ނަޝީދުގެ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށް، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފި

ދަ ޑމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާތީ އެ ޕާޓީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެ ޕާޓީ ދަފުތަރުގައި ހިމެނުމަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ވެރިކަންކުރާ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދާއިރު، ނަޝީދު ވެސް ވަނީ މި ފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އެކަމަކު އެމަނިކުފާނު އަދި އެ ޕާޓީއަކަށް ސޮޔެއް ނުކުރައްވަ އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް ވަނީ އެޕާޓީން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމަ އެވެ.

އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އީސީއިން ހުއްދަ ދިނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެއާއެކު އެ ޕާޓީން ވަނީ މި މަހުގެ ފަސްވަނަ ދުވަހު 500 އަށްވުރެ ގިނަ މެންބަރުންނާއެކު އިފްތިތާހީ ޖަލްސާ ބާއްވާ އެ ޕާޓީގެ ނަމާއި ކުލަތަކާއި ލޯގޯ ފާސްކޮށްފަ އެވެ.

އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޑިމޮކްރެޓްސް' ވެސް ފާސްކުރި އެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި ފާސްކުރީ 'އެސްޓްރިކް' އެކެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ އެވެ.

ޑިމޮކްރެޓްސްއިން ސިޔާސީ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ނަޝީދު އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރައްވާނެ ކަން އެޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox