ލިއޮނާޑޯ ދެކޭގޮތުގައި ޕީއެސްޖީ އަށް އެމްބާޕޭ ވިއްކާލުން ނޫން ގޮތެއް ނެތް!

Jul 10, 2023, 3:19 PM
ލިއޮނާޑޯ ދެކޭގޮތުގައި ޕީއެސްޖީ އަށް އެމްބާޕޭ ވިއްކާލުން ނޫން ގޮތެއް ނެތް!

ޕެރިސް (ޖުލައި 10) - ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާތީ މައްސަލަ ޖެހިފައިވާ ޕީއެސްޖީގެ ފޯވާޑް، ކީލިއަން އެމްބާޕޭ ވިއްކާލުން ނޫން ގޮތެއް އެ ކްލަބަށް ނެތް ކަމަށް ޕީއެސްޖީގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނެފި އެވެ.

އެމްބާޕޭ، 24، މި ވަގުތު ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާ ނުކުރާނެކަން އެމްބާޕޭ ވަނީ ހާމަކޮށްފަ އެވެ. އަދި އަންނަ ސީޒަނުގައި ވެސް ޕީއެސްޖީ އަށް ކުޅުމުގެ ޝައުގުވެރިކަން ހުރި ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ. މާނަ އަކީ އެމްބާޕޭ ވިސްނައިގެން ހުރީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލުމަށެވެ.

ޕީއެސްޖީގެ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސައި، މީޑިއާ އަށް އޭނާ ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ ވިދާޅުވީ، ކޮންޓްރެކްޓް އާ ނުކުރާނަމަ އެމްބާޕޭ އަށް ހިލޭ ކްލަބް ދޫކޮށްލަން ފުރުސަތު ދެވެން ނެތް ކަމަށެވެ. މިއާ އެކު، މި ފަހަރުގެ ޓްރާންސްފާގައި އެމްބާޕޭ، ޕީއެސްޖީ ދޫކޮށްލުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

Advertisement

"ޕީއެސްޖީން ރަނގަޅަށް ކަމެއް ކުރަންޏާ މިއީ އެމްބާޕޭ ދޫކޮށްލަން ވީ ވަގުތު، އެ ނޫން ގޮތެއް ނެތް،" ލެކިއުޕޭ އަށް ދިން އިންޓަވިއުއެއްގައި ލިއޮނާޑޯ ބުންޏެވެ.

ލިއޮނާޑޯ ބުނީ މިދިޔަ ދެތިން އަހަރު އެމްބާޕޭ އަށް އުޅުނީ މުސްތަގުބަލާ ގުޅޭގޮތުން ކަންތައްތަކެއް ނުނިންމިގެން ކަމަށެވެ. އަދި ޕީއެސްޖީން އެމްބާޕޭ އަށް ބަލައިގެން ޓީމެއް ހަދައިގެން ވީ ފައިދާއެއް ނެތް ކަމަށާއި އެމްބާޕޭ އަކީ ލީޑަރެއް ނޫންކަން ފެނިގެން ގޮސްފައިވާ ކަމަށް ލިއޮނާޑޯ ވަނީ ބުނެފަ އެވެ.

"އެމްބާޕޭ ނެތްއިިރު ވެސް ޕީއެސްޖީ އޮތް. އެހެންވީމަ އޭނަ ދިޔަސް ޕީއެސްޖީ އޮންނާނެ. އެމްބާޕޭ ޕީއެސްޖީގައި ހުއްޓައި، ތަފާތު ފަސް ކްލަބަކުން ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު) ހޯދައިފި. އޭގެއިން އެއްވެސް ޓީމަކުން ތަށި ހޯދީ އެމްބާޕޭ ހުރެގެނެއް ނޫން. އެހެންވީމަ، ޕީއެސްޖީން ބޭނުންވާ ކަމެއް އެމްބާޕޭ ދިޔަޔަސް ވާނެ،" ޕީއެސްޖީގައި ދެ ފަހަރެއްގެ މަތިން 10 އަހަރު ވަންދެން އެޑްމިނިސްޓްރޭޓިވް ގިނަ މަސައްކަތްތަކެއް ކުރި ލިއޮނާޑޯ ބުންޏެވެ.

އެމްބާޕޭ ހޯދުމުގެ ރޭހުގައި އެންމެ ބޮޑަށް އުޅެނީ ރެއާލް މެޑްރިޑް އެވެ. އެކަމަކު، 200 މިލިއަން ޑޮލަރުގެ ފީއެއް ދީފައި އެމްބާޕޭ ގެންނަން ރެއާލުން ބޭނުމެއްނުވެ އެވެ.

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ ފުރަތަމަ ލޯން ޑީލެއްގަ އެވެ. އޭގެ ޖެހިގެން އައި އަހަރު ޕީއެސްޖީން ވަނީ 196 މިލިއަން ޑޮލަރުގެ ފީއެއް ދައްކައި، އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ. އެ ޑީލުގައި އެންމެ އިސްކޮށް އުޅުނު އެއް ފަރާތަކީ ލިއޮނާޑޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox