ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވުމަށް ފައިސަލް ޝައުގު ފާޅުކުރައްވައިފި

Jul 21, 2023, 6:43 AM
ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް -- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގު، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފާޅުކުރައްވައިފި އެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން ފާޅުކޮށްފައި އޮންނާނީ،" ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ހެނދުނު، އެ ޕްރޮގްރާމުގެ މެއިން ހޯސްޓު އާމިރު ސަލީމް ސުވާލު ކުރުމުން ފައިސަލް ވިދާޅުވި އެވެ.

އިޝާރާތް އެ ކުރެއްވީ ރަނިންމޭޓެއްގެ ޝައުގު ރައީސް ސޯލިހުގެ އަރިހުގައި ފާޅުކުރެއްވެވި ވާހަކަ އަށެވެ. އެ މަގާމު ބޭނުންފުޅުވިޔަސް، އެކަމަށް ވަކި ޝަރުތެއް ނެތްކަމާއި، ގޮތް ނިންމަވާނީ ރައީސް ސޯލިހުކަން ފާހަގަ ކުރެއްވެވި އެވެ.

Advertisement

ފައިސަލް، 50، ވިދާޅުވީ ނައިބު ރައީސެއްގެ ގޮތުގައި އިތުރު ދައުރެއްގައި ހިދުމަތް ކުރައްވަން ބޭނުންފުޅުވަނީ ފަށާފައިވާ ކަންކަން ކުރިއަށް ގެންދަން ބޭނުންފުޅުވާތީ ކަމަށެވެ.

"ކޮންމެ ކަމަކީ ވަކި ހިސާބަކުން ސްޓޮޕް ޖަހާލަންޖެހޭ ކަންކަމެއް ނޫން. ކުރިއެރުވެން އޮވޭ، ނުވަތަ ކުރިއަށް ގެންދިޔުން އޮވޭ،" މި ދައުރުގައި ފަށާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.

"އެ މަސައްކަތުގެ މެދުތެރެއިން ހުއްޓާލާފައި ގެއަށް ވަދެ ހުރުމަށް ވުރެ ބޮޑަށް އަޅުގަނޑުވެސް ހަމަ އެދޭ ކަމަކީ، އެދެނީ އަޅުގަނޑަށް ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތު,"

ނައިބު ރައީސްގެ މަގާމުގައި އިތުރު ދައުރެއްގައި ހުންނެވުމަށް ފައިސަލްގެ ޝައުގު އޮތްއިރު، ފައިސަލް އަކީ އެކުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން ހުށަހަޅަން އަންނަ އާދީއްތަ ދުވަހު ހުޅުވާއިރު ރައީސް ސޯލިހުގެ އިތުރުން އެހެން ކެންޑިޑޭޓެއްގެ ވެސް ރަނިން މޭޓެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލްގެ އިތުރުން، ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް އެހެން ބޭފުޅެއްގެ ޝައުގު އޮތްކަން އާންމުކޮށްފައެއް ނެތެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ކެމްޕެއިން ކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނެ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެ ހުކުމް ދެމި އޮތްހައި ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox