ރައީސް ވިދާޅުވީ ނުފޫޒު ފޯރުވަން އެދުނަސް އެކަން ނުކުރައްވާނެ ކަމަށް

ރައީސް ސޯލިހް; ނުފޫޒު ފޯރުވަން އެދުނަސް އެކަން ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހް; ނުފޫޒު ފޯރުވަން އެދުނަސް އެކަން ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ދިނުމަށް އެދި ބައެއް ފަރާތްތަކުން ގުޅި ނަމަވެސް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ކެލާއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މިނިވަން މުއައްސަސާތައް މަސައްކަތް ކުރަމުން ގެންދަނީ ގާނޫނުގެ ތެރެއިން, ނުފޫޒެއް ނެތި ކަމަށެވެ.

"މިހާތަނަށް މިވީ ފަސް އަހަރު ތެރޭގައި މިނިވަން މުއައްސަސާތަކުން ކުރަމުންގެންދާ ކަންތައްތަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވަން. ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއަކަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރޭގައި އިހްތިޔާރު ކުރައްވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވަންވީ." ރައީސް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވި ގޮތުގައި, ޝަރުއީ ދާއިރާ, އޮޑިޓާ ޖެނެރަލް, އޭސީސީ އަދި ސިވިލް ސާވިސް ވިޔަސް ކަންތައް ކުރަމުން ގެންދަނީ ގާނޫނީގޮތުން ލިބިފައި އޮތް ބާރުގެ ތެރެއިން ކަމަށާއި އެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ. އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ, ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ބައެއް ބޭފުޅުން ގުޅުއްވާ ކަމަށެވެ.

"ބައެއް ފަހަރު ބައެއް ބޭފުޅުން ފޯނުކޮށްލާފައި އަޅުގަނޑު ކައިރީ އެބަ ވިދާޅުވޭ ރައީސް މިއިންތަނަކަށް ގުޅާލާފައި ބުނީމަ އެމީހުން ހުއްދަ ދޭނޭ. މިސާލަކަށް އޭސީސީގައި އޮންްނަ މައްސަލައެއް ނިންމަން އަޅުގަނޑު ކިހިނެތްތޯ ގުޅާފަ މިވެނި މައްސަލައެއް މިހެން ނިންމާށެ ބުނާނީ. އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭސީސީން ކަންތައް ކުރަން ޖެހޭނީ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި, ކަން ކުރަން ޖެހޭ ގޮތް އެމަނިކުފާނު ދަންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ, މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވި އިރު, ދާދި ފަހުން އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވެސް އެ މޭރުމުން ރައްދު ދެއްވާފަ އެވެ.

ރައީސް ގާސިމަށް ރައްދު ދެއްވީ, ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އޭސީސީން ހުއްޓުވި މައްސަލާގައި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ފަހުންނެވެ. އެގޮތުން ގާސިމް ވަނީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ ބައިވެރިއެއް ގޮތުގައި އޮތް ޖޭޕީގެ ލީޑަރު, ގާސިމް މިއަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމި އެއް ސަބަބަކީ ވެސް އެއީ އެވެ. ނަމަވެސް މައްސަލަ ޖެހުނު ވާވެއްދި ފަޅު ވިއްކުން ހުއްޓުވަން އޭސީސީން ނެރުނު އަމުރު މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

ގާސިމް އިތުރުން ވެސް އިދިކޮޅުގެ ބައެއް ފަރާތްތަކުން ގެންދަވަނީ ސަރުކާރުން ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެގޮތުން އިދިކޮޅު ޕީޕީއެމުން ވެސް ދަނީ, ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކޮށްދިނުމަށް އެދި ތަކުރާރުކޮށް ރައީސަށް ދަންނަވާފަ އެވެ.

ނަމަވެސް އެކަމުގައި ވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޝަރުއީ ދާއިރާ މަސައްކަތް ކުރަނީ މިނިވަންކަމާއެކު ކަމަށާއި, ސަރުކާރު އަދި އެމަނިކުފާނު ވެސް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox