ޔާމީންގެ ވެރިކަމުގައި މާރާމާރީ އާއި ހަމަނުޖެހުން އޮތީ އާންމުވެފައި: މާރިޔާ

މާރިޔާ: ވިދާޅުވީ އަމާންކަން ދަމަހައްޓަން ބޭނުންވާ ނަމަ އަދިވެސް ރައީސް ސޯލިހަށް ވޯޓެއް ދޭންޖެހޭ ކަމަށް -- ފޮޓޯ: ފައިލް

މާރިޔާ: ވިދާޅުވީ އަމާންކަން ދަމަހައްޓަން ބޭނުންވާ ނަމަ އަދިވެސް ރައީސް ސޯލިހަށް ވޯޓެއް ދޭންޖެހޭ ކަމަށް -- ފޮޓޯ: ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން ނުއުޅެވުނު ކަމަށާއި މާރާމާރީ އާއި ހަމަނުޖެހުން އެއިރު އޮތީ އާންމުވެފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ގޭގައި ހުރެފައި މަޖިލީހަށް ދިޔަ ދިިޔުމާ ދޭތެރޭގައި، މަޖިލީހާ ދިމާލަށް އޮންނަ މަގަށް އަޅާލާއިރު ލޭ މަތިން ހުރަސްކޮށްފައި ކިތަންމެ ދުވަހަކު ދާންޖެހޭ. ރައްޔިތުން އެކަކު އަނެކަކާ ރުޅިގަދަވެ، ކަތިލާފައި ތިއްބާ. ކަޓަރު އަޅާ، މާރާމާރީ ހިންގާ، މިކަންކަން އޮތީ އާންމުވެފަ،" ހުޅުމާލޭ ފޭސް ދޭއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ޝިއާރަކީ "އުފާވެރި، އަމާން ރާއްޖެ" އެވެ. މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ހަމަޖެހުމެއް ލިބިއްޖެ އަމާންކަން ދަމަހައްޓަން އަދިވެސް އެމަނިކުފާނަށް ވޯޓެއް ދޭންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ދިން ގޯއްޗާއި ފްލެޓު ހަދައި ނިމުމުން ދިރިއުޅުން ލުއިވެ، މާލޭގެ ކުލި ވެއްޓޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އެ ބިންތައް ތަރައްގީކުރެވުނީމަ އަދި ފްލެޓުތައް ވެސް ނިމުނީމަ މާލޭގެ މި ކުލިތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެ. އެންމެނަށް ވެސް ހަމަޖެހިލައިގެން ދިރިއުޅެވޭ ގޮތް ވާނެ،" މާރިޔާ ވިދާޅުވި އެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަަލީ ނިޔާޒު ވިދާޅުވީ އެ ޖަގަހަ ފޭސް ދޭއްގައި ހުޅުވުމުގެ ފުރުސަތު ލިބުމަކީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ބައެއް ބޭފުޅުންނަށް ހީވަނީ އަޅުގަނޑުމެން ހުޅުމާލޭގައި، ވަކިން ހާއްސަކޮށް ފޭސް ދޭއްގައި ކެމްޕެއިން ކުރުމަކީ ނުވާނެ ކަމެކޭ. މިހާތަނަށް ސިޔާސީ ގޮތުން އެމްޑީޕީއަށް ވެސް ސަރުކާރަށް ވެސް މި ސަރަހައްދާ ގުޅޭ ގޮތުން ދިމާވެފައި ހުރީކީ އެހާ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އޭނާއަކީ މަސައްކަތް ކުރުމަށްފަހު އެކަން ދައްކަން އުޅޭ މީހެއް ނޫން ކަމަށާއި ނަމަވެސް ޖަމިއްޔާތަކާއި ރައްޔިތުންނާ ގާތުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑަކީ ކުރާ ކޮންމެ މަސައްކަތަކަށްފަހު ފޮޓޯއެއް ނަގައި، ޓުވީޓުކޮށް މީޑިޔާއަށް ހިއްސާ ކުރާ މީހެއް ނޫން. އެހެންނަމަވެސް މަސައްކަތް ކުރާނެ ބައިވަރު ގޮތްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox