މާލީ މައްސަލައެއްގައި ޔުނައިޓެޑާއި ބާސެލޯނާ އަށް ޔުއެފާ އިން ފިޔަވަޅު އަޅައިފި

Jul 15, 2023, 1:54 PM
މާލީ މައްސަލައެއްގައި ޔުނައިޓެޑާއި ބާސެލޯނާ އަށް ޔުއެފާ އިން ފިޔަވަޅު އަޅައިފި

މެންޗެސްޓާ (ޖުލައި 15) - ފައިނޭންޝިއަލް ޕެއާޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެފައިވާތީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ އަށް ފިޔަވަޅުއަޅައިފި އެވެ.

އެ ގޮތުން ކުރިން ސީޒަނުގައި އައި ޔުނައިޓެޑްގެ ދަރަނިތައް ފޫބެއްދޭ ވަރަށް މި ފަހަރު އާމްދަނީ ހޯދިފައި ނުވާތީ ޔުއެފާ އިން ވަނީ ޔުނައިޓެެޑް 335،000 ޑޮލަރު އިން ޖޫރިމަނާކޮށްފަ އެވެ.

ބާސެލޯނާ އަށް ފިޔަވަޅު އަޅާފައިވަނީ ކްލަބްގެ މާލީ ލިޔެކިޔުންތަކުގައި ކުޅުންތެރިން ވިއްކައިގެންނާއި އެކިއެކި ޓްރާންސްފާ ފީތަކުން ލިބޭ ފައިސާ ކްލަބްގެ އެކައުންޓްގައި ހިމަނާފައިވާ ގޮތާއި ލިޔެކިޔުންތަކާ ފުށުއެރުންތަކެއް ހުރުމުންނެވެ. އެހެންވެ، ބާސެލޯނާ އަށް ދީފައިވަނީ 550،000 ޑޮލަރުގެ ޖޫރިމަނާ އެކެވެ.

Advertisement

ޔުއެފާ އިން ކްލަބްތަކުގެ ހިންގުން ހަރުދަނާ ކުރަން ހެދި އެފްއެފްޕީ ގަވާއިދުގައިވާ ގޮތުން ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއް ކްލަަބެއްގެ ދަރަނި 30 މިލިއަން ޑޮލަރަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ. މި ގަވާއިދަށް ނުފެތޭތީ ކޮންމެ އަހަރަކު ޔުއެފާ އިން ގިނަ ކްލަބްތަކަކަށް ފިޔަވަޅު އަޅަ އެވެ. މި ފަހަރު އެ ގަވައިދަށް ނުފެތޭތީ އެންމެ ބޮޑަށް ފިޔަވަޅު އެޅީ ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އަދި ތުރުކީގެ ޓްރަބްޒޯންސްޕޯ އެވެ. މީގެއިން ކޮންމެ ޓީމެއް ވަނީ ދެ މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މި ފަހަރު ފިޔަވަޅު އެޅުމުންފަހު ވަގުތު ސަލާމަތްވި ކްލަބްތަކުގެ ތެރޭގައި އިންޓަ މިލާން، އޭސީ މިލާން، ޕީއެސްޖީ، މޮނާކޯ، ރޯމާ އަދި މާސޭ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox