އެމްއޭސީއެލްގެ ޖިންސީ ފުރައްސާރަ ބަލާ ކޮމިޓީގައި ފަސް މެންބަރުން ތިބެގެން ނިންމި މައްސަލައެއް ގޯސްވެއްޖެ!

ޖިންސީ ކުށްތަކާ ދެކޮޅަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި މީގެ ކުރިން ޒުވާނުންތަކެއް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

ޖިންސީ ކުށްތަކާ ދެކޮޅަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި މީގެ ކުރިން ޒުވާނުންތަކެއް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަސް މެމްބަރުންގެ މައްޗަށް އެކުލަވޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީއަކުން މީހަކު ވަޒީފާއިން ވަކި ކުރުން ގޯސް ކަމަށާއި އެފަދަ ކޮމިޓީތަކުގައި ތިބެން ޖެހޭނީ ގާނޫނު ބުނާ ގޮތުން ތިން މެމްބަރުން ކަމަށް މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހައި ކޯޓުން މިގޮތަށް ނިންމީ، އެމްއޭސީއެލްގެ ސީނިއާ އެޑްމިނިސްޓޭޓިވް އޮފިސަރުގެ މަގާމުގައި ހުރި މީހަކު، އޭނާގެ ދަށުން މަސައްކަތް ކުރި ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިި ކަމަށް އެ ކުންފުނީގެ ޖިންސީ ފުރައްސާރަ ބަލާ ކޮމިޓީން މަދަނީ މިންގަނޑުން ނިންމުމުން، އެކަމާ ގުޅިގެން އޮގަސްޓް 2020 ގައި އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަތަކެއްގެ އިސްތިއުނާފުގަ އެވެ.

އެ މައްސަލާގައި ވަޒީފާއިން ވަކި ކުރި މީހާ ޓްރައިބިއުނަލަށް ހުށަހެޅީ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، އެމްއޭސީއެލްގެ ޖިންސީ ފުރައްސާރަ ކޮމިޓީން އޭނާގެ މައްސަލަ ބެލި އިރު ކޮމިޓީގައި ތިބީ ފަސް މެމްބަރުން ކަމަށްވާތީ، އެ ކޮމިޓީ ގާނޫނާ ހިލާފު ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ދެވަނަ މައްސަލައަކީ އޭނާ ވަޒީފާއިން ވަކިކުރުން ސައްހަ ނޫން ކަމަށް ބުނެ، ވަޒީފާ އާއި، މުސާރަ އާއި އިނާޔަތުގެ އިތުރުން ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައެކެވެ.

Advertisement

ޓްރައިބިއުނަލުން ނިންމީ އެމްއޭސީއެލްއިން ފަސް މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލި ކޮމިޓީ ގާނޫނާ ހިލާފު ކަމަށާއި ތިބެން ޖެހޭނީ ތިން މެމްބަރުން ކަމަށެވެ. ގާނޫނާ އެއްގޮތަށް ކޮމިޓީ އެކުލަވާލާފައި ނުވާތީ 5000ރ.އިން އެ ކުންފުނި ޖޫރިމަނާ ވެސް ކުރި އެވެ.

ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ހުށަހެޅި މައްސަލައިގައި ނިންމީ، އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ކޮމިޓީން ބެލުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވީ ނަމަވެސް، ކޮމިޓީ ގާނޫނާ ހިލާފުވާތީ އޭނާ ވަކިކުރުމުގައި އިޖުރާއީ ކަންކަން ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ، ޓްރައިބިއުނަލުން ނިންމީ އޭނާއަށް ދެ މަހުގެ މުސާރަ ދޭން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ހައި ކޯޓުގައި އެފެދުނު ސުވާލަކ،ީ "ކޮމެޓީ އެކުލަވާލާނީ 3 މެންބަރުންގެ މައްޗަށް" ކަމަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮއްވައި އެ ކޮމިޓީގައި އެއަށްވުރެ ގިނަ މެންބަރުން ހިމެނުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމާ މެދު އެވެ.

އެމްއޭސީއެލްގެ ފަރާތުން ބުނެފައި ވަނީ ގާނޫނުގައި ބުނާ މިންގަނޑަށް ވުރެ އިތުރަށް ކޮމިޓީއަށް މެމްބަރުން ހަމަޖެއްސީ އެ ކުންފުންޏަކީ 3000 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ ކުންފުންޏަކަށް ވެފައި، ކޮމިޓީގެ މެންޑޭޓު ބޮޑުއިރު، ހުސްކަމެއް ނައިސް ކޮމިޓީގެ މަސައްކަތްތައް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

މި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު ހުސެއިން މަޒީދަށް ފެނިވަޑައިގަތީ، ގާނޫނުގެ މައިގަނޑު މަގުސަދަށް ރިއާޔަތް ކުރާއިރު، އަދި މާއްދާގައި މުވައްޒަފުންގެ އަދަދަށް ރިއާޔަތް ކޮށްފައިވާތީ، އެންމެ ރަނގަޅު ގޮތަކީ ތިން މެމްބަރުންނަކީ ކޮންމެހެން ގާނޫނު ލާޒިމު ކުރާ އަދަދު ނޫން ކަމަށް ބެލުން ކަމަށެވެ. އެހެންވެ، މަޒީދަށް ފެނިވަޑައިގަތީ ޓްރައިބިއުނަލްގެ ނިންމުން ގާނޫނުގެ މަގުސަދާ ހިލާފު ކަމަށެވެ.

"... ކޮމިޓީގެ މަސައްކަތް ހުއްޓުމަ ކާނުލައި އަބަދުމެ ކުރެވޭނެހެން މަސައްކަތް ބައްޓަންވުމަކީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށް ބާރަކަށް ވެގެންދާނެ ކަމެކެވެ. އެހެންކަމުން އެ މަގުސަދު ހާސިލުކުރުމަށްޓަކައި ކޮމިޓީގެ މަސައްކަތް އަބަދުމެ ހިނގަހިނގާ އޮންނާނެކަން ކަށަވަރުކުރުމަށްޓަކައި ގާނޫނު ލާޒިމްކުރާ އަދަދަށްވުރެ ގިނަ މެންބަރުން އެ ކޮމިޓީގައި ތިބުމަކީ މި ގާނޫނުގެ މަގްސަދާ ހިލާފު ކަމެއް ކަމުގައި ނުދެކެމެވެ." ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

އެކަމަކު، ބެންޗުގައި ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ހިޔާލު އެކަމުގައި ތަފާތުވި އެވެ. އެ ދެ ފަނޑިޔާރުންނަށް ވެސް ފެނިވަޑައިގަތީ ގާނޫނުގައި ވަކި ކޮމެޓީއެއްގެ ނުވަތަ ވަކި މަޖިލީހެއް ނުވަތަ ވަކި ތަނެއްގައި ތިބޭނެ މީހުންގެ އަދަދު ކަނޑައަޅައި ބަޔާން ކުރުމުން، މަގްސަދަށް ބަލައިގެން، އެ އަދަދަށް އުނިއިތުރު ގެނައުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. ގާނޫނުގައި ވަކި އަދަދެއް ކަނޑައަޅާފައި އޮއްވާ މުވައްޒަފުންގެ އަދަދަށް ބަލައިގެން އުނި އިތުރު ނުކުރެވޭނެ ކަމަށް ވެސް ވެ އެވެ.

"މިސާލަކަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލްގެ މެންބަރުންގެ އަދަދަކީ ހަތެއް މެންބަރުންނެވެ. ނަމަވެސް ހުށަހެޅޭ މައްސަލަތައް ގިނަވުމުން، އިންސާފު އަވަސްކޮށް ދިނުމުގެ މަގްސަދުގައި އެ ޓްރައިބިއުނަލަކީ ނުވަ މެންބަރުން ކަމަށް ތަރުޖަމާދީ މައްސަލަތައް ބަލަން ފަށައިފިނަމަ، އެއީ ގާނޫނީ ރަނގަޅު ހަމައެއްކަމުގައި ނުވާނެ އެވެ." ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ.

ވަޒީފާއިން ވަކި ކުރި މީހާއަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި މުވައްޒަފުންގެ ގައިގައި އަތްލުމާއި ފޯނުން ގުޅައިގެން ވާހަކަ ދައްކަން އުޅުމާއި ވީޑިއޯ ކޯލުގައި އަމިއްލަ ޖިންސީ ގުނަވަން ދެއްކުން ހިމެނެ އެވެ. އެ ޝަކުވާއާ ގުޅިގެން ލިބިފައިވާ ބަޔާންތަކާއި ހެކިތައް ބަލައި ކޮމިޓީން މައްސަލަ ނިންމީ ރަނގަޅަށް ކަމަށާއި މައުލޫއީ އަދުލުވެރިކަން ފުރިހަމަވާ ކަމަށް ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި އެވެ.

އެކަމަކު، ކޮމިޓީ އެކުލަވާލި ގޮތް ގޯސް ކަމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ފާސްވެފައިވާތީ ހުކުމުގައި ވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކުރެވޭ ކަމަށެވެ. އެހެންވެ، އޭނާއަށް ދެ މަހުގެ މުސާރަ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހައި ކޯޓުން ތާއީދު ކުރި އެވެ.

ޓްރައިބިއުނަލްއިން އެމްއޭސީއެލް ޖޫރިމަނާ ކުރަން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި އެވެ. އެފަދަ ޖޫރިމަނާއެއް ކުރެވޭނީ އެއްވެސް ވަރަކަށް ކޮމިޓީ އެކުލަވާލާފައި ނުވާ ނަމަ ކަމަށް ހުކުމުގައިވެ އެވެ.

ވަޒީފާއިން ވަކި ކުރި މީހާ ބުނެފައި ވަނީ އޭނާ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރމުގެ ސަބަބުން އެމްއޭސީއެލްއިން ގުރުއަތުން ހޮވި ގަންނަން ލިބިފައި އޮތް ފްލެޓު ގަތުމުގެ ފުރުސަތު އޭނާ ގެއްލިފައިވާ ކަމަށެވެ. އޭނާގެ ދައުވާގައި އެދުނީ ވަޒީފާ އިއާދަކޮށްދިނުމަށާއި، މުސާރައާއި އިނާޔަތް ދިނުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 269،250ރ. ދެއްކުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox