ޕްރީ ސީޒަން ޓުއާ އަށް ޕީއެސްޖީން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

Jul 23, 2023, 4:22 AM
ޕްރީ ސީޒަން ޓުއާ އަށް ޕީއެސްޖީން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

ޕެރިސް (ޖުލައި 23) - ޖަޕާންގައި ކުރިއަށްގެންދާ ޕްރީ ސީޒަން ޓުއާ އަށް ޕީއެސްޖީ ނެގި ސްކޮޑުން އެ ކްލަބުގެ ތަރި ކިލިއަން އެމްބާޕޭ ބާކީކޮށްފި އެވެ.

އެމްބާޕޭ ސްކޮޑުން ބާކީކުރި ސަބަބެއް ޕީއެސްޖީން ނުބުނެ އެވެ. އެކަމަކު، މި ނިންމުމާ އެކު އެމްބާޕޭ، 24، ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ އަނެއްކާވެސް ފެތުރެން ފަށައިފައެވެ.

ޕީއެސްޖީން ޖަޕާނުގެ ޓުއާ އަށް ގެންދާ ސްކޮޑުގައި އެމްބާޕޭގެ ކޮއްކޮ، އުމުރުން 16 އަަހރުގެ އީތާން އެމްބާޕޭ ހިމެނެއެވެ. އަދި ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ ސްކޮޑުގައި ހިމަނައިފައެވެ.

އެމްބާޕޭ ދިޔައީ ޕީއެސްޖީގެ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު، ޕްރީ ސީޒަންގެ ޓުއާ އަށް ނެގި ސްކޮޑުން އެމްބާޕޭ މި ބާކީކުރީ ޕީއެސްޖީން ހުށަހަޅާފައިވާ ގޮތަށް ކޮންޓުރެކްޓް އާކުރަން އެމްބާޕޭ ދެކޮޅު ހަދާފައިވަނިކޮށެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވާނެއެވެ. ކޮންޓުރެކްޓް ހަމަވުމާއެކު، އެމްބާޕޭ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. ކޮންޓުރެކްޓް އާނުކުރާނެކަން އޭނާ ވަނީ މި އަހަރުގެ މެއި މަހު ވެސް ބުނެފައެވެ.

"ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އެބައޮތް. އެހެންވީމަ ކޮންޓުރެކްޓްގެ މުއްދަތު ހަމަކުރާނަން،" އެމްބާޕޭ ބުނެފިއެވެ.

އެކަމަކު އެމްބާޕޭ ހިލޭ ދޫކޮށްލަން ބޭނުންނުވާ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހުށަހެޅީ ކޮންޓުރެކްޓް އާނުކުރަން ނުވަތަ، މި ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވުމެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ އެހެން ކްލަބަކަށް ބަދަލުވުމަކީ ގަބޫލްކުރެވޭނެކަމެއް ނޫން. އެއީ ވާނެކަމެއް ނޫން،" ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލާފީ މި މަހުގެ ކުރީކޮޅު ވިދާޅުވިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޕީއެސްޖީގެ ކޮންޓުރެކްޓް އެމްބާޕޭ އާކުރީ ރެއާލް އަށް ބަދަލުވާން ގާތްވެފައި ވަނިކޮށެވެ. އެކަމަކު، ރެއާލްގެ ހުށަހެޅުމަށް ފުރަގަސްދީ، އޭނާ އޭރު ނިންމީ ޕީއެސްޖީގައި މަޑުކުރާށެވެ. ޕީއެސްޖީއާއެކު އޭރު އެމްބާޕޭ ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރުމުގެ އިހްތިޔާރު އޮތް ނަމަވެސް، ކޮންޓުރެކްޓް އާކުރަން މިހާރު އޭނާ ބޭނުމެއްނުވެއެެވެ.

ފާއިތުވި 14 އަހަރު ރެއާލަށް ކުޅުނު ފްރާްންސްގެ ފޯވަޑްް ކަރީމް ބެންޒެމާ އެ ކްލަބު ދޫކޮށް، ސައޫދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވުމާ އެކު، ރެއާލް އިން ދަނީ ފޯވަޑަކަށް ބަލަމުންނެވެ.

އެހެންކަމުން، ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ބޭނުންވާނަމަ، އެންމެ ރަނގަޅު އެއް ކްލަބަށް އޮތީ ރެއާލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox