ޑިމޮކްރެޓްސްގެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އިސްކަންދެނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން

ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގެ ތެރެއިން : އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މާދަމާ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގެ ތެރެއިން : އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މާދަމާ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ވަގުތީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފު "އަދަދު" އަށް ވިދާޅުވީ، ވަގުތީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މާދަމާ ބާއްވާނެ ކަމަށެވެ. އަދި މިހާރު ޕާޓީން އިސްކަންދެނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށާއި ރިޔާސީ އިންތިހާބުގައި ޕާޓީން ބޭނުންކުރާނެ މެނިފެސްޓޯގެ މަސައްކަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އީސީން ކަނޑައަޅާފައިވާ ޓައިމްލައިނުގެ ތެރެއިން ކޮންމެހެން ނިންމަންޖެހޭ ނިންމުންްތައް ނިންމުމަށް [ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ].. އިންތިހާބު މިހާ ކައިރިވެފަ އޮތީމަ،" އޭނާ ވިދާޅުވި އެވެ.

Advertisement

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23، ގައި އީސީން ހުޅުވާލާނެ އެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޮގަސްޓު 3، ވަނަ ދުވަހަށެވެ. އެހެންކަމުން، ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވާ ޑިމޮކްރެޓުން އެކަމަށް ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ބާކީ އޮތީ ހަފުތާއެއްހާ ދުވަހެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، ޑިމޮކްރެޓުންގެ ކޮންގްރެސްއާ މެދު އަދި ޕާޓީން މަޝްވަރާ ނުކުރާ ކަމަށާއި އެކަމާމެދު ގޮތެއް ނިމުނުހާ އަވަހަށް އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.

ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމަށް ތައްޔާރުވާއިރު، ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމާއެކު އެކުގައި ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ހިޔާލުވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ޕީޕީއެމުން ވަނީ ނަޝީދުގެ ހިޔާލަށް ރައްދުދީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ދެ ޕާޓީން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީންވެސް ވަކި ކެންޑިޑޭޓުން ނެރޭނެ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. ޕާޓީގެ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށްފަހު ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ މި މަހުގެ 13، ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox