ކޯޗަކަށް އެންރީކޭ ހަމަޖައްސައި ޕީއެސްޖީން އެމްބާޕޭ މަޑުކުރުވަނީ

Jul 6, 2023, 8:11 AM
ކޯޗަކަށް އެންރީކޭ ހަމަޖައްސައި ޕީއެސްޖީން އެމްބާޕޭ މަޑުކުރުވަނީ

ޕެރިސް (ޖުލައި 6) - ޕީއެސްޖީގެ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސައި، އެ ކްލަބްގެ ތަރި ކީލިއަން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ވޯލްޑް ކަޕުން ސްޕެއިން ކެޓުމަށް ފަހު އެ ޓީމާ ދުރަށް ދިޔަ އެންރީކޭ، ޕީއެސްޖީއާ އެކު ސޮއިކޮށްފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު، އެންރީކޭ، 53، ބުނީ ޕީއެސްޖީގެ މި ޕްރޮޖެކްޓާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެ ކްލަބްގެ މެނޭޖްމަންޓާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންްކަން އެބައޮތް ކަމަށެވެ.

ފާއިތުވި ސީޒަނުގައި ޕީއެސްޖީ އަށް އިރުޝާދުދިން ފްރާންސްގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އަށް ކުރިމަތިވި ޕްރެޝަރަކީ ޔޫރަޕްގައި ޕީއެސްޖީ ގޮވައިގެން ރަނގަޅު ހިސާބަކަށް ނުދެވުމެވެ.

އެންރީކޭ ވަނީ މީގެ ކުރިން ރޯމާ އާއި ބާސެލޯނާ އަދި ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން ބާސެލޯނާގައި އެންރީކޭ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ކުޅުނު ނޭމާ މި ވަގުތު ހުރީ ޕީއެސްޖީގަ އެވެ. އެކަމަކު، ނޭމާ އާއި އެމްބާޕޭ މި ފަހަރު ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި، އެމްބާޕޭ، 24، ވަނީ މި އަހަރު އެ ކްލަބް ދޫކޮށްނުލާނެ ކަމަށާއި އެކަމަކު، ޕީއެސްޖީއާ އެކު ދެން އިތުރު ކޮންޓްރެކްޓެއްގައި ސޮއިނުކުރާނެ ކަމަށް ބުނެފަ އެވެ. މާނަ އަކީ، އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ޕީއެސްޖީގައި އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް ބޭނުން ޓީމަކަށް ބަދަލުވާން ފުރުސަތު އޮތުމެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ ވިދާޅުވީ އެމްބާޕޭ އަންނަ ސީޒަނުގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާނަމަ އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ޖެހޭނެ ކަމަށާއި އެ ގޮތަށް އެކަން ނުކޮށް އަންނަ އަހަރު އޭނާ އަށް ހިލޭ ޕީއެސްޖީ ދޫކޮށްލަން ފުރުސަތު ނުދޭނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ އަހަރެމެން ދޫކޮށްލަން ފުރުސަތެއް ނުދެވޭނެ،" ހަލީފާ ވިދާޅުވީ އެވެ.

މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ ފުރަތަމަ ލޯން ޑީލެއްގަ އެވެ. އޭގެ ޖެހިގެން އައި އަހަރު ޕީއެސްޖީން ވަނީ 196 މިލިއަން ޑޮލަރުގެ ފީއެއް ދައްކައި، އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު، އޭނާ އަށް މިހާތަނަށް ވަނީ ބޮޑު އިންވެސްޓެއްކޮށްފަ އެވެ. އެކަމަކު، ޕީއެސްޖީއާ އެކު، ދިގު މުއްދަތަކަށް މަޑުކުރަން އެމްބާޕޭ ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox