މަނާކޮށްފައިވާ ކްލަސްޓާ މިޔުނިޝަން ޔޫކްރެއިނަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމައިފި

ބޭނުންކޮށްފައިވާ ކްލަސްޓާ މިޔުނިޝަންތަކެއް. -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ބޭނުންކޮށްފައިވާ ކްލަސްޓާ މިޔުނިޝަންތަކެއް. -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

މަނާކޮށްފައިވާ ކްލަސްޓާ މިޔުނިޝަން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ވިދާޅުވީ ކްލަސްޓާ މިޔުނިޝަން ފޯރުކޮށްނުދީ ގިނަ ދުވަސްވީ އޭގެ ސަބަބުން އާއްމުންނަށް ނުރައްކާ އުފެދޭތީ ކަމަށެވެ.

"އެކަމަކު ރަޝިއާގެ ސިފައިން ޔޫކްރެއިންގެ މައްޗަށް އަތްގަދަ ކުރުމުން ވެސް އާއްމުންނަށް ނުރައްކާވުމުގެ ފުރުސަތު އެބަ އުފެދޭ،" އޭނާ ވިދާޅުވި އެވެ.

ކްލަސްޓާ މިޔުނިޝަންއަކީ 100 އަށް ވުރެ ގިނަ ގައުމުގައި މަނާ އެއްޗެކެވެ. އެއީ އެއް ފަހަރާ ގިނަ އަދަދެއްގެ ކުދި ބޮންތަކެއް ދޫކޮށްލައިގެން ބޮޑު ސަރަހައްދެއްގައި ގިނަ ބަޔަކު މަރާލަން ބޭނުންކުރާ އެއްޗެކެވެ.

"މި ތަކެތި ބޭނުންކުރާނީ ވަރަށް ރައްކާތެރިކަމާ އެކު ބަލައިގެންކަން ޔޫކްރެއިނުން ވަނީ ލިޔުމުން ކަށަވަރުކޮށްދީފައި،" ސަލިވަން ވިދާޅުވި އެވެ.

އދ. ގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ވެސް ވަކާލާތު ކުރަނީ ކްލަސްޓާ މިޔުނިޝަން ބޭނުންކުރުމާ ދެކޮޅަށެވެ.

އޭގެ އިތުރުން ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުން ވެސް ބުނީ ޔޫކްރެއިނަށް ކްލަސްޓާ މިޔުނިޝަން ފޮނުވުމާ ދެކޮޅު ކަމަށެވެ.

ޖަރުމަނާ އެކު ޖުމްލަ 111 ގައުމަކުން ވަނީ ކްލަސްޓާ މިޔުނިޝަން މަނާކުރުމުގެ މުއާހަދާގައި ސޮއިކޮށްފަ އެވެ. އެކަމަކު އެމެރިކާއިން އެ މުއާހަދާގައި ބައިވެރިއެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޝީއަށް މަރުހަބާ ކިޔަން ޓްރަމްޕް އެއާޕޯޓަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވޮޝިންޓަނުގައި ބާއްވާ ސަމިޓަށް، އާންމު އުސޫލާ ހިލާފަށް ޓްރަމްޕް އެއާޕޯޓަށް ވަޑައިގެން ޝީއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އަސްކަރީ ޝަރަފާއި ރަތް ދޫލައިގެ މަރުހަބާއަކާއެކު ފެށުނު މި ދަތުރުފުޅުގައި، އޭއައި އާއި ވިޔަފާރި އަދި ބައިނަލްއަގުވާމީ ސަލާމަތީ މައްސަލަތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ.

ނޫސްވެރިން ބޭރުކުރި މައްސަލާގައި ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް

އެމެރިކާގެ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕް މަނާކުރެއްވި މަނާކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ނިންމައި، އެ ނޫސްވެރިންނަށް އަލުން ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެޑަރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. ފަނޑިޔާރު ވަނީ ނޫސްވެރިންގެ ޕްރެސް ޕާސްތައް ވަގުތުން އަނބުރާ ދިނުމަށް އަމުރުކުރައްވައި، ސަރުކާރުން ދެއްކި ގައުމީ ސަލާމަތުގެ އުޒުރުތައް ބޭރުކޮށްލައްވާފައެވެ.

އޯޕަންއޭއައިގެ އެޖެންޓެއް ސަރުކާރުގެ ވެބްސައިޓެއް ހެކްކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބޮޑުވަޒީރު އެލްބަނީޒީ އިތުރަށް ވިދާޅުވީ، އޭއައިގެ ސަބަބުން ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އީރާނުން އެމެރިކާގެ ކުރިމަތީގައި އިސްނުޖަހާނެ: ޕެޒެޝްކިއަން

އީރާނުން އެމެރިކާގެ ކުރިމަތީގައި އިސްނުޖަހާނެ ކަމަށާއި، ނަމަވެސް ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރަން ބޭނުންވާ ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގައި ދެ ގައުމުގެ ވެރިން ހޫނު ބަަަހުގެ ހަމަލާތަކެއް ބަދަލުކުރެއްވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ނުސީދާ މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. ހަމައެއާއެކު، އީރާނުގެ ފްލައިޓްތައް ހުއްޓުވުމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުންދޭ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

ސިންގަޕޫރުގެ ބަސްތަކުގައި އަދަބާ ހިލާފުވާނަމަ ބޮޑު ޖޫރިމަނާ

ސިންގަޕޫރުގެ ބަސްތަކާއި ޓާމިނަލްތަކުގައި އަދަބާ ހިލާފު އަމަލުތައްކުރާ މީހުން 500 އާއި 5،000 ސިންގަޕޫރު ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން އެ ގައުމުން ވަނީ ނިންމާފައެވެ. މި ގަވާއިދުގެ މަގްސަދަކީ އާންމު ދަތުރުފަތުރުގެ ނިޒާމަކީ އެންމެންނަށް ރައްކާތެރި އަދި އިހުތިރާމްކުރާ މާހައުލަކަށް ހެދުމެވެ. މި އުސޫލުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ނޯޓިސް ދޫކުރުމުގެ ބާރު ޓިކެޓް އިންސްޕެކްޓަރުންނާއި ޓާމިނަލްތަކުގެ މުވައްޒަފުންނަށް ވަނީ ދީފައެވެ.

Newsletter

Get the latest news delivered straight to your inbox