ރައީސަށް, ސިޔާމް ތާއިދުކުރުން ކޮވިޑުގައި އިގްތިސޯދު ހިފެހެއްޓުމާއި ކޯލިޝަންގެ ކާމިޔާބާ ގުޅިފައި

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު-- ފޮޓޯ: އެމްޑީޕީ

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު-- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން ނިންމި ސަބަބު އެމްޑީއޭގެ ލީޑަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ސާފުކޮށްދެއްވައިފި އެވެ.

މީދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ސިޔާމް ވެރިކަމަށް ކުރިމަތިލުއްވުމުގެ ވިސްނުންފުޅު ބަދަލުކުރައްވައި ރައީސް ސޯލިހަށް ތާއީދު ކުރަން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ މެދު ވާހަކަ ދައްކަވަމުން ސިޔާމް މިރޭ ވިދާޅުވީ ފާއިތުވީ 20، 25 އަހަރު ތެރޭގައި ވެރިކަންތަކުން ރައްޔިތުން ބޭނުންވާ އުންމީދުތައް ހާސިލުވާ މިންވަރު އޭނާއަށް ފެނިފައިވާ ކަމަށެވެ.

"ކޯލިޝަނެއް އޮތުމާއި ނެތުން ވެސް ފެނިއްޖެ. ބޭނުންވަނީ ރައްޔިތުންނަށް ވައުދުވެފައި ވައުދު ފުއްދަން. އެކަން ކުރެވޭނީ ފަސް އަހަރު ވެރިކަން ކުރެވިގެން. އަދި ކޯލިޝަނެއް އޭގެ އެންމެ ރަނގަޅު ގޮތުގައި ހިންގިގެން. ކޯލިޝަނެއް ފަސް އަހަރު ވަންދެން މައްސަލައެއް ނެތި ހިންގީ މިހާރުގެ ރައީސް ސޯލިހު،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއްގައި ކުރިން ހުންނެވި ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ފާހަގަ ކުރެއްވި ގޮތުގައި އޭނާ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވި ދެ ވަނަ ސަބަބަކީ ޔޫކްރެއިން ހަނގުރާމަ އާއި ކޮވިޑާ ގުޅިގެން އިގްތިސޯދަށް އައި ލޮޅުންތަކުގެ ވަގުތުގައި އެމަނިކުފާނު ކަން ކުރެއްވި ގޮތުގެ މޮޅު ކަމުންނެވެ.

"އެ ވަގުތު މުޅި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ތިބީ ހަދާނެ ގޮތެއް ނެތި, ބޭންކްރަޕްޓު ވާނެ ކަމަށް ގަބޫލުކޮށްގެން, އެހެން ނަމަވެސް, ވަރަށް ގިނަ ވިޔަފާރިވެރިންނާ ހާލަތަކީ ކޮބައިތޯ. އޭރު އެންމެ މަތީ ތިބި ވިޔަފާރިވެރިން ބުނީ މި ހަލާކުވަނީ އޭ, ނެތި ދަނީއޭ. މެދުވެރިކޮށްފައި ހުރީ ވިސްނުން ތޫނު ކެތްތެރި ރައީސެއް،" ސިޔާމް ވިދާޅުވި އެވެ.

އެ ގަދަ ލޮޅުމުން ސަލާމަތްވެ ރާއްޖެ ކޮޅަށް ޖެއްސުނީ ބޭރު ގައުމުތަކުން ލޯނު ނަގައިގެން އަދި، ރިސޯޓު ހިންގާ މީހުންނާއި, ބޮޑު ވިޔަފާރި އާއި, ކުދި ވިޔަފާރި އާއި, ވަޒީފާ ތިބި މީހުންނަށް ސަރުކާރުން ދިން ލޯނާއި މާލީ ލުއިތަކުގެ ސަބަބުން ކަމަށް، ރިސޯޓުތައް ހިންގަވާ މަހުޖަނު ސިޔާމް ވިދާޅުވި އެވެ.

ކޮވިޑާއި ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު އެ ކަމުގެ އަސަރު އޭނާގެ ސަން ކުންފުންޏަށް ވެސް ކުރި ކަމަށް ފާހަގަކުރެއްވި އެވެ.

"ހަ މިލިއަން އެބަ ދެޔޭ މުސާަރައަށް. ކިހިނެއްތޯ މުސާރަ ދޭނީ. މުސާރަ ދީ މި ކުންފުނި ބާއްވައިފިނަމަ ކުންފުނި ބޭންކްރަޕްޓޭ ވާނީ. އަޅުގަނޑު ގުޅިން ރައީސަށް, މިހެންނޭ ކަންތައް މިވަނީ, އެތައް ހާސް މުވައްޒަފުން ގެޔަށޭ ދާން ޖެހޭނީ. ނުކައޭ ތިބޭނީ،" ސިޔާމް ވިދާޅުވި އެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމާއި ވިޔަފާރި ކޮޅަށް ޖެހުމަށް ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ މިއަށް ވުރެ މާ މުއްސަނދި ކަމުގައި ހަމަޖެހިގެން ރައްޔިތުން އުޅެން ކަމަށާއި ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ހޮފައިފިނަމަ އިގްތިސޯދު ދެގުނަ ކުރެވޭނެ ކަމުގެ ޔަގީން ކަން އޭނާ ވެސް އަށް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox