ޗެލްސީގެ ޕްލޭނަކު މައުންޓަށް ފުރުސަތެއް ނެތް

Jul 6, 2023, 12:56 PM
ޗެލްސީގެ ޕްލޭނަކު މައުންޓަށް ފުރުސަތެއް ނެތް

ލަންޑަން (ޖުލައި 6) - މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އެންމެ ބޮޑު އެއް ސަބަބަކީ ޗެލްސީގެ ޕްލޭންގައި އޭނާ ކުރިއަރަން ފުރުސަތެއް ނެތުން ކަމަށް އެ ޓީމު ދޫކޮށް ޔުނައިޓެޑަށް ސޮއިކުރި އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޓް ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު، މައުންޓް ވަނީ 70 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޗެލްސީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ޔުނައިޓެޑުން މައުންޓްގެ ސޮއި ހޯދީ ގިނަ ބިޑްތަކެއް ކުރުމަށް ފަހު އެވެ. ފުރަތަމަ ތިން ބިޑް ޗެލްސީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑާ ގުޅުމަށް ފަހު ދިން އިންޓަވިއުގައި މައުންްޓް ބުނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ޗެލްސީން ކުރާ މަސައްކަތުގައި އޭނާ އަށް ޖާގައެއް އޮތް ކަމުގެ އިހުސާސް ނުކުރެވޭތީ އެ ޓީމު ދޫކޮށްލަން ވިސްނީ ކަމަށެވެ.

"މީގެ މަސްތަކެއް ކުރިން އަހަންނަށް އިހުސާސް ކުރެވެން ފަށައިފި، ލޯންގް ޓާމަށް ޗެލްސީން ގެންގުޅޭ ޕްލޭނުގައި އަހަންނަށް އޮތް ފުރުސަތު ކުޑަކަން، ދެން، އަހަންނަށް ލިބުނީ ޔުނައިޓެޑްގެ އޮފާ އެ ހިސާބުން، އަހަރެން ގޮތް ނިންމައިފިން،" މައުންޓް، 24، ބުންޏެވެ.

"މިއީ ވަރަށް ބޮޑު ކްލަބެއް، ތަފާތު މޮޅު ކުޅުންތެރިން މި ޓީމަށް ކުޅެފައިވޭ، އަހަރެންނަށް ހުށަހެޅުން ލިބުނު ހިސާބުން މި ޓީމާ ގުޅުމުގެ ޝައުގުވެރިކަން އުފެދިއްޖެ،"

ޗެލްސީގައި 18 ވަރަކަށް އަހަރު ހޭދަކުރި މައުންޓް ބުނީ އެ ޓީމު ދޫކޮށްލުން އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. ކެރިއަރަށް ވިސްނާފައި ބައެއް ނިންމުންތައް ނިންމަންޖެހޭނެކަން ފާހަގަކޮށް، މައުންޓް ބުނީ މުސްތަގުބަލުގައި ޔުނައިޓެޑާ އެކު ގިނަ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.

ޔުނައިޓެޑްގައި މައުންޓް ބޭނުންކުރާ ހަތް ނަމްބަރު ޖޯޒީ އަކީ އެ ކްލަބަށް ކުޅެފައިވާ ލެޖެންޑަރީ ކުޅުންތެރިން ބޭނުންކުރި ނަމްބަރެކެވެ. އޭގެ ތެރޭގައި އެރިކް ކެންޓޮނާ، ޖޯޖް ބެސްޓް، ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ. މައުންޓް ބުނީ އެ ނަމްބަރު ލިބުމަަކީ ވެސް ހާއްސަ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox