ލޫކަސް ސަރުކާރުން އިސްތިއުފާ ދީފި، މިރޭ ޑިމޮކްރެޓްސްއާ ގުޅެނީ

ލޫކަސް ޖަލީލް (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު : ލޫކަސް މިރޭ ޑިމޮކްރެޓްސްއާ ގުޅޭނެ - ފޮޓޯ: ފައިލް

ލޫކަސް ޖަލީލް (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު : ލޫކަސް މިރޭ ޑިމޮކްރެޓްސްއާ ގުޅޭނެ - ފޮޓޯ: ފައިލް

ވެރިކަންކުރާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރުވި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) އޭނާ އައްޔަނުކޮށްފައި ހުރި ސަރުކާރުގެ ސިޔާސީ މަގާމުން އިސްތިއުފާ ދީފި އެވެ.

ލޫކަސް ހުރީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ހުރި ސިޔާސީ މަގާމުން އިސްތިއުފާ ދިންކަން އެންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔެފައިވާ ސިޓީގައި އިސްތިއުފާދިން ސަބަބެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ރައީސް ސޯލިހު "އަބަދުވެސް ބަހައްޓަވާ ގާތް ކަމަށް" ޝުކުރު އަދާކޮށްފައިވެ އެވެ.

ސަރުކާރާ ލޫކަސް ދުރުވިއިރު، އޭނާ މިރޭ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅޭނެކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. މިދިޔަ މަހު އެމްޑީޕީން ވަކިވިވެވަޑައިގެން ނަޝީދު، ރަސްމީކޮށް ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ބާއްވާ ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ. ލޫކަސް ވެސް އެ ޖަލްސާގައި ޑިމޮކްރެޓްސްއަށް ސޮއިކުރާނެ އެވެ.

ލޫކަސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާއި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމްޑީޕީން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު ލޫކަސް ވަނީ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

ހާއްސަ ގޮތެއްގައި ސޯޝަލް މީޑިއާގައި އޭރުގެ ސަރުކާރުތަކަށް ފާޑުކިޔާ ހިންގި ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީގައި ހުރި އެއް އެކްޓިވިސްޓަކީ ލޫކަސް އެވެ. އެގޮތުން ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅު ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ވިއްކާލުމާ ދެކޮޅަށް އޭނާ އަޑުއުފުލުމާއެކު، ފިތުނައުފެދޭ ގޮތަށް މައުލޫމާތު ފަތުރާ ކަމަށްބުނެ ލޫކަސް ހައްޔަރުވެސް ކުރި އެވެ.

ނަމަވެސް މި ވެރިކަމުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު ލޫކަސްގެ އަޑު ސޯޝަލް މީޑިއާގައި ވަނީ މަޑުވެފަ އެވެ. ނަޝީދު އާއި ރައީސް ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަށްފަހު ޕާޓީ ދެބައިވި އިރުވެސް ލޫކަސް އެއްވެސް ކޮޅަކަށް އަރާ ފާޅުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox