކަށީގެންވާ ވަސީލަތްތައް އެ ކަމަށް ނެތުމުން، އެއީ ކުރިއަށް ދެވެން އޮތް ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލްގައި ހުރޭ ލިމިޓޭޝަންތަކެއް އެ ތަކެތި ދިރާސާ ކުރަން ވެސް، އިދާރާތަކަށް ކޮންވިންސް ކުރަން (ވިސްނައިދޭން، އަދި ބާރުއަޅަން) ފަސޭހަވޭ، [މަދަނީ ޖަމިއްޔާތަކުގެ] މެރިން ބައޮލޮޖިސްޓުންގެ ދިރާސާތައް ދެއްކީމަ،" ޝައްމޫން ވިދާޅުވި އެވެ.

ބްރޭންޑް ވަރުގަދަ ކުރުން އަދި އޮތީ

ކައުންސިލުގެ އަމާޒަކީ ކުޅި ސަރަހައްދު އިތުރަށް ތަރައްގީކޮށް، ފަތުރުވެރިން އަދިވެސް ގިނަ ކުރެވޭނެ މަގު ފަހިކުރުމަށެވެ.

"މިހާރު ކެނޯ ސްޓޯ ކުރެވެނީ ވޭސްޓް މެނޭޖުމަންޓް ސެންޓަރުގައި، މިހާރު މިކުރާ މަސައްކަތް ނިމުމުން އެ ސްޓްރަކްޗާގެ ތެރޭގައި، ކެނޯ ސްޓޯރެއް އިންނާނެ، ކޮފީ ޝޮޕެއް އިންނާނެ، އައުޓްޑޯ ޝަވަރެއް އިންނާނެ،" ޝައްމޫން ތަފްސީލްކޮށްދިނެވެ.

ދެން ކައުންސިލުން މަސައްކަތް ކުރަނީ ކުޅީގެ އެއް ބައިގައި އެއްކޮޅުން އަނެއް ކޮޅަށް ދެވޭ ގޮތަށް ކޮންކްރީޓް ކޯޒްވޭއެެއް އެޅުމަށެވެ. އަދި ރަށު ތެރެއިން ކުޅިއަށް ދެވޭ ގޮތަށް، ގުދުރަތީ ވެއްޓަށް އެހާ ބޮޑު އަސަރެއް ނުކުރާނެ ގޮތަކަށް މަގެއް ކޮށުމަށެވެ. ލަކުނޑި ޕްލެޓްފޯމެއް އަޅައި، ބަރު އުޅަނދަށް ނުދެވޭ ގޮތަށެވެ.

"މަގު މި ވިސްނަނީ ލަކުނޑި ޕްލެޓްފޯމެއް އަޅަން، ވެލި މަގަށް އަޅައިފިއްޔާ ބޮޑުވަމުން ދާނެ، ކުޅި ތެރެއަށް ވެލި ދާނެ، އޭރަށް ކުޅިއަށް ބަދަލު އަންނާނެ، މި ތަނުގެ ދިރުމަށް އަސަރު ކުރާނެ،" ނާޒުކުކަމާއެކު ވަރަށް ބޮޑަށް ވެސް ވެއްޓަށް ބަލައިގެން މަސައްކަތް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ކުޅި ކައިރީގައި އިށީނދެ ތިބެވޭ ގޮތަށް އޮތް ހިތްފަސޭހަ މާހައުލެއް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ކުޅި ކައިރީގައި އިށީނދެ ތިބެވޭ ގޮތަށް އޮތް ހިތްފަސޭހަ މާހައުލެއް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުޅި ކައިރީގައި އިށީނދެ ތިބެވޭ ގޮތަށް އޮތް ހިތްފަސޭހަ މާހައުލެއް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ވަގުތު ހިތަދޫން ފޯރުކޮށްދޭ ހަމައެކަނި ހިދުމަތަކީ ކެނޯ އެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ކެނޯގެ ހިދުމަތް ފުޅާކޮށް އަދި ދިޔަވަރު ހިކި ދުވަސްވަރުގައި ވެސް އެ ސަރަހައްދު ބެލޭނެ ގޮތަށް ހިދުމަތްތައް ތައާރަފު ކުރުމަށް ކައުންސިލްގެ ނިންމުމެއް އެބަ އޮތެވެ.

"ލޯ ޓައިޑް ޓުއާ އަދި ހައި ޓައިޑް ޓުއާ ވެސް ދޭން، ހިކިކޮށް އޮންނަ އިރު ގަސްތަކުގެ ތެރޭގައި ހިނގާފައި ދެވޭނެ، ގައިޑަކު ދާނެ އެކީގައި އެ ކިޔައިދެމުން، އެއަށް އިންނަ ޗާޖަކާ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.

ފޮޓޯ ނެގުމުގެ ހިދުމަތެއް ދިނުމަށް ވެސް ކައުންސިލުން ނިންމާފައިވެ އެވެ. ގޯލްޑް، ސިލްވާ، ބްރޯންޑް، މި ތިން ޕެކޭޖަށް ބަހާލާފައިވާއިރު ބްރޯންޑް ފިޔަވައި އެހެން ޕެކޭޖުތަކުން ޑްރޯން ފޮޓޯ ނަގައިދޭނެ އެވެ.

ކުޅީގައި ކޮންކްރީޓް ކޯޒްވޭއެއް އަޅަން ދަގަނޑު ޖަހާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ކުޅީގައި ކޮންކްރީޓް ކޯޒްވޭއެއް އަޅަން ދަގަނޑު ޖަހާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުޅީގައި ކޮންކްރީޓް ކޯޒްވޭއެއް އަޅަން ދަގަނޑު ޖަހާފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކައުންސިލްގެ ރައީސް ޝައްމޫން ވިދާޅުވި ގޮތުގައި އެ ހިދުމަތްތަކަށް އަގެއް ނެގި ނަމަވެސް އެ ތަނަށް ވަންނަން "އެންޓްރީ ފީ" އެއް ނަގަން އޭނާ ދެކޮޅެވެ. އެ ރީތި ގުދުރަތުގެ ހަމަހިމޭންކަމާއި ހިތްފަސޭހަކަން ހޯދަން އައިސް ތިބެލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޭނާ ދޭން ބޭނުންވެ އެވެ.

"ސަރަހައްދު ބަންދު ކުރުމުގެ ވިސްނުމެއް ނެތް، އެންޓްރީފީއެއް ނަގައިގެން ވަންނަ ގޮތަށް، އެންމެނަށް ވެސް މި ހިތްފަސޭހަ މާހައުލު ހުޅުވައި ލެވިފައި އޮންނަން ބޭނުން ވަނީ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫން "މެންގްރޫވް އެޑްވެންޗާސް" ގެ ކޮންސެޕްޓަށް އެ ރަށުގެ ކުޅި ބްރޭންޑަކަށް ހެދުމުގެ މަސައްކަތް މުޅިއަކުން ނުނިމުނަސް، އެއީ މިއަދު އަހަރުމެންގެ ތެރޭގައި އޮތް އެންމެ މަގުބޫލު މަންޒިލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox