ދެ ކައުންސިލަރަކު ޑިމޮކްރަޓުންނާ ގުޅުމުން ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

ރޭގެ ޖަލްސާގެ ތެރެއިން ތުޅާދޫ ކައުންސިލަރުން ޑިމޮކްރަޓުންނާ ގުޅެނީ - ފޮޓޯ: ޑިމޮކްރެޓްސް

ރޭގެ ޖަލްސާގެ ތެރެއިން ތުޅާދޫ ކައުންސިލަރުން ޑިމޮކްރަޓުންނާ ގުޅެނީ - ފޮޓޯ: ޑިމޮކްރެޓްސް

ބ. ތުޅާދޫ ކައުންސިލްގެ އެމްޑީޕީގެ ދެ މެންބަރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅުމުން އެމްޑީޕީއަށް އެ ރަށު ކައުންސިލްގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ހޮނުވު އިސްމާއީލް ދާވޫދާއި އަހުމަދު އާދިލު ޑިމޮކްރެޓްސް އަށް ސޮއިކުރެެއްވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ތުޅާދޫގައި ބޭއްވި ބައްދަލުވުމަ އެވެ. މި ބައްދަލުވުމުގައި ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ. އަލަށް ގުޅުނު ދެ ކައުންސިލަރުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާ، ތުޅާދޫއަކީ އެމަނިކުފާނުގެ ސިޔާސަތުގައި މުހިންމު ރަށެއްކަން ފާހަގަކުރައްވާފަ އެވެ.

ތުޅާދޫއަކީ ޒަމާނުއްސުރެ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެކެވެ. މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާއަކީ އެމްޑީޕީގެ މެންބަރުން ޔަގީންކުރާ ދާއިރާ އެކެވެ. މިވަގުތު ތުޅާދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ ނަޝީދުގެ އަރިހުގައި ހުންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިޔާ ގުޅިވަޑައިގެންނެވި، ހިސާން ހުސައިން އެވެ.

ނަމަވެސް، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއެކު ރައީސް ސޯލިހުގެ ފަޅިއަށް ތުޅާދޫގެ މެޖޯރިޓީ ގެއްލެން ފެށި އެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައިވެސް ނަޝީދު ވަނީ ރައީސް ސޯލިހު އެ ދާއިރާއިން ބަލިކުރައްވާފަ އެވެ. ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ހިސާން އެ ރަށަށް ވަޑައިގަތުމުން ވެސް ނަޝީދުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް، ހިސާންއާ ދެކޮޅަށް މުޒާރަހާވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox