ހައްޖު އަދި އުމްރާއިން އަންނަ މީހުންގެ ސިއްހަތު ރަނގަޅުތޯ ބަލަން ހަދާ ޓެސްޓްތައް ހިމެނޭގޮތަށް "ޕޯސްޓް ހަޖް އެންޑް އުމްރާ ހެލްތު ސްކްރީނިން ޕެކޭޖް" ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
ޕޯސްޓް މެޑިކަލް ޗެކަޕްގެ ބޭނުމަކީ ހައްޖު ދަތުރުގައި ޖެހިފައިވާ ބައްޔެއް ނުވަތަ ވައިރަހެއް ފެތުރުމުގެ ނުރައްކަލެއް ހުރިތޯ ބަލައި، ޗެކްކޮށް އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ.
ދަތުރުކުރުމަށްފަހު މެޑިކަލް އިވެލުއޭޝަނެއް ހެދުމަކީ ތިމާގެ ސިއްހީ ހާލަތު ވަޒަންކުރުމަށާއި ކައިރީގައި އުޅޭ މީހުންނަށް މީހުންނަށް ތިމާގެ ފަރާތުން ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ޓްރީ ޓޮޕުން ބުނެއެވެ.
އެ ޕެކޭޖާއި ގުޅޭ އިތުރު މައުލޫމާތު 3351610 ގުޅައިގެން އަދި ޓްރީ ޓޮޕް ހޮސްޕިޓަލަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ.










